Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން-އުތުރުކޮރެއާ

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5 އޯގަސްޓު 2026 | ބުދަ 06:41

ޖަޕާނުން އެމެރިކާގެ ޓޮމަހޯކް މިސައިލް ޓެސްޓުކުރުމަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އުތުރު ކޮރެއާއިން އެކަމާ ދެކޮޅަށް ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފި. ޖަޕާނުން އިސްވެ ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރަނީ އެމެރިކާގެ އެހީތެރިކަމާއެކު ކަމަށް ތުހުމަތުކޮށް، އުތުރު ކޮރެއާގެ އަމިއްލަ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތައް ދިފާއުކުރުމަށް އެ ގައުމުން ދަނީ މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 5 އޯގަސްޓު 2026 | ބުދަ 06:41

ޖަޕާނުން ދުރު ރާސްތާގެ ދެ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފި. މިގޮތުން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ޖަޕާނުގެ މަނަވަރެއް ކަމަށްވާ 'ޖޭ.އެސް ޗޯކައި' އިން ޓޮމަހޯކް މިސައިލެއް ފޮނުވާލާފައިވާއިރު، ގިފޫ އެއާ ބޭސްގައި ޖަޕާނުގެ އެފް-2 މަރުކާގެ ހަނގުރާމަމަތީ ބޯޓަކުން ވަނީ އަޕްގްރޭޑްކޮށްފައިވާ 'ޓައިޕް 12' މަރުކާގެ މިސައިލެއް ޓެސްޓުކޮށްފައި ޓޯކިޔޯއިން މި ފިޔަވަޅުތައް އަޅަމުންދަނީ ޗައިނާ އާއި ރަޝިޔާއިން ކުރިމަތިވެދާނެ ނުރައްކާތަކަށް އަމާޒުކޮށް، ދިފާއީ ގޮތުން ރައްދު ހަމަލާ ދިނުމުގެ ފުރިހަމަ ގާބިލުކަން ހުރި ލަޝްކަރެއް ބިނާކުރުމުގެ މަގްސަދުގައެވެ. | ސްކްރީން އިމޭޖް

އެމެރިކާގައި އުފައްދާފައިވާ ޓޮމަހޯކް ކްރޫޒް މިސައިލެއް ޖަޕާނުން ޓެސްޓުކުރުމާ ގުޅިގެން، އުތުރު ކޮރެއާއިން "އިތުރު އަސްކަރީ ފިޔަވަޅުތަކެއް" އަޅާނެކަމުގެ އިންޒާރު އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންގެ ނުފޫޒުގަދަ ކޮއްކޮ، ކިމް ޔޯ ޖޮންގް ދެއްވައިފި އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭ.ސީ.އެން.އޭ އިން ބުދަ ދުވަހު އާންމުކުރި ބަޔާނެއްގައި ކިމް ޔޯ ޖޮންގް ވަނީ، ޖަޕާނުގެ އަސްކަރިއްޔާއިން ދިފާއީ ސިޔާސަތުތައް ދޫކޮށްލައި، އިސްވެ ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ އަސްކަރީ ބާރަކަށް ބަދަލުވަމުންދާކަމަށް ތުހުމަތުކުރައްވާފަ އެވެ.

ޕެސިފިކް ކަނޑުގައި އޮންނަ "ޗޯކައި" ނަމަކަށް ކިޔާ އޭޖިސް ޑިސްޓްރޯޔާ މަނަވަރުން ޖަޕާނުން ދާދިފަހުން ކުރި ޓޮމަހޯކް މިސައިލް ޓެސްޓާއި، އެހެނިހެން މިސައިލްތައް ޓެސްޓުކުރުމުގެ އިތުރުން، މެއި މަހު ފިލިޕީންސްގައި އެމެރިކާ އިސްވެ އޮވެ ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކުގައި ޖަޕާނުން ބައިވެރިވިކަން ކިމް ފާހަގަކުރެއްވި އެވެ. އަދި ޖަޕާނުގެ ސަލާމަތީ މަސްލަހަތުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން އިހުސާސްކުރެވޭ ފަދަ ގޮތަކަށް އުތުރު ކޮރެއާއިން ރައްދުދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފާއިތުވި މަސްތަކުގައި ޓޯކިޔޯއަށް އަމާޒުކޮށް ދެއްވި އެންމެ ހަރުކަށި ބަޔާނުގައި ކިމް ވިދާޅުވީ، އެ ގައުމުން ކުރި ކަންތައްތަކާމެދު ހިތާމަކުރަންޖެހޭ ފަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

މީގެއިތުރުން، ޖަޕާނަށް ޓޮމަހޯކް މިސައިލް ފޯރުކޮށްދީ، އެ މިސައިލްތައް ބޭނުންކުރެވޭނެ ގޮތަށް މަނަވަރުތައް ބަދަލުކުރުމަށް އެހީތެރިވެ، މިސައިލް ޓެސްޓުތަކަށް އެއްބާރުލުން ދީގެން ޖަޕާނުގެ އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށް އެމެރިކާއިން މަގުފަހިކޮށްދޭ ކަމަށްވެސް ކިމް ތުހުމަތުކުރެއްވި އެވެ.

"ޖަޕާނުގެ މި ނުރައްކާތެރި އަސްކަރީ ހަރަކާތްތަކުގެ ފަހަތުގައި އޮތީ އެމެރިކާ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ސަރަހައްދީ ސަލާމަތަށް ހުރި ނުރައްކަލެއް

މި ބަޔާނަކީ އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނާ ދެމެދު އޮންނަ ސަލާމަތީ އެއްބާރުލުމަށް ފާޑުކިޔައި އުތުރު ކޮރެއާއިން ފަހަކަށް އައިސް ނެރެމުންދާ ސިލްސިލާ ބަޔާންތަކުގެ ތެރެއިން ބަޔާނެކެވެ.

ޖުލައި މަހުން ފެށިގެން ކޭ.ސީ.އެން.އޭ އިން ވަނީ މި ގައުމުތަކުގެ ގުޅިފައިވާ އަސްކަރީ ހަރަކާތްތަކަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، ކޮރެއާ ޕެނިންސިއުލާގެ މަސްލަހަތު ގޯސްވަމުންދާ ކަމަށް ބުނެ މަދުވެގެން ހަ އެޑިޓޯރިއަލްއާއި ރިޕޯޓު ޝާއިއުކޮށްފަ އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އުތުރު ކޮރެއާއިން މަސައްކަތް ކުރަމުންދަނީ ޖަޕާނުގެ އަސްކަރީ ތަރައްގީއަކީ ސަލާމަތީ ގޮތުން އޮތް ސީދާ ނުރައްކަލެއްގެ ގޮތުގައި ދައްކައި، އެ ގައުމުގެ އަމިއްލަ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތައް ދިފާއުކުރުމަށެވެ.

ސޯލްގައި ހުންނަ ޔުނިވާސިޓީ އޮފް ނޯތު ކޮރެއަން ސްޓަޑީޒްގެ ޕްރޮފެސަރު ޔަންގް މޫ-ޖިން ވިދާޅުވީ، ކިމްގެ މި ވާހަކަތަކަކީ އުތުރު ކޮރެއާއާ ދެކޮޅަށް އެމެރިކާގެ ބާރުގަދަކުރުމަށްޓަކައި ޖަޕާނު މެދުވެރިކޮށް ކުރާ މަސައްކަތެއްގެ ގޮތުގައި ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.

ކިޔަންގްނަމް ޔުނިވާސިޓީގެ އިންސްޓިޓިއުޓް ފޯ ފާ އީސްޓަން ސްޓަޑީޒްގެ ޕްރޮފެސަރު ލިމް އިއުލް-ޗުލް ވިދާޅުވި ގޮތުގައި، މިފަދަ މެސެޖުތަކަކީ ކުރިމަގުގައި އުތުރު ކޮރެއާއިން ކުރިއަށްގެންދާނެ މިސައިލް ޓެސްޓުތަކާއި ނުވަތަ ކަނޑުއަޑިން ހަމަލާދިނުމުގެ ގާބިލުކަން ދައްކާލުން ފަދަ އަސްކަރީ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ދޭ އިންޒާރުތަކެކެވެ.

ޖަޕާން-އުތުރު ކޮރެއާކިމް ޔޯ ޖޮންގްކިމް ޖޮންގ އަންކޮރެއާ ޕެނިންސިއުލާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
25 އޮކްޓޯބަރު 2025

ޑޮނަލްޑް ޓްރަމްޕް އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

25 އޮކްޓޯބަރު 2025
ޑޮނަލްޑް ޓްރަމްޕް އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2025

ޕުޓިން އާއީ ޝީ ގެ ބައްދަލުވުން: ޕުޓިން ވިދާޅުވަނީ ދެ ގައުމުގެ ގުޅުން "މީގެ ކުރިން ދެކެފައި ނުވާ" މިންވަރަކަށް ކުރި އަރާފައިވާ ކަމަށް

02 ސެޕްޓެމްބަރު 2025
ޕުޓިން އާއީ ޝީ ގެ ބައްދަލުވުން: ޕުޓިން ވިދާޅުވަނީ ދެ ގައުމުގެ ގުޅުން "މީގެ ކުރިން ދެކެފައި ނުވާ" މިންވަރަކަށް ކުރި އަރާފައިވާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް