Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެ ކޮރެޔާގެ ނުތަނަވަސްކަން

އުތުރު ކޮރެޔާގެ އިންޒާރުތަކާ ގުޅިގެން ހަރުދަނާ ރައްދެއް ދިނުމަށް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއަށް އަމުރުކޮށްފި

20 އޮކްޓޯބަރު 2026 | އަންގާރަ 07:34

އުތުރު ކޮރެޔާއިން ބޯޑަރު ސަރަހައްދަށް ހަތިޔާރު ޖަމާކޮށް ޕްރޮޕެގެންޑާ ފެތުރުމުގެ އިންޒާރު ދިނުމާ ގުޅިގެން، އެ ޤައުމުން ދޭ ކޮންމެ އުދުވާނަކަށް ވަރުގަދަ ރައްދެއް ދިނުމަށް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ސިފައިންނަށް އަމުރުކޮށްފި. ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެފައި ވަނީ ބޯޑަރުގައި މައިނެއް ގޮވައި ސިފައިންތަކެއް ޒަޚަމުވި ހާދިސާއަކީ އުތުރުގެ އުދުވާނެއް ކަމަށް ސޯލްއިން ތުހުމަތުކުރުމާ ގުޅިގެން

ނިއުސް ޓީމް
ނިއުސް ޓީމް | 20 އޮކްޓޯބަރު 2026 | އަންގާރަ 07:34
އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާގެ ބޯޑަރު ސަރަހައްދުގައިވާ ޗެކްޕޮއިންޓެއް ކައިރިން ދެކުނު ކޮރެޔާގެ އަސްކަރީ އުޅަނދެއް ދަތުރުކުރަނީ

އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާގެ ބޯޑަރު ސަރަހައްދުގައިވާ ޗެކްޕޮއިންޓެއް ކައިރިން ދެކުނު ކޮރެޔާގެ އަސްކަރީ އުޅަނދެއް ދަތުރުކުރަނީ | އަނަދޮލު އޭޖެންސީ

އުތުރު ކޮރެޔާއިން ދެ ކޮރެޔާގެ ބޯޑަރު ސަރަހައްދަށް އިތުރު ހަތިޔާރު ޖަމާކޮށް، ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތް އަލުން ފަށާނެކަމުގެ އިންޒާރު ދިންތާ އެއް ދުވަސް ފަހުން، އެ ޤައުމުން ދޭ ކޮންމެ އުދުވާނަކަށް ވަރުގަދަ ރައްދެއް ދިނުމަށް ދެކުނު ކޮރެޔާގެ އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ އަންގާރަ ދުވަހު ސިފައިންނަށް އަމުރުކުރައްވައިފި އެވެ. ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ (ޖޭސީއެސް) ޗެއާމަން ޖެނެރަލް ޖިން ޔޮންގް-ސުންގް މި އެންގެވުން އެންގެވީ މައި ފްރަންޓްލައިން އަސްކަރީ ޔުނިޓަކަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށް ޔޮންހެޕް ނޫސް އޭޖެންސީން ރިޕޯޓުކުރި އެވެ.

ސެޕްޓެންބަރު 21 ގައި ހިނގި މައިނެއް ގޮވުމުގެ ހާދިސާއެއްގައި ދެކުނު ކޮރެޔާގެ ތިން ސިފައިން ޒަޚަމުވުމާ ގުޅިގެން ނުތަނަވަސްކަން އިތުރުވުމުގެ ޒިންމާ ސޯލްއިން އުފުލަންޖެހޭނެ ކަމަށް ބުނެ އުތުރު ކޮރެޔާއިން ކުރި ތުހުމަތުތައް ޖެނެރަލް ޖިން ވަނީ ދޮގުކުރައްވާފަ އެވެ. ދެކުނު ކޮރެޔާގެ ސައްހަ އަސްކަރީ ހަރަކާތްތަކަކީ އުދުވާނީ އަމަލުތަކެއްގެ ގޮތުގައި ދެއްކުމަށް ޕިޔޮންގޔެންގުން ކުރާ މަސައްކަތްތައް ބަލައިނުގަނެވޭނެ ކަމަށް ޖެނެރަލް ޖިން ވިދާޅުވި އެވެ. އަދި، މިލިޓަރީ ޑިމާކޭޝަން ލައިން ނުވަތަ ދެ ޤައުމުގެ ބޯޑަރުގައި އޮތް ހަތިޔާރު ގެންގުޅުން މަނާސް ސަރަހައްދު ހުރަސްކޮށް ވަނުން ފަދަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ އެންމެހައި ކަންކަމަށާއި އިތުރު އުދުވާންތަކަށް ސާބިތުކަމާއެކު ރައްދު ދިނުމަށް އޭނާ ވަނީ ސިފައިންނަށް އަމުރުކުރައްވާފަ އެވެ.

Advertisement - worldAdvertisement

ބޯޑަރު ސަރަހައްދުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ޕްރޮޕެގެންޑާ ފެތުރުން އަލުން ފަށައި، އިތުރު ޓެކްޓިކަލް ސްޓްރައިކް ހަތިޔާރުތައް އެ ސަރަހައްދަށް ޖަމާކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުންގެ ކޮއްކޮ ކިމް ޔޯ ޖޮންގ ހޯމަ ދުވަހު ވަނީ ދީފަ އެވެ. އުތުރު ކޮރެޔާއިން ބޯޑަރު ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ސޯލްއިން އިންޒާރުގެ ހަމަލާތަކާއި އަޑުގަދަކުރާތައް ބޭނުންކުރާ ކަމަށް ކިމް ޔޯ ޖޮންގ ވަނީ ތުހުމަތުކޮށްފަ އެވެ.

ސެޕްޓެންބަރު މަހު ހިނގި، ބިމުގައި ވަޅުލާފައިވާ މައިނެއް ގޮއްވާލި ހާދިސާއަކީ އުތުރު ކޮރެޔާއިން ވަޅުލި ބޮންތަކެއް ކަމަށާއި، މިއީ ސީދާ އުދުވާނެއް އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ޖެނެރަލް ޖިން ވަނީ ސިފަކުރައްވާފަ އެވެ. 1950 އިން 1953 އަށް ކުރި ކޮރެޔާ ހަނގުރާމަ ނިމުމަކަށް އައީ ރަސްމީ ސުލްހައިގެ އެއްބަސްވުމަކުން ކަމަށް ނުވާތީ، ގާނޫނީ ގޮތުން އަދިވެސް ހަނގުރާމައިގެ ހާލަތުގައި އޮތް ދެ ކޮރެޔާ ވަކިކުރާ ޑީމިލިޓަރައިޒްޑް ޒޯން ސަރަހައްދުގައި، މި ހާދިސާއާ ގުޅިގެން ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އުތުރު ކޮރެޔާ-ދެކުނު ކޮރެޔާކިމް ޔޯ ޖޮންގްޑީމިލިޓަރައިޒް ޒޯންކޮރެޔާ ހަނގުރާމަ

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2026

އުތުރު ކޮރެޔާގެ އަސްކަރީ ގާބިލުކަން ދައްކާލަން ސަބްމެރީނަކުން އާ މިސައިލް ޓެސްޓުތަކެއް ފަށައިފި

15 އޮކްޓޯބަރު 2026
އުތުރު ކޮރެޔާގެ އަސްކަރީ ގާބިލުކަން ދައްކާލަން ސަބްމެރީނަކުން އާ މިސައިލް ޓެސްޓުތަކެއް ފަށައިފި
03 އޮކްޓޯބަރު 2026

އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހެދުމުން ދެކުނު ކޮރެޔާއާއި ޖަޕާނުގައި އެލާޓު ނެރެފި

03 އޮކްޓޯބަރު 2026
އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހެދުމުން ދެކުނު ކޮރެޔާއާއި ޖަޕާނުގައި އެލާޓު ނެރެފި
22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
05 އޯގަސްޓު 2026

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

05 އޯގަސްޓު 2026
އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް