Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޑީއެމްއޭ

ވިއްސާރައިގައި އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް: ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އިން ކުރަނީ

23 އޮކްޓޯބަރު 2026 | ހުކުރު 14:13

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއްވެ، ކުޅުދުއްފުށީގެ 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، ނައިފަރުގެ ބައެއް ގެތަކުން ވެސް މީހުން ބަދަލުކުރަން ޖެހިފައިވާއިރު، އެންޑީއެމްއޭ އިން ދަނީ ރަށްރަށުގެ ފެންހިންދުމާއި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 އޮކްޓޯބަރު 2026 | ހުކުރު 14:13
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި | އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެ އޮތޯރިޓީ އިން ބުނީ، ކުޅުދުއްފުށި ސިޓީގައި 7 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން 2 ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ހދ. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު، ފުލުހުންގެ އެހީތެރިކަމާއެކު 1 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެ އެވެ. 

Advertisement - newsAdvertisement

ނޮޅިވަރަންފަރުގައި ހާލަތު ގޯސްވި ތަންތަނުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، އެ ރަށުގައި 2 ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. އަދި ހދ. އަތޮޅުގެ އެހެން ރަށްރަށަށް ބަލާއިރު، ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރަންޖެހޭ ހާލަތަކަށް ގޮސްފައިނުވާ ކަމަށާއި ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވެފައިވެ އެވެ. އަދި އެރަށުގައި ވިއްސާރަ އަލިކޮށް އަވިދިނުމާ ގުޅިގެން މިހާރު ހާލަތު ވަނީ ރަނގަޅުވެފައި ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ.

ވައިކަރަދޫގައި ރަށުތެރޭގައި ފެންބޮޑުވެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވީ ނަމަވެސް އެއްވެސް ގެއަކަށް ގެއްލުމެއް ވެފައެއް ނުވެ އެވެ. ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕުގެ އެހީގައި ފެން ވަނީ ހިންދާފަ އެވެ. ކުރިނބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، ނައިވަދޫ، ފިނޭ އަދި ކުރިނބީގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ހަނިމާދޫ އަދި މަކުނުދޫގެ ހާލަތު ވެސް ރަނގަޅު ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.

ހއ. އަތޮޅުގެ ހާލަތަށް ބަލާއިރު، ފިއްލަދޫ، ކެލާ އަދި މާރަންދޫގައި ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފަ އެވެ. ކެލާ އަދި މާރަންދޫގެ 1 ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާއިރު، ދިއްދޫގެ 1 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓްކޮށްފަ އެވެ. ތަކަންދޫގައި ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތް ކުރަމުންދާއިރު، ބުރާސްފަތި ދުވަހުގެރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާތީ އެ ރަށްރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށް އެ އޮތޯރިޓީ އިން ބުނެފައިވެ އެވެ. ޅ. ނައިފަރުގެ ހާލަތަށް ބަލާއިރު، އެ ރަށުގެ 16 ގެއަކަށް ފެންވަދެފައިވާއިރު، އޭގެ ތެރެއިން 2 ގެއަކުން މީހުން ވަނީ ބަދަލުކޮށްފަ އެވެ. މި ވިއްސާރައިގައި ހާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އޮތޯރިޓީ އާއި ކައުންސިލް މެދުވެރިކޮށް ކުރަމުންދާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ފެންހިންދުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެގޮތުން ހދ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކެއްގައި ފެންބޮޑުވެގެން ރިޕޯޓުކުރުމާ ގުޅިގެން އެ ރަށްރަށުގައި މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. 

މޯލްޑިވްސް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީފެންބޮޑުވުން

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ހުކުރު ދުވަހު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 އޮކްޓޯބަރު 2026
ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ހުކުރު ދުވަހު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފި
22 އޮކްޓޯބަރު 2026

މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ

22 އޮކްޓޯބަރު 2026
މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ
22 އޮކްޓޯބަރު 2026

މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް

22 އޮކްޓޯބަރު 2026
މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް
15 އޮކްޓޯބަރު 2026

އިސްތަންބޫލަށް ރެކޯޑު މިންވަރަކަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކަރަންޓުގައި ޖެހި ޒުވާނަކު މަރުވެއްޖެ

15 އޮކްޓޯބަރު 2026
އިސްތަންބޫލަށް ރެކޯޑު މިންވަރަކަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކަރަންޓުގައި ޖެހި ޒުވާނަކު މަރުވެއްޖެ
09 އޮކްޓޯބަރު 2026

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް

09 އޮކްޓޯބަރު 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް
29 ސެޕްޓެމްބަރު 2026

އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!

29 ސެޕްޓެމްބަރު 2026
އޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ތައިލެންޑާއި އިންޑިޔާއިން 100 އަށްވުރެ ގިނަ މަރު!
28 ސެޕްޓެމްބަރު 2026

ތައިލެންޑުގައި ފެންބޮޑުވެ 8 މީހުން މަރު، ބެންގކޮކަށް ބޮޑެތި ގެއްލުންތަކެއް

28 ސެޕްޓެމްބަރު 2026
ތައިލެންޑުގައި ފެންބޮޑުވެ 8 މީހުން މަރު، ބެންގކޮކަށް ބޮޑެތި ގެއްލުންތަކެއް
26 ސެޕްޓެމްބަރު 2026

ބެންކޮކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅި، އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް!

26 ސެޕްޓެމްބަރު 2026
ބެންކޮކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅި، އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް!
25 ސެޕްޓެމްބަރު 2026

ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް

25 ސެޕްޓެމްބަރު 2026
ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް
17 ސެޕްޓެމްބަރު 2026

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2026
ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށްވުރެ މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް