Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

500 ހެކްޓަރުގެ ބިން ޔަހޫދީން ހިތުހުރި ގޮތެއްހަދަން ހިލޭ ދިނުމަށްފަހު، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ ދައްކާނީ ކޮން ހަމައަކުންތޯ؟: ޝެއިހް އިމްރާން

24 އޮކްޓޯބަރު 2026 | ހޮނިހިރު 04:00

ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ޒައިނިސްޓުންނާ ގުޅުން އޮންނަ ފަރާތަކަށް ދިނުމަކީ ގައުމުގެ މިނިވަންކަމާއި އިސްލާމީ ވަހުދަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި. ދިވެހިރާއްޖެ އަޅުވެތި ކުރުމުގެ ސަބަބަކަށް މި ޖީލު ނުވުމަށް އޭނާ އިލްތިމާސް ކުރައްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 24 އޮކްޓޯބަރު 2026 | ހޮނިހިރު 04:00
ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ

ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ | މަޖިލިސް

ދިވެހިރާއްޖެއިން 500 ހެކްޓަރުގެ ބިން ޒައިނިސްޓު ޔަހޫދީން ހިތުހުރި ގޮތެއްހަދަން ހިލޭ ދިނުމަށްފަހު، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ ދައްކާނީ ކޮން ހަމައަކުންތޯ ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ. 

ހޮނިހިރު ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ދިވެހި ކާބަފައިންގެ ލެއިން ގުރުބާންވެ މިނިވަންކަން ދަމަހައްޓާފައިވާ ދިވެހިރާއްޖޭގެ ލޮބުވެތި ފަސްގަނޑުން 500 ހެކްޓަރުގެ ބިން ޒައިނިސްޓު ޔަހޫދީން ހިތުހުރި ގޮތެއްހަދަން ހިލޭ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން، މި ބިން ޒައިނިސްޓުންނަށް ދިނުމަށްފަހު،  ގައުމުގެ މިނިވަންކަމާ އިސްތިގުލާލުގެ ވާހަކައާއި އިސްލާމް ދީނުގެ ކަރާމަތާއި ވަހުދަތުގެ ވާހަކަ ދައްކާނީ ކޮން ހަމައަކުންތޯ އިމްރާން ސުވާލު އުފެއްދެވި އެވެ. 

މީގެ އިތުރުން،  ރަސްމާލޭގައި ހިންގުމަށް މިހާރު ރާވެމުންދާ ކަންކަން ނުހުއްޓި ކުރިޔަށް ހިނގައްޖެނަމަ ދިވެހީންގެ ދަރިންގެ ދަރިންނާއި ޖެހޭއިރު މިރާއްޖޭގެ ކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުން ގެއްލޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. 

ހަމައެއާއެކު، ދިވެހިރާއްޖެ އަޅުވެތި ކުރުމުގެ ސަބަބަކަށް މި ޖީލު ނުވުމަށް އިމްރާން ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު، މިވެރިކަމުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖެއިން ވެލިފުކެއްހާ މިންވަރު ވެސް ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް ރަސްމާލެ ތަރައްގީ ކުރަން 500 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް ދިނުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. 

އެގޮތުން، "ރަސްމާލެ ވޯޓަރފްރޮންޓް އެންޑް މެރީނާ" މަޝްރޫއު އަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓްގެ ގޮތުގައި ސަރުކާރުން އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ. ނަމަވެސް މި މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޔަހޫދީ އިސްރާއީލާ ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ވުމުންނާއި މި މަޝްރޫއުއާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަނުކުރާތީ ސިޔާސީ ފަރާތްތަކުންނާއި އިލްމުވެރިން އަދި އާންމު ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ޔަހޫދީންގެ އަތްމައްޗަށް ދާނެ ކަމަށް ވެސް ގިނަ އަދަދެެއްގެ މީހުން އަންނަނީ ބުނަމުންނެވެ. 

ޝެއިހް އިމްރާންރަސްމާލެ މަޝްރޫއު

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް: އީސަ

20 އޮކްޓޯބަރު 2026
އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް: އީސަ
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު މަޑުޖައްސާލައި، މި މަޝްރޫއުއާ ގުޅޭ ހިސާބުތައް ދެއްކުމަށް ޒަރިޔަންދު ގޮވާލައްވައިފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު މަޑުޖައްސާލައި، މި މަޝްރޫއުއާ ގުޅޭ ހިސާބުތައް ދެއްކުމަށް ޒަރިޔަންދު ގޮވާލައްވައިފި
19 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަނީ

19 އޮކްޓޯބަރު 2026
ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަނީ
18 އޮކްޓޯބަރު 2026

ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް: މޮސްޓާ

18 އޮކްޓޯބަރު 2026
ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް: މޮސްޓާ
12 އޮކްޓޯބަރު 2026

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

12 އޮކްޓޯބަރު 2026
ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު
11 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު

11 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު
02 އޮކްޓޯބަރު 2026

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

02 އޮކްޓޯބަރު 2026
ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!
02 އޮކްޓޯބަރު 2026

ސިއްރު އެއްބަސްވުމަކުން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާއެކޭ ބުނެގެން ނުވާނެ، އެފަދަ މަސައްކަތެއް އެމްޑީޕީ ސަރުކާރެއްގައި ކުރިއަށް ދިއުމަށް ޖާގަ ވެސް ދީގެން ނުވާނެ: ރައީސް ސޯލިހް

28 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ސިޔާސަތުތަކަކީ ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަން ކަމަށް ސިފަކުރި ފަރާތްތަކަށް ވެރިކަން ލިބުމުން، އެ ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ފާރަވެރިވުމަށް އިމާރާތުގެ އެތެރޭގައި ކެމެރާ ހަރުކޮށްފި

28 ސެޕްޓެމްބަރު 2026
ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ފާރަވެރިވުމަށް އިމާރާތުގެ އެތެރޭގައި ކެމެރާ ހަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް