Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވިނަމިލްކް

ވިނަމިލްކް ކުންފުނިން އުފައްދާ ކިރު ރާއްޖެއަށް ތައާރަފުކޮށްފި

މި ކުންފުންޏަކީ ވިއެޓްނާމްގައި ކިރު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 01:12
ވިނަމިލްކް ކުންފުނިން އުފައްދާ ކިރު

ވިނަމިލްކް ކުންފުނިން އުފައްދާ ކިރު

ވިއެޓްނާމްގެ ވިނަމިލްކް ކުންފުނިން އުފައްދާ ކިރު ވާދީ ޓްރޭޑަސް އިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި ކިރު ރާއްޖެއަށް ތައާރަފްކޮށްފައިނީ ހުކުރު ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިނަމިލްކްގެ އިންޓަރނޭޝަނަލް ބިޒްނަސް މެނޭޖަރ ވިން ވިދާޅުވީ ރާއްޖޭގައި އެ ކުންފުނީގެ އުފެއްދުމެއް ތައާރަފުކުރުމުގެ ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ އިތުރު އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރާނެ ކަމަށެވެ.

ވިނަމިލްކް ކުންފުންޏަކީ 1976 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އަދި މި ކުންފުންޏަކީ ވިއެޓްނާމްގައި ކިރު އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ވާދީ ޓްރޭޑަސްގެ ޖެނެރަލް މޭނެޖަރ ހުސެއިން ސޯލިހް ވިދާޅުވީ މި ކިރު ރާއްޖެއަށް ތައާރަފުކުރަން ނިންމީ ކޮލިޓީ ރަނގަޅުވެފައި، ހެޔޮ އަގެއްގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ޕްރޮޑަކްޓަކީ ނިއުޓްރިޝަންގެ ގޮތުން ބެލިޔަސް ސިއްހަތަށް ފައިދާ ހުރި ބުއިމެއް ކަމަށް ސޯލިހް ފާހަގަކުރެއްވިއެވެ.

ވާދީ ޓްރޭޑަސްގެ ފަރާތުން ތައާރަފުކޮށްފައިވަނީ ވިނަމިލްކްގެ 110 އެމްއެލް އާއި 180 އެމްއެލްގެ ސްޓްރޯބެރީ އަދި ޗޮކްލެޓް ފްލޭވަރގެ ޕެކެޓްތަކެވެ. އަދި މީގެ އިތުރުން ވިނަމިލްކްގެ ފްރެޝް މިލްކްގެ 1 ލީޓަރު ޕެކެޓްވެސް ވަނީ ތައާރަފުކޮށްފައެވެ.

ވިނަމިލްއަކީ ފޯބްސް މަޖައްލާއިން ހޮވާ އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ 200 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު