Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

23 އޮކްޓޯބަރު 2026 | ހުކުރު 06:51

ރަސްމާލެ މަޝްރޫއު ހަވާލުކުރި އީގަލް ހިލްސް ކުންފުންޏަކީ ޒަޔަނިސްޓުންނަށް ވާގިވެރިވާ ބަޔަކަށް ވާތީ، އެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިވުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ސަރުކާރުން އިސްލާމީ އުސޫލުތަކާ ދުރު "ސެކިއުލަރ" ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އޮކްޓޯބަރު 2026 | ހުކުރު 06:51

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ | ރާއްޖެ ޓީވީ

އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއަކީ ޒަޔަނިސްޓުންނަށް ވާގިވެރިވުމުގެ އަމަލެއް ކަމަށާއި، އެ މަޝްރޫއުގެ އެއްބަސްވުމަކީ މުތުލަޤު ސިފައެއްގައި ބާތިލު އެއްބަސްވުމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ މި މަޝްރޫއާ ގުޅޭގޮތުން ގާނޫނީ އަދި ދީނީ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.

Advertisement - newsAdvertisement

ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޒަޔަނިސްޓުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަކީ މުސްލިމުން އިންތިހާއަށް ދެކޮޅު ކަންކަން ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރަކީ ޒަޔަނިސްޓުންގެ އެ އަމަލުތަކަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާއި، އެފަދަ ފަރާތަކާއެކު މަސައްކަތް ކުރުމަކީ ޒަޔަނިޒަމަށް ވާގިވެރިވުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ފާޑުވިދާޅުވަމުން ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިސްލާމީ ދައުލަތުގެ މަފްހޫމަކީ ހަމައެކަނި މިސްކިތްތަކާއި ވަގުފް އިމާރާތްތައް ބިނާކުރުން ނޫން ކަމަށެވެ.

އިސްލާމީ ދައުލަތެއްގެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކެއް ހުންނަ އިރު، އޭގެ ތެރޭގައި ދީން ހިމާޔަތްކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރައްވަނީ އިސްލާމީ ވެރިކަމެއް ނޫން ކަމަށާއި، އެއީ ވަރަށް "ސެކިއުލަރ" ނުވަތަ ދީނާ ދުރު ވެރިކަމެއްގެ ގޮތުގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، މި މަޝްރޫއު މިގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް ކަމަށެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުން ގާނޫނުއަސާސީއާ ހިލާފުވާ އެތައް ކަމެއް ހުރި ނަމަވެސް، ބަންޑާރަނައިބު އެއީ ރަނގަޅު އެއްބަސްވުމެއް ކަމަށް ވިދާޅުވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުތައް ފައްސަވަން ހުންނަވާ ބޭފުޅަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މި އެއްބަސްވުމަކީ މުތުލަޤު ސިފައެއްގައި ބާތިލު އެއްބަސްވުމެއް ކަމަށާއި، މީގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުންތަކަކީ އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. އެހެންކަމުން ހުރިހާ ދިވެހި ރައްޔިތުން ނުކުމެ މި އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލައި، މިކަމަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި އީގަލް ހިލްސް އާއެކު ކޮންޓްރެކްޓް ނެގޯޝިއޭޓްކޮށް، ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވަރކް ހިމެނޭ ކޮމަރޝަލް ޓަރމްސް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު، (ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯޒަލް އުސޫލު، ޕީއެސްއައިޕީ އުސޫލު) ގެ ދަށުން ކަމަށެވެ. 

ނަމަވެސް މި މަޝްރޫއާ ގުޅޭގޮތުން ޝައުޤުވެރިކަން ފާޅުކޮށް ފުރަތަމަ އިސްނެގީ ރާއްޖެއިންކަމަށް އަލައްބާރު ވަނީ ވިދާޅުވެފަ އެވެ. މިފަދަ އެތައް ފުށުއެރުންތަކެއް މި މަޝްރޫއާ ގުޅޭގޮތުން ހުރިކަން ފާހަގަކުރެވެ އެވެ.

އީގަލް ހިލްސްރަސްމާލެ ޑރ. އަހުމަދު އަބްދުﷲ ދީދީ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު

22 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

22 އޮކްޓޯބަރު 2026
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2026

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

22 އޮކްޓޯބަރު 2026
ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު
21 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި

21 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި
21 އޮކްޓޯބަރު 2026

ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު

21 އޮކްޓޯބަރު 2026
ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު
21 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ

21 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ
21 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް

21 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް
21 އޮކްޓޯބަރު 2026

އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް

21 އޮކްޓޯބަރު 2026
އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް
20 އޮކްޓޯބަރު 2026

އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް: އީސަ

20 އޮކްޓޯބަރު 2026
އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް: އީސަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް