Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ބޮޑު ހަރަދެއް ހިނގާތީ އެ ކަމަށް އަގެއް ނެގުން ރަނގަޅު ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2025 | އަންގާރަ 14:28
ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން އެމްއެންޔޫ އިން ބޭއްވި ފޯރަމްގައި މިނިސްޓަރ އިހްސާން ވާހަކަ ދައްކަވަނީ

ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން އެމްއެންޔޫ އިން ބޭއްވި ފޯރަމްގައި މިނިސްޓަރ އިހްސާން ވާހަކަ ދައްކަވަނީ

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ގެ ދަށުން އަންނަ ހުށަހެޅުންތަކަށް ޖަވާބު ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށާއި އެ ކަމަށް އަގެއް ނެގުން ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިހްސާން މިފަދައިން ވިދާޅުވީ، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިން ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މުއައްސަސާއަކުން މައުލޫމާތެއް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތު ގެ ފަހަތުގައި ބޮޑު ހަރަދެއް ހިނގާތީ، މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި ކޮންމެވެސް އަގެއް އެ ކަމަށް ނަގާ ކަމަށް އިހުސާން ވިދާޅުވި އެވެ. މައުލޫމާތު ފޯރުކޮށްދިނުމު ގައި ބޮޑެތި ހަރަދުތައް ހިނގާ ކަމަށާއި، އެ ހަރަދުތައް ހަމަޖެއްސުމަށް ބައެއް ފީއެއް ނެގުން މުހިންމު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވަރަށް ގިނަ ގައުމުތަކުގައި ޗާޖުކުރޭ އެ މައުލޫމާތަށް. ޕޭ ކުރަން ޖެހޭ ކޮންމެވެސް ވަރެއް. ސަބަބަކީ އިޓް އިންވޯލްވްސް އަ ކޯސްޓް އޭގެ ބެކްއެންޑްގައި،
ހޯމް މިނިސްޓަރު އަލީ އިހުސާން

ބައެއް ފަހަރު އެދޭ މައުލޫމާތެއްގެ ސަބަބުން ވެސް ބޮޑު ހަރަދެއް ހިނގާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ހޯދަން އުޅޭ މައުލޫމާތަކީ ފަސޭހައިން ލިބޭނެ މައުލޫމާތެއްތޯ ވެސް ބަލަން ޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ. މިހާރު އޮންނަ ގޮތުން، އެދެނީ ކޮން ކަހަލަ މައުލޫމާތަކަށް ކަމެއް ބެލެވެން ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް އެ މަސައްކަތަށް މަދުވެގެން ދެ މުވައްޒަފަކު ކޮންމެ މުއައްސަސާއެއްގައި ހުންނަން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ އިންފޮމޭޝަން އޮފިސަރާއި އެޕީލް އޮފިސަރެވެ. އެ ދެ މީހުންގެ މަސައްކަތް ވެސް ބަލާނެ މީހަކު ބޭނުންވާކަން، ކުރެއްވުނު ތަޖުރިބާތަކުން އެނގޭ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. މި މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހަރަދުތައް ވެސް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއީ ދާއިރާގެ މާހިރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދަން ޖެހޭ ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ހަރުދަނާކުރުމަށާއި، އެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅު ވިއެވެ.

އިހްސާން މިދަދައިން ވާހަކަ ދައްކަވާފަ ވާއިރު، ސަރުކާރުގެ އެކި މުއައްސަސާތަކާއި އޮފީސްތަކުން މައުލޫމާތު ހާމަ ނުކުރުމުގެ އެތައް ފާޑުކިޔުމެއް މި ސަރުކާރަށް ވަނީ އަމާޒުވެ ފައެވެ. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އަގެއް ނަގައިފި ނަމަ، މިހާރަށް ވުރެ ގިނަ ކަންކަން ފޮރުވުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދާނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގަކީ ޑިމޮކްރަސީގެ މުހިންމު ބައެެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވިފައިވާ ހައްގެކެވެ. މި ހައްގު ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތްކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ޖަމިއްޔާތަކުން ވެސް ފާހަގަކުރެ އެވެ.

އަލީ އިޙްސާންމައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި

ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި

25 ނޮވެމްބަރު 2025
ފޭދޫ ރައްޔިތުން އައްޑޫ ސިޓީގައި ދެމިއޮންނަށް ނިންމައި އުފާފާޅުކުރަން ފަށައިފި

ފޭދޫ ރައްޔިތުން އައްޑޫ ސިޓީގައި ދެމިއޮންނަށް ނިންމައި އުފާފާޅުކުރަން ފަށައިފި

25 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް ނާޅާ!

ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް ނާޅާ!

08 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު