Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ބޮޑުކުރުން

ޓެކްސް ބޮޑުކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން، އަދި އެއިންވެސް ކުރަމުންދަނީ ވައްކަން: ނާޒިލް

27 އޮކްޓޯބަރު 2026 | އަންގާރަ 06:45

ޓެކްސް ބޮޑުކުރުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުން، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި ސަރުކާރުން ޓެކްސް ފައިސާ އިސްރާފުކުރާ ކަމަށް މެންބަރު ނާޒިލް ތުހުމަތުކުރެއްވި. ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް ޓެކްސް ބޮޑުކުރުމަކީ ދެވޭ އަނިޔާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2026 | އަންގާރަ 06:45

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް | ރާއްޖެ ޓީވީ

ޓެކްސް ބޮޑުކޮށްގެން މި ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން ކަމަށާއި އަދި އެއިންވެސް ކުރަމުންދަނީ ވައްކަންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓެކްސް ނެގުމާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހާ ދިމާކޮށް ބަޖެޓު އިތުރުކުރުމުގެ ބޭނުމުގައި ޓެކްސް ބޮޑުކުރަމުންދާއިރު، އޭގެން ރައްޔިތުންނަށް ލިބޭ އެއްވެސް މަންފާއެއް ނެތް ކަމަށެވެ.

މިއަދު ދިވެހި ރައްޔިތުން އުޅެމުންދަނީ ނުހަނު ހާލުގައިކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، ޚާއްސަކޮށް ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުވުމުގެ ސަބަބުން ރައްޔިތުންނަށް އެކި ގޮތްގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ އިސްރާފު ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ނާޒިލް ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ މަޝްރޫއުގެ ތެރެއިން ވެސް ސަރުކާރުން ކުރަމުންދާ ކަމަކީ ވައްކަން ކުރުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މި ސަރުކާރުން ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް ޓެކްސް ބޮޑުކުރާއިރު، އެ ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ނާޒިލް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓި، އަސާސީ ޚިދުމަތްތައް ނުލިބި ރައްޔިތުން ގަނަތެޅެމުންދާއިރު، ސަރުކާރުން ބޮޑެތި މަޝްރޫއުތަކުގެ ނަމުގައި ހިންގާ ކަންކަމުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި މިފަދަ ގޮތަކަށް ޓެކްސް ބޮޑުކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އިބްރާހީމް ނާޒިލްޓެކްސްރަސްމާލެ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ކަމެއް ޖަސްޓިފައި ކުރަންވީމަ ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ: މައުރޫފު

26 އޮކްޓޯބަރު 2026
ކަމެއް ޖަސްޓިފައި ކުރަންވީމަ ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ: މައުރޫފު
26 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދަނީ!

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދަނީ!
25 އޮކްޓޯބަރު 2026

އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟

25 އޮކްޓޯބަރު 2026
އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟
25 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

22 އޮކްޓޯބަރު 2026
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް