Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދަނީ!

26 އޮކްޓޯބަރު 2026 | ހޯމަ 17:35

ގަތުލުއާންމު ހިންގުމާއި ދައުލަތުގެ އިގްތިސާދަށް ގެއްލުންދޭ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި. މި ބިލުގައި އިސްލާމްދީނާ އިދިކޮޅު އަމަލުތަކަށް ދޭ އަދަބު ބޮޑުކުރުމަށް ހިމަނާފައިވާއިރު، މިއީ ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތައް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 އޮކްޓޯބަރު 2026 | ހޯމަ 17:35
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) | މަޖިލިސް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ސްޕޮންސަރ ކުރައްވާ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެކެވެ. އެގޮތުން، މި ބިލު ހުށަހެޅެމުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ދިވެހިރާއްޖެއިން ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލު އާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ. 

Advertisement - newsAdvertisement

ހަމައެއާއެކު، ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމާއި ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، އަދި އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވެ އެވެ. 

މި ބިލުގައި ގާނޫނުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމުގެ ނަމުގައި 150 ވަނަ ބާބެއް އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ. އެގޮތުން މި ބާބުގައި ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތުގެ ބަޔަކު މެރުން ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން، އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް، އެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން، އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން އަދި އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުމަކީ ކުށެއް ކަމަށް ކަމުގައި ކަނޑައަޅަން ވަނީ ހިމަނާފަ އެވެ. 

އަދި އެފަދަ އަމަލެއް ހިންގާފައި ވަނީ އޭގެ ތެރެއިން ބޮޑު ބައެއް ނެތިކޮށްލުމުގެ ނިޔަތުގައި ކަމަށް ވުން ބިލުގައި ހިމަނާފައިވެ އެވެ. 

މީގެ އިތުރުން، އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުން ދިނުމުގެ ކުށުގެ ނަމުގައި 630 ވަނަ ބާބެއް އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން މި ބާބުގައި ވަނީ ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއް ނެތި މުހިއްމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމަކަށް ގެއްލުން ދިނުން، އަސާސީ ހިދުމަތެއް މެދުކަނޑުވާލަން ނުވަތަ އެފަދަ ހިދުމަތް ފޯރުކޮށްދޭ ވަސީލަތެއް ނުވަތަ ސިސްޓަމެއް ހިންގަން ހުރަސް އެޅުން، އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން އަދި އެ އަމަލެއްގެ ސަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިގްތިސާދަށް ލިބުމަކީ ކުށެއް ކަމުގައި ކަނޑައެޅުން ހިމަނާފަ އެވެ. 

މި ބަދަލުގެ ދަށުން ގަތުލުއާންމުގެ އަމަލެއް ހިންގުމަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކަމުން 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ އެވެ. އަދި އެފަދަ ކަމަކަށް ގޮވާލާ އާންމު ފަރުދުންނަށް ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ދަށުން 10 އަހަރާ ހަމައަށް ޖަލު އަދަބު ކަނޑައެޅޭނެ އެވެ.

އަދި އިގްތިސާދަށް ގެއްލުންހުރި އަމަލެއް ކޮށްފި ކަމުގައި ވާނަމަ 1 އަހަރާއި 4 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު މި ކުށް ކޮށްފި ނަމަ، އެ މީހަކަށް 6 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު އަދަބެއް ކަނޑައެޅޭނެ އެވެ.

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް މިފަދަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމުގެ ސަބަބުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ މި ބިލުގެ ބޭނުމަކީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަަކުގެ އަޑު ކަނޑުވާލުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޤާނޫނުލްޢުޤޫބާތުއަބްދުﷲ ރިފާއުރަސްމާލެ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟

25 އޮކްޓޯބަރު 2026
އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟
25 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

22 އޮކްޓޯބަރު 2026
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2026

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

22 އޮކްޓޯބަރު 2026
ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު
21 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި

21 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް