Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުތައް އުވާލުން ހިމެނޭހެން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް

3 އޮކްޓޯބަރު 2026 | ހޮނިހިރު 12:19

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް ފަރާތަކީ ޗެއަރޕާސަން ކަމަށް ކަނޑައެޅުމަށް އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅައިފި. މި ބަދަލުތަކުގެ ތެރޭގައި ޗެއަރޕާސަންގެ ތިން ނައިބުން ތިބުމާއި ގައުމީ މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ މެންބަރުންގެ އަދަދު ޕާޓީގެ މެންބަރުންގެ އާބާދީއަށް ބިނާކުރުން ހިމެނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 އޮކްޓޯބަރު 2026 | ހޮނިހިރު 12:19
އެމްޑީޕީގެ ކޮންގްރެސްގެ ސެޝަނެއް

އެމްޑީޕީގެ ކޮންގްރެސްގެ ސެޝަނެއް | އެމްޑީޕީ ސެކްރިޓޭރިއެޓް

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، އެ ޕާޓީގެ އުސޫލުތައް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި، ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފި އެވެ. 

މި އިސްލާހުތައް ހުށަހަޅުއްވާ، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ މި އިސްލާހުތަކަކީ ޕާޓީ އަށް މިހާރު މުހިއްމު އިސްލާހުތަކެއް ކަމަށެވެ. އަދި މި އިސްލާހުތަކުގެ އަމާޒަކީ ޕާޓީގެ އެތެރޭގެ ހިންގުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލުކޮށް، މެންބަރުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. 

Advertisement - newsAdvertisement

މި އިސްލާހުތަކަށް ބަލާއިރު ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލުމަށް ވަނީ ހުށަހަޅާފަ އެވެ. މި ދެ މަގާމު އުވާލާއި، ޕާޓީގެ އެންމެ އިސް މީހަކީ ޕާޓީގެ ޗެއަރޕާސަން އަށް ހެދުމަށް ވަނީ ހުށަހަޅާފަ އެވެ. ގަވާއިދުގައި މިހާރު ބުނަނީ ޕާޓީ ވެރިކަމުގައި އޮންނަ ދުވަސްވަރު އެންމެ އިސް މީހަކީ އޭރު ގައުމުގެ ރައީސް ކަމަށެވެ. އެހެން ނަމަވެސް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ވެރިކަމުގައި އޮންނަ އިރު ވެސް އަދި އިދިކޮޅުގައި އޮންނަ އިރު ވެސް އެންމެ އިސް މީހަކީ ޗެއަރޕާސަން އެވެ.

އޭގެ އިތުރުން ޗެއަރޕާސަންގެ ނައިބުންގެ ގޮތުގައި ތިން ނައިބުން ތިބޭ ގޮތަށް ހެދުމަށް ހުށަހެޅުމާއެކު އޭގެ ތެރެއިން އެއް ނައިބަކީ އަންހެނަކަށް ހެދުމަށް ވެސް ހުށަހަޅާފައިވެ އެވެ.  މިހާރު ތިބެނީ ދެ ނައިބުންނެވެ. އެއީ  އިދާރީ ކަންކަމަށް ހާއްސަ ނައިބަކާއި މާލީ ކަންކަމަށް ހާއްސަ ނައިބެކެވެ. އިތުރު ކުރުމަށް ހުށަހަޅާފައި ވަނީ ސިޔާސީ ކަންކަމަށް ޚާއްސަ ނައިބެކެވެ. 

އެމްޑީޕީ އިން އެ ޕާޓީގެ އަސާސީ ގާނޫނަށް ގެންނަ އިސްލާހުގައި ފާހަގަކޮށްފައިވާ ބައެއް މުހިއްމު ކަންކަމުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދާއިރާ ތަމްސީލުކުރާނެ މެންބަރުން ހޮވުމުގައި އަމަލުކުރާނީ އެތަނެއްގައި ޕާޓީގެ މެންބަރުން ތިބި އަދަދަށް ބަލައިގެން ކަމަށް ބަޔާންކޮށްފައިވުން ހިމެނެ އެވެ. 

އެގޮތުން ސިޓީތަކާއި، އެއް ރަށެއްގައި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތައް ފިޔަވައި، ކޮންމެ ރަށެއްގައި ޕާޓީގެ 100 މެންބަރުން ހަމަވާނަމަ އެ ރަށަކުން ގައުމީ މަޖިލިސްގެ 1 މެންބަރުން، އަފި މެންބަރުންގެ އަދަދު 500 އަށް ވުރެ ގިނަ ނަމަ، އިތުރު މެންބަރެއް އަދި 1000 މެންބަރުން ހަމަވެއްޖެނަމަ 3 މެންބަރުން ގައުމީ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރާ ގޮތް ހެދުން ހިމެނެ އެވެ. 

މީގެ އިތުރުން ސިޓީތަކާއި އެއް ރަށެއްގައި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ރަށެއްގައި ޕާޓީގެ 100 މެންބަރުން ހަމަވާނަމަ އެ ރަށަކުން ގައުމީ މަޖިލިސްގެ 2 މެންބަރުން، އަދި މެންބަރުންގެ އަދަދު 500 އަށް ވުރެ ގިނަ ނަމަ، އިތުރު މެންބަރެއް އަދި 1000 މެންބަރުން ހަމަވެއްޖެނަމަ 3 މެންބަރުން ގައުމީ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރާ ގޮތް ހެދުން ހިމެނެ އެވެ.

އެމްޑީޕީފައްޔާޒް އިސްމާއީލްއެމްޑީޕީ ކޮންގްރެސް 2026

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2026

އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

03 އޮކްޓޯބަރު 2026
އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި
03 އޮކްޓޯބަރު 2026

ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ އަދަދު 3 ގުނަ ބޮޑުކޮށް، ކައުންސިލް ހޮވަން ވޯޓުލެވޭ ގޮތް ބަދަލުކުރާ "ލާމަރުކަޒީ ސިޔާސަތު" އެމްޑީޕީ އިން ފާސްކޮށްފި

03 އޮކްޓޯބަރު 2026
ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ އަދަދު 3 ގުނަ ބޮޑުކޮށް، ކައުންސިލް ހޮވަން ވޯޓުލެވޭ ގޮތް ބަދަލުކުރާ "ލާމަރުކަޒީ ސިޔާސަތު" އެމްޑީޕީ އިން ފާސްކޮށްފި
03 އޮކްޓޯބަރު 2026

އެމްޑީޕީ ކޮންގްރެސް: ފައްޔާޒްގެ އިސްލާހުތައް ގަނޑުކޮށް ފާސްކުރާތީ މެންބަރުންގެ ކަންބޮޑުވުން

03 އޮކްޓޯބަރު 2026
އެމްޑީޕީ ކޮންގްރެސް: ފައްޔާޒްގެ އިސްލާހުތައް ގަނޑުކޮށް ފާސްކުރާތީ މެންބަރުންގެ ކަންބޮޑުވުން
03 އޮކްޓޯބަރު 2026

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީން ބަޔަކު ކަނޑާލި ކަމަށް ބުނެ ފެތުރި ވާހަކަ: މެންބަރު ނާޒިލް

"ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމް: 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެއް!

03 އޮކްޓޯބަރު 2026
"ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމް: 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެއް!
03 އޮކްޓޯބަރު 2026

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އޮތީ ވަރަށް ކުރީގައި، ނަމަވެސް އެކަން ކޮށްގެން ފައިސާއެއް ނުލިބޭ: އަސްލަމް

03 އޮކްޓޯބަރު 2026
މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އޮތީ ވަރަށް ކުރީގައި، ނަމަވެސް އެކަން ކޮށްގެން ފައިސާއެއް ނުލިބޭ: އަސްލަމް
03 އޮކްޓޯބަރު 2026

މިއަހަރު އަދި އެއްވެސް ވަރަކަށް ގްރީން ފަންޑްގެ ރިޕޯޓު ސަރުކާރުން ހާމަނުކުރޭ، ފެންނަމުން ދަނީ ސަރުކާރުގެ ޓްރާންސްޕޭރެންސީ ތިމާވެށި ކަންކަމުގައި ގެއްލޭ މިންވަރު: ސަރުވަޝް

މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކައުންސިލަރުން ފެނަށް ދިރުނީ އަޅުގަނޑުމެންގެ ތެރެއިން: ރައީސް ނަޝީދު

03 އޮކްޓޯބަރު 2026
މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކައުންސިލަރުން ފެނަށް ދިރުނީ އަޅުގަނޑުމެންގެ ތެރެއިން: ރައީސް ނަޝީދު
02 އޮކްޓޯބަރު 2026

ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް: ޝާހިދު

02 އޮކްޓޯބަރު 2026
ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް: ޝާހިދު
02 އޮކްޓޯބަރު 2026

އަމާޒަކީ މާލެ އިން ރައްޔިތުން ހޯދަން އެދޭ ދިރިއުޅުން ރަށްރަށުން ހޯދާ ދީ، ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން: ނަޝީދު

02 އޮކްޓޯބަރު 2026
އަމާޒަކީ މާލެ އިން ރައްޔިތުން ހޯދަން އެދޭ ދިރިއުޅުން ރަށްރަށުން ހޯދާ ދީ، ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް