Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ މުސާރަ ބޮޑުކުރުން

އިޤްތިސާދީ ހާލަތަށް ބެލުމެއްނެތި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ފައިސަލް

22 އޮކްޓޯބަރު 2026 | ބުރާސްފަތި 08:29

އިޤްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ދަނޑިވަޅެއްގައި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި، ދަރަނިން އަރައިގަތުމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް އިސްކަންދިނުމަށް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި. އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު ސިޔާސީ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ރައްޔިތުންގެ އިހްސާސްތަކަށް އިހްތިރާމްކޮށް އެ ނިންމުން ފާސްނުކުރުމަށް އެމަނިކުފާނު ވަނީ މަޖިލީހަށް އިލްތިމާސްކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 08:29
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ | އެމްޑީޕީ

ޤައުމުގެ އިޤްތިސާދީ ޙާލަތަށް ބެލުމެއް ނެތި، ދައުލަތުގެ ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ ގޮތަށް ސިޔާސީ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ކޮމެޓީން ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، އިތުރު ހޭދަތަކެއް ކުރުމަށް ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ޤައުމުގެ ދަރަނިން އަރައިގަތުމަށާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޚާއްސަ ގޮތެއްގައި ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދޭންޖެހޭ އެހީތެރިކަން މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށާއި، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަން ހަމަހަމަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުން އިސްކަންދޭންޖެހޭ ކަންކަން ކަމުގައި ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން މުދާ ގަތުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ފައިސަލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، ސިޔާސީ އިސްވެރިންނަށް ލިބޭ ފައިސާ ގިނަކޮށް ސިޔާސީ މަގާމުތައް އިތުރުކުރުމަކީ މިވަގުތު އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މިއީ ރައްޔިތުންގެ އިޙްސާސްތަކާ ގުޅިފައިވާ ޙައްސާސް މައްސަލައެއް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މާލިއްޔަތު ކޮމެޓީގެ މި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވީ ނަމަވެސް، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި އޮތުމުން، ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް މި ބަދަލުތައް ފާސްނުކުރުމަށް ފައިސަލް ވަނީ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

މި ދަނޑިވަޅުގައި ބައެއް މަގާމުތަކުގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމެޓީން ނިންމި ނިންމުމާ ގުޅިގެން އާންމު ރައްޔިތުންނާއި ސިޔާސީ އެކި ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މުސާރަވެސް ބޮޑުކުރަން ނިންމާފައިވާއިރު، މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އިޤްތިސާދީ މާހިރުން ވެސް ދަނީ ބުނަމުންނެވެ.

ފައިސަލް ނަސީމްމާލިއްޔަތު ކޮމިޓީ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

22 އޮކްޓޯބަރު 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
21 އޮކްޓޯބަރު 2026

މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި

21 އޮކްޓޯބަރު 2026
މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި
20 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

20 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
20 އޮކްޓޯބަރު 2026

ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!

20 އޮކްޓޯބަރު 2026
ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!
17 އޮކްޓޯބަރު 2026

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

17 އޮކްޓޯބަރު 2026
ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!
15 އޮކްޓޯބަރު 2026

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން: ފައިސަލް

15 އޮކްޓޯބަރު 2026
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން: ފައިސަލް
15 އޮކްޓޯބަރު 2026

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

15 އޮކްޓޯބަރު 2026
ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް
14 އޮކްޓޯބަރު 2026

މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް

14 އޮކްޓޯބަރު 2026
މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް
14 އޮކްޓޯބަރު 2026

ތަކެތީގެ އަގު ހެޔޮކުރުމަށް އެމްޑީޕީގެ ސަރުކާރެއްގައި ވީހާވެސް އަވަހަށް މުދާ ބޭލޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައި ދޭނަން: ފައިސަލް

14 އޮކްޓޯބަރު 2026
ތަކެތީގެ އަގު ހެޔޮކުރުމަށް އެމްޑީޕީގެ ސަރުކާރެއްގައި ވީހާވެސް އަވަހަށް މުދާ ބޭލޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައި ދޭނަން: ފައިސަލް
14 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

14 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް