Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ނޭޝަނަލް ސަރވިސް

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން: ކަރެކްޝަން

15 މާރިޗު 2026 | އާދީއްތަ 09:10

ޕެރޯލްގެ ދަށުން މިނިވަންވުމަށް އެދި މިދިޔަ އަހަރު 241 ގައިދީން ހުށަހެޅިއިރު، އޭގެ ތެރެއިން ޝަރުތު ހަމަވީ 189 މީހުން. މީގެ ތެރެއިން ޕެރޯލް ބޯޑުން 42 މީހަކަށް ފުރުސަތު ދިނުމަށް ނިންމި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިދިޔަ އަހަރު މުޖުތަމައަށް ނެރެވުނީ ޖުމްލަ 27 މީހުން. ގައިދީން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ކަރެކްޝަންސްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އާއިލީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ހުރެ މި މަސައްކަތަށް ދަތިތަކެއް ކުރިމަތިވާކަން އެ ސަރވިސްއިން ފާހަގަކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2026 | އާދީއްތަ 09:10
ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން ގައިދީންތަކަކަށް ކިޔަވައިދެނީ.

ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން ގައިދީންތަކަކަށް ކިޔަވައިދެނީ. | ކަރެކްޝަންސް

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފި އެވެ.

ކަރެކްޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލަށް އެދި ޖުމްލަ 241 ފޯމު ހުށަހަޅާފައިވެ އެވެ.

Advertisement - newsAdvertisement

އެގޮތުން 189 ފޯމެއް ޝަރުތު ފުރިހަމަވެފައިވާއިރު، 43 ފޯމު ޝަރުތު ފުރިހަމަވެފައިނުވެ އެވެ. 8 ފޯމްގެ މައުލޫމާތު ފުރިހަމަ ނުވާ ކަމަށާއި، އެއް ފޯމް ލީގަލް އެޑްވައިސް ހޯދުމަށް ފޮނުވާފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ކަރެކްޝަނުން ބުނީ، ޝަރުތު ހަމަވި ހުށަހެޅުމުގެ ތެރެއިން 42 ފޯމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި،  32 މައްސަލައެއްގެ މަސައްކަތް މުޅިން ނިންމާފައިވާ ކަމަށެވެ. އަދި 86 މައްސަލައެއް ގޮތް ނިންމުމަށް ބޯޑަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ޕެރޯލް ބޯޑުން 42 މީހަކަށް ޕެރޯލް ދިނުމަށް ނިންމާފައިވާއިރު، 44 މީހެއްގެ ހުށަހެޅުން ބާތިލްކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ. 

މީގެ އިތުރުން ކަރެކްޝަނުން ބުނީ، 22 މީހަކު އެއްވެސް އުސޫލަކާ ހިލާފުނުވެ ޕެރޯލްގެ މުއްދަތު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބުނު 25 މީހަކު އެ ފުރުސަތުގެ ބޭނުން ހިފަން އިއުތިރާޒުކޮށްފައިވެ އެވެ. 

މީގެ އިތުރުން ކަރެކްޝަނުން ބުނީ، މިނިވަންވުމަށްފަހު ޒިންމާ ނަގާނެ ފަރާތެއް ނެތުމުގެ ސަބަބުން ދެ މައްސަލައެއް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި މިދިޔަ އަހަރު ޕެރޯލްގެ އުސޫލުގެ ތެރެއިން 27 މީހަކު އަނބުރާ މުޖުތަމައަށް ނެރެފައިވާ ކަމަށް ވެސް އެސަރވިސްއިން ބުނެ އެވެ. 

ކަރެކްޝަނުން ދަނީ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެމީހުންނަށް އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމާއި، ކޯސްތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ. ނަމަވެސް އިޖުތިމާއީ ގޮތުންނާއި އާއިލީ ގޮތުން ދިމާވާ ގޮންޖެހުންތަކާއެކު ބައެއް ދަތިތައް ކުރިމަތިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްޕެރޯލް ބޯޑު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 މެއި 2025

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ބައިވެރިވުމަށް ހުޅުވާލައިފި

01 މެއި 2025
ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ބައިވެރިވުމަށް ހުޅުވާލައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް