Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެރޯލް ބޯޑު

މީޑިއާތަކަށް މައްސަލަ ތިލަވެ، ފާޑުކިޔުން އަމާޒުވުމުން ޕެރޯލް ބޯޑު މެންބަރުން ވަކިކޮށް، އަބުޗާ އަލުން ބަންދުކުރަން ނިންމައިފި!

6 އޮކްޓޯބަރު 2026 | އަންގާރަ 13:27

އައްޑޫގައި 80 ކިލޯގެ މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކުރި ނިންމުން ސަރުކާރުން ބާތިލުކޮށްފި. ހޯމް މިނިސްޓަރު ވިދާޅުވީ ޕެރޯލް ބޯޑުން އެ ނިންމުން ނިންމާފައިވަނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ފުރިހަމައަށް ރިއާޔަތްނުކޮށް ކަމަށްވާތީ، އޭނާ އަލުން ބަންދުކޮށް ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މަގާމުން ވަކިކޮށްފައި ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 އޮކްޓޯބަރު 2026 | އަންގާރަ 13:27
އައްޑޫ ސިޓީގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު، އަބްދުﷲ އިބްރާހީމް (އަބުޗާ)

އައްޑޫ ސިޓީގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) | ޕޮލިސް

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫ ސިޓީގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕެރޯލް ބޯޑުން މިނިވަން ކުރި މައްސަލައިގައި މީޑިއާތަކަށް މައްސަލަ ތިލަވެ، ފާޑުކިޔުން އަމާޒުވުމުން ޕެރޯލް ބޯޑު މެންބަރުން ވަކިކޮށް އަބްދުﷲ އިބްރާހީމް (އަބުޗާ) އަލުން ބަންދުކޮށްފި އެވެ. 

އަބްދުﷲ އިބްރާހީމް (އަބުޗާ) ހައްޔަރުކުރީ 2020 ވަނަ އަހަރު އައްޑޫގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެގޮތުން އެ އޮޕަރޭޝަނުގައި 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. 

Advertisement - newsAdvertisement

އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބުޗާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ހުކުމް އިއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. 

މި މައްސަލައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. އޭނާގެ މައްޗަށް ކޯޓުން 50 އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް، އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުން އެ ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްދީފަ އެވެ. 

ޑްރަގް އެތެރެކުރުމުގެ ބޮޑެއް ކަމަށްވާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލް ބޯޑުން މިނިވަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. 

އެކަމާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަބުޗާ ދޫކޮށްލުމަށް ޕެރޯލް ބޯޑުން ނިންމި ނިންމުމުގައި ބަލަންޖެހޭ ބައެއް ކަންކަން ބަލާފައި ވަނީ ރަނގަޅަކަށް ނޫން ކަމަށާއި އެ ނިންމުން ބަދަލުކުރަން އެންގެވި ކަމަށެވެ. އަދި ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށް، އޭނާ ވަނީ އަންގާރަ ދުވަހުގެ ހަވީރު 16:48 ގައި އަލުން ހައްޔަރުކޮށްފަ އެވެ. 

މައްސަލައިގެ މައުލޫމާތު މިނިސްޓްރީއަށް ވެސް ލިބުމާއެކީގައި އަޅުގަނޑުމެން މިކަން ހިނގާފައިވާ ގޮތް ބަލައިފިން. ބަލާފައި ބެލި ބެލުމުގައި ޕެރޯލް ބޯޑުގެ ނިންމުމުގައި އަޅުނޑުމެންނަށް ގަބޫލުކުރެވުނު ގާނޫނުގެ ތެރެއިން ބަލަންޖެހޭ ބައެއް ކަންކަން ބެލިފައި އޮތީކީ އެކަން ބަލަންޖެހޭ ގޮތަށް ނޫންކަން. އެހެންވީމަ އެކަމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އަޅުގަނޑު ވާނެ އެ ޑިޒިޝަން އަލުން ރީކޮންސިޑާ ކޮށްދިނުމަށް ޕެރޯލް ބޯޑަށް އަންގާފައި
އަލީ އިހުސާން

ފުލުހުން މީގެ ކުރިން މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިން ގޮތުގައި، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަބުޗާ އަތުން 61 ކިލޯގެ ޑައިމޯފިނާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް އަތުލައިގަނެފައިވެ އެވެ. މި އޮޕަރޭޝަނުގައި އޭނާއާއެކު އިތުރު 17 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.

ޕެރޯލް ބޯޑަކީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ބޯޑެކެވެ. މި ބޯޑު ހިންގަނީ،  ހޯމްލޭންޑް މިނިސްޓްރީ ދަށުން ހިންގާ ކަރެކްޝަންސް ސަރވިސްގެ ބެލުމުގެ ދަށުންނެވެ. އަދި ބޯޑުގެ އެންމެހާ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި، ގާނޫނުގެ ދަށުން ހުކުމް ތަންފީޒު ކުރާ މީހުން ދޫކުރުމަށްޓަކައި އަދި ޕެރޯލް ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގައި ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ބަލަހައްޓަން ގާނޫނުގެ 127 ވަނަ މާއްދާގައި ޒިންމާ މަތިކޮށްފައި ވަނީ ކަރެކްޝަންސްގެ ކޮމިޝަނަރަށެވެ. 

ޕެރޯލް ބޯޑުއަލީ އިޙްސާންކަރެކްޝަނަލް ސަރވިސް

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

3

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

4

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

5

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

07 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ
07 އޮކްޓޯބަރު 2026

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

07 އޮކްޓޯބަރު 2026
މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!
05 އޮކްޓޯބަރު 2026

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި

05 އޮކްޓޯބަރު 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި
14 ސެޕްޓެމްބަރު 2026

ހޯމް މިނިސްޓަރު: ބިދޭސީން ކަންމަތީ ފިހާރަ ހިންގަނީ ޑޮލަރުގެ ކަޅުބާޒާރު ހިންގަން

14 ސެޕްޓެމްބަރު 2026
ހޯމް މިނިސްޓަރު: ބިދޭސީން ކަންމަތީ ފިހާރަ ހިންގަނީ ޑޮލަރުގެ ކަޅުބާޒާރު ހިންގަން
07 ސެޕްޓެމްބަރު 2026

ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެ

07 ސެޕްޓެމްބަރު 2026
ހައުސިންގ މިނިސްޓްރީ އަންދާލިކަމަށް ރައީސް ޔާމީން ވިދާޅުވުމުން މައްސަލަ ގޯސްވެއްޖެ
13 ޖުލައި 2026

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

13 ޖުލައި 2026
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
17 މާރިޗު 2026

ސަރޖަރީއަކަށް ފަހު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

17 މާރިޗު 2026
ސަރޖަރީއަކަށް ފަހު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި
15 މާރިޗު 2026

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން: ކަރެކްޝަން

15 މާރިޗު 2026
މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން: ކަރެކްޝަން
17 ޑިސެމްބަރު 2025

އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި މިނިސްޓަރ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލު ކުރަން ގާޒީ ފުރުސަތެއް ނުދިން

17 ޑިސެމްބަރު 2025
 އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި މިނިސްޓަރ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލު ކުރަން ގާޒީ ފުރުސަތެއް ނުދިން
02 ޑިސެމްބަރު 2025

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން

02 ޑިސެމްބަރު 2025
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް