Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓަރމް އިންތިޚާބު

ޓްރަމްޕް އިސްލާމްދީނަށް ފުރައްސާރަ ކުރައްވަނީ ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވަން: ޑިމޮކްރެޓިކް ކެންޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު

27 އޮކްޓޯބަރު 2026 | އަންގާރަ 09:12

މިޝިގަންގެ ސެނެޓު ގޮނޑިއަށް ވާދަކުރައްވާ ޢަބްދުލް އަލް-ސައްޔިދާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ތުހުމަތުތަކަކީ ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވުމަށް ދައްކާ ބަހަނާތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެ. ސައްޔިދު ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނަށް ފުރައްސާރަކޮށް އޭނާއަކީ ނުރައްކަލެއް ކަމަށް ދައްކަނީ ތެލުގެ އަގާއި އާންމު ދިރިއުޅުމުގެ މުހިންމު މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން ކަސިޔާރުކުރުމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 27 އޮކްޓޯބަރު 2026 | އަންގާރަ 09:12
މިޑްޓަރމް އިންތިޚާބުގައި ސެނެޓުގެ މިޝިގަންގެ ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު އެ ސްޓޭޓްގެ ގްރޭންޑް ރެޕިޑްސްގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

މިޑްޓަރމް އިންތިޚާބުގައި ސެނެޓުގެ މިޝިގަންގެ ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު އެ ސްޓޭޓްގެ ގްރޭންޑް ރެޕިޑްސްގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްލާމް ދީނަށް ފުރައްސާރަކުރައްވައި، މިޑްޓަރމް އިންތިޚާބުގައި  މިޝިގަން ސްޓޭޓުގެ ސެނެޓުގެ ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު، ޢަބްދުލް އަލް-ސައްޔިދުއާ ދެކޮޅަށް ފަތުރައްވަމުން ގެންދަވާ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ. ސައްޔިދު ފާހަގަކުރެއްވި ގޮތުގައި އެއީ ޚުދު ޓްރަމްޕްގެ އަމިއްލަ ވެރިކަމުގެ ފޭލުވުންތަކާއި ނާކާމިޔާބީތަކުން ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރައްވާ ދަށު ދަރަޖައިގެ މަސައްކަތެކެވެ.

ހޯމަ ދުވަހު ޑިޓްރޮއިޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ސައްޔިދު ވިދާޅުވީ ޑިމޮކްރެޓިކް ކެންޑިޑޭޓަކީ "ޖިހާދީއެއް" ކަމަށް ބުނެ ޓްރަމްޕް ދޮގު ތުހުމަތުތަކެއް ކުރައްވަނީ އެމެރިކާގެ އާންމު ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މުހިންމު ކަންކަމުން ސަމާލުކަން ކަސިޔާރުކޮށްލުމަށް ކަމަށެވެ. މީގެ ތެރޭގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަމަލާތަކަކީ "އެއްވެސް އަސާސެއް އަދި ހެއްކެއް ނެތި، ހަގީގަތް އޮޅުވާލުމަށާއި ކަންކަމުން ރެކުމަށް ދައްކާ ބަހަނާތަކެއް" ސައްޔިދު ސިފަކުރެއްވި އެވެ.

Advertisement - worldAdvertisement

"ތިޔަބޭފުޅުންގެ ދިރިއުޅުމުގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ދައްކާނެ އެއްވެސް ވާހަކައެއް އެ މީހުންގެ އަތަކު ނެތް. އެ މީހުން ތިޔަބޭފުޅުންގެ ވާހަކައެއް ނުދައްކާ،" ރިޕަބްލިކަން ޕާޓީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޑިމޮކްރެޓިކް ކެންޑިޑޭޓް ވިދާޅުވި އެވެ.

"އެ މީހުން ތިޔަބޭފުޅުންގެ ތެލުގެ އަގަކާ ބެހޭގޮތުން، ނުވަތަ ކާބޯތަކެތީގެ އަގުތަކާ ބެހޭގޮތުން ވާހަކައެއް ނުދައްކާ. ސާފު ވައި ނުވަތަ ސާފު ބޯފެނުގެ ވާހަކައެއް އެ މީހުން ނުދައްކާ. ސަރުކާރުން ހަގީގަތުގައި ހައްލުކޮށްދޭންޖެހޭ އެއްވެސް ކަމެއްގެ ވާހަކައެއް އެ މީހުން ނުދައްކާ. ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ އެ މައްސަލަތައް އުފެއްދެވީ ޚުދު ޑޮނަލްޑް ޓްރަމްޕް ކަމަށް ވާތީ،" ސައްޔިދު ވިދާޅުވި އެވެ.

އިސްލާމީ ޝަރީޢަތުގެ ގާނޫނާއި މެޓަލް ޑިޓެކްޓަރުގެ ތުހުމަތު

މި މައްސަލަ ހޫނުވެގެން ދިޔައީ އާދީއްތަ ދުވަހު މިޝިގަންގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ސައްޔިދު އެމެރިކާގައި "އިސްލާމީ ޝަރީޢަތުގެ ގާނޫނު" ތަންފީޒުކުރަން އުޅޭ ކަމަށް ވިދާޅުވެ ޓްރަމްޕް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ތަކުރާރުކުރެއްވުމާ ގުޅިގެންނެވެ.

"އޭނާ ވާނީ ސެނެޓަށް ވަނުމުގެ ހުއްދަ ދިނުމުގެ ކުރިން މެޓަލް ޑިޓެކްޓަރަކުން ޗެކްކުރަން ޖެހޭނެ ހަމައެކަނި ސެނެޓަރަށް،" އެ އެއްވުމުގައި ސައްޔިދަށް ނިސްބަތްކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑު ބޭނުންވަނީ އޭނާ ޗެކްކުރަން މެޓަލް ޑިޓެކްޓަރެއް ބަހައްޓަން."

ކޮންގްރެސްގެ އިމާރާތަށް އޭނާގެ ފަރާތުން ޖިސްމާނީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ދެއްކެވި ވާހަކަފުޅުތަކަށް ޖޯކު ޖައްސަވަމުން، ސައްޔިދު ވަނީ އެއީ އެއްވެސް ބުރަދަނެއް ނެތް ހެއްވާ ވާހަކައެއްގެ ގޮތުގައި ދޫކޮށްލައްވާފަ އެވެ. އޭނާ މަތީ ތައުލީމު ހާސިލުކުރެއްވި މިޝިގަން ޔުނިވަރސިޓީގެ މަޝްހޫރު ކުޅިވަރު ޓީމުތަކުގެ ރަމްޒު ކަމުގައިވާ 'ވުލްވަރިން' އަށް އިޝާރާތްކުރައްވަމުން ސައްޔިދު ވިދާޅުވީ: "އަޅުގަނޑުގެ ކިބައިގައި އެ ވުލްވަރިންގެ ވަކިތައް ހުރިކަން އޭނާއަށް ރަނގަޅަށް އެނގޭނެ،" މިހެންނެވެ.

ސެނެޓުގެ އަޣުލަބިއްޔަތު ކަނޑައަޅާ ވާދަވެރި އިންތިޚާބު

ކުރިއަރަމުން އަންނަ ޕްރޮގްރެސިވް ޑިމޮކްރެޓެއް އަދި އާންމު ސިއްހަތާ ބެހޭ ދާއިރާގެ ކުރީގެ އިސް ވެރިއެއް ކަމުގައިވާ ސައްޔިދު ވާދަކުރައްވަނީ، ރިޕަބްލިކަން ޕާޓީގެ ކުރީގެ ކޮންގްރެސް މެންބަރު މައިކް ރޮޖަރސްއާ ދެކޮޅަށް ވަރަށް ފޯރިގަދަ އަދި ކައިރި ރޭހެއްގަ އެވެ. މި އިންތިޚާބަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެމެރިކާގެ ސެނެޓުގެ އަޣުލަބިއްޔަތު ކޮންޓުރޯލުކުރާނެ ޕާޓީއެއް ކަނޑައެޅިގެންދާނެ މުހިންމު ފޯރިގަދަ ކުރިމަތިލުމެކެވެ.

މި ކެމްޕޭނުގައި ރޮޖަރސްގެ މައިގަނޑު ހަތިޔާރަކަށް ހައްދަވާފައި ވަނީ ވެސް، 'މުސްލިމް ބްރަދަހުޑް' އާއި ޙަމާސް އަދި ޙިޒްބުﷲ އާ ގުޅުވައި ސައްޔިދާ ދެކޮޅަށް ފަތުރަމުންދާ އަސާސެއް ނެތް ތުހުމަތުތަކެވެ. މި ފަދަ ދަށު ދަރަޖައިގެ ހަމަލާތައް އެމެރިކާގެ ގިނަ ރައްޔިތުން މުޅިން ބަލައިނުގަންނަ ކަމަށް ހޯމަ ދުވަހު ސައްޔިދު ވިދާޅުވި އެވެ.

"އެމެރިކާއަކީ އެ ގޮތަށް ކުޑަކުޑަ ތަނަކަށް ހަދަން ބޭނުންވާ މަދު ބަޔަކު އަބަދުވެސް އުޅޭނެ. ތިޔަބޭފުޅުންނަށް އެ މީހުން ފެންނާނެ، އެ މީހުންގެ އަޑު ވަރަށް ގަދަވާނެ، އަދި ހަޅޭއްލަވައި ރުޅިގަދަވެގަންނާނެ،" ސައްޔިދު ވިދާޅުވި އެވެ.

"މި ސްޓޭޓުގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ގަބޫލުކުރަނީ ފުޅާ، މާތް އެމެރިކާއެއް. އެއީ ފިކުރު ތަނަވަސް، ހިތްތިރި ބައެއް. އަދި އެމެރިކާގެ ތާރީޚަކީ ފުޅާ ތަނަވަސް އެމެރިކާއަކަށް އިތުބާރުކުރާ މީހުން، ހަނި ވިސްނުމުގެ މީހުން އަޅުގަނޑުމެން ކުޑަކޮށްލަން ކުރާ ދަށު ދަރަޖައިގެ މަސައްކަތްތަކާއި، ކަންކަން އޮޅުވާލުމާއި، ސަމާލުކަން ކަސިޔާރުކުރުން ފަހަނައަޅައި ކުރިއަށްދާ ވާހަކަ،" އޭނާ ވިދާޅުވި އެވެ. "މިޝިގަންގެ ރައްޔިތުންނަކީ އެއަށްވުރެ މާ މާތް، ފިކުރު ތަނަވަސް ބައެއް.

"ނަމާއި ދީނަކީ މައްސަލަތަކުގެ ސަބަބެއް ނޫން"

ސައްޔިދުގެ އަސްލު ނަމަށް މަލާމާތްކުރައްވައި، އޭނާއަށް ގަސްދުގައި "މުޙައްމަދު" ގެ ނަމުން މުޚާޠަބުކުރައްވައި ޓްރަމްޕް ދެއްކެވި ބަސްމަގަށް ވެސް އޭނާ ވަނީ ސީދާ ރައްދެއް ދެއްވާފަ އެވެ.

"އަޅުގަނޑުގެ ނަމާއި އަޅުގަނޑުމެންގެ ދީނަކީ ތިޔަބޭފުޅުންނަށް ތެޔޮ ނޭޅިގެން އުޅޭ ސަބަބެއް ނޫން؛ ކާބޯތަކެތި ގަންނަން ދަތިވެގެން، ކުއްޔާއި މޯގޭޖް ނުދެއްކިގެން، ނުވަތަ ޑޮކްޓަރަށް ނުދެއްކިގެން އުޅޭ ސަބަބަކީ ވެސް އަޅުގަނޑުގެ ނަމާއި ދީނެއް ނޫން،" ސައްޔިދު ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްޢަބްދުލް އަލް-ސައްޔިދުމިޝިގަންޑިމޮކްރެޓިކް ޕާޓީ - އެމެރިކާރިޕަބްލިކަންް ޕާޓީ - އެމެރިކާ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

އިންތިޚާބީ ޕްރެޝަރާއެކު ޓްރަމްޕްގެ ސިޔާސަތު ބަދަލުވަނީ: ދަގަނޑާއި އުޅަނދުފަހަރުގެ ޓެރިފަށް އަވަސް ހައްލެއް ހޯދުމުގެ އުންމީދު

27 އޮކްޓޯބަރު 2026
އިންތިޚާބީ ޕްރެޝަރާއެކު ޓްރަމްޕްގެ ސިޔާސަތު ބަދަލުވަނީ: ދަގަނޑާއި އުޅަނދުފަހަރުގެ ޓެރިފަށް އަވަސް ހައްލެއް ހޯދުމުގެ އުންމީދު
26 އޮކްޓޯބަރު 2026

ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!

26 އޮކްޓޯބަރު 2026
ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!
26 އޮކްޓޯބަރު 2026

ކޮންގްރެސްގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަންނާނީ ކޮން ބަދަލުތަކެއް؟

26 އޮކްޓޯބަރު 2026
ކޮންގްރެސްގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އަންނާނީ ކޮން ބަދަލުތަކެއް؟
26 އޮކްޓޯބަރު 2026

އެމެރިކާގެ އެންގުންތަކަށް ފަސްޖެހުމެއްނެތި މަޗާދޯ ސިއްރިއްޔާތުގައި ވެނެޒުއެލާއަށް އެނބުރި ވަޑައިގަންނަވައިފި

26 އޮކްޓޯބަރު 2026
އެމެރިކާގެ އެންގުންތަކަށް ފަސްޖެހުމެއްނެތި މަޗާދޯ ސިއްރިއްޔާތުގައި ވެނެޒުއެލާއަށް އެނބުރި ވަޑައިގަންނަވައިފި
26 އޮކްޓޯބަރު 2026

ޓްރަމްޕްގެ ދެ ދައުރުގެ އެންމެ ދަށް ތާއީދު، އިންތިޚާބުގައި ބަދަލުހިފަން އެމެރިކާގެ ރައްޔިތުން ތައްޔާރުވަނީ

26 އޮކްޓޯބަރު 2026
ޓްރަމްޕްގެ ދެ ދައުރުގެ އެންމެ ދަށް ތާއީދު، އިންތިޚާބުގައި ބަދަލުހިފަން އެމެރިކާގެ ރައްޔިތުން ތައްޔާރުވަނީ
25 އޮކްޓޯބަރު 2026

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

25 އޮކްޓޯބަރު 2026
އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ
25 އޮކްޓޯބަރު 2026

"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!

25 އޮކްޓޯބަރު 2026
"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!
25 އޮކްޓޯބަރު 2026

ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

25 އޮކްޓޯބަރު 2026
ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
25 އޮކްޓޯބަރު 2026

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

25 އޮކްޓޯބަރު 2026
"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!
25 އޮކްޓޯބަރު 2026

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026
އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް