Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އެންމެ ފަހުން ފަޅު ރަށްރަށުން ވެސް ސިޔާސީ މަޤާމުތައް ދޭން ފެށީ!

21 ސެޕްޓެމްބަރު 2026 | ހޯމަ 06:20

އާދީއްތަ ދުވަހު ފެންމަތިވެގެން ދިޔަ ވާހަކަ އަކީ، ހިރިމަރަދޫ އަށް ސިޔާސީ މަޤާމުގައި ގޮތުގައި ދެ މީހަކު އައްޔަނުކުރި ވާހަކަ. ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ދެ މީހަކު އައްޔަނުކުރީ، ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި. މަހަކު 20،000 ރުފިޔާގެ މުސާރައެއް ލިބޭ އެ މަޤާމުތަކަށް މީހުން އައްޔަނުކުރީ ޔޫތު މިނިސްޓްރީ އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2026 | ހޯމަ 06:20
ހިރިމަރަދޫ އަށް ސިޔާސީ މަޤާމުތެ ގޮތުގައި ވަޒީފާ ހަމަޖެއްސި މީހަކަށް ދީފައިވާ ލިޔުން

ހިރިމަރަދޫ އަށް ސިޔާސީ މަޤާމުތެ ގޮތުގައި ވަޒީފާ ހަމަޖެއްސި މީހަކަށް ދީފައިވާ ލިޔުން | ސޯޝަލް މީޑިއާ

މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނުކުރާ ވާހަކަ އަކީ އަލަސް ދައްކަން އޮތް ވާހަކައެއް ނޫނެވެ. 700 އަށް ވުރެ ސިޔާސީ މަޤާމުތަކުގެ އަދަދު އިތުރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެ އަދަދު ފަހަނައަޅައި ގޮސް، ސިޔާސީ މަޤާމުތަކުގައި ހާހުން، ދެ ހާހުން މީހުން އެބަ ތިއްބެވެ. ސިޔާސީ މަޤާމުތަކަށް އެކި ފެންވަރުގައި، އެކި ތަންތަނަށް މިހާރު ވެސް މީހުން ދަނީ އައްޔަނު ކުރައްވަމުންނެވެ.

މިކަމުގައި މިފަހަރު ދިމާވެގެން މި އުޅެނީ ވަރަށް ހެއްވާ ކަމެކެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު ނިންމެވީ، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލު ކުރުމަށެވެ. އޭގެ ފަހުން ހިރިމަރަދޫ އަކީ ހަނިމާދޫގެ އަވަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށަކީ ނެތް ރަށަކަށް ހެއްދެވި އެވެ. އޭގެ ފަހަތުން ހުރިހާ ސިޔާސަތުތަކެއް ވެސް ދިޔައީ ބަދަލު ވެގެންނެވެ. މިއަހަރުގެ އޭޕްރީލް މަހު އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ހިރިމަރަދޫ އަށް ކައުންސިލެއް ނުހޮވަ އެވެ. އޭގެ ބަދަލުގައި، އެ ރަށު ރައްޔިތުން ވޯޓުލާން ޖެހުނީ ހަނިމާދޫ ކައުންސިލަށެވެ. 

މިކަން މިހެން އޮތަސް، އެ ރަށުގައި ރައްޔިތުން އުޅެ އެވެ. މިހާރު މީހުން ބުނަމުން އަންނަނީ، ފަޅު ރަށެއްގެ ގޮތުގައި އެ ރަށް ކަނޑައަޅައި، އެ ރަށުގައި ރައްޔިތުން ދަތި ހާލުގައި އުޅެމުން އަންނަ ވާހަކަ އެވެ. ނަމަވެސް، މިއީ ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ދޭ، އަދި ސަރުކާރަށް އެހާ މުހިންމު ވާހަކައަކަށް ނުވި އެވެ. 

އާދީއްތަ ދުވަހު ފެންމަތިވެގެން ދިޔަ ވާހަކަ އަކީ، ހިރިމަރަދޫ އަށް ސިޔާސީ މަޤާމުގައި ގޮތުގައި ދެ މީހަކު އައްޔަނު ކުރި ވާހަކަ އެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ދެ މީހަކު އައްޔަނުކުރީ، ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގަ އެވެ. 20،000 ރުފިޔާގެ މުސާރައެއް ލިބޭ އެ މަޤާމުތަކަށް މީހުން އައްޔަނުކުރީ ޔޫތު މިނިސްޓްރީއިންނެވެ. މި މީހުން މަސައްކަތް ކުރަން ތިބެން ޖެހެނީ ހިރިމަރަދޫގަ އެވެ. އެ ރަށުގައި މިހާތަނަށް ބޭނުން ކުރަމުން އައި ރަށު ކައުންސިލް އިމާރާތުގަ އެވެ. އެ ތަންތަނުގައި އެ މީހުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން، ހަނިމާދޫ ކައުންސިލަށް ވަނީ އަންގައިފަ އެވެ.

އެއާއެކު މުޅި ސޯޝަލް މީޑިއާ އާއި ނޫސްތަކުގެ ސުރުޚީ އަށް އެ ވާހަކަ އަރައިފި އެވެ. ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ރަށަކަށް، ސިޔާސީ މަޤާމުގެ ގޮތުގައި ދެ މީހުން އައްޔަނު ކުރި ވާހަކަ އެވެ. މިއީ ދެން ހެއްވާ މަޖާ ކަމަކަށް ވެއްޖެ އެވެ. އަމިއްލަފުޅަށް ރަށްރަށް ފަޅުރަށުގެ ގޮތުގައި ކަނޑައަޅުއްވާފައި، ހަމަ އެ ރަށްރަށަށް އައްޔަނުކުރައްވަނީ  ސިޔާސީ މަޤާމުތަކަށް މީހުންނެވެ. ސަރުކާރު ޕާޓީ އަށް ނިސްބަތްވާ މީހުންނެވެ. ނޫނޭވާ ސާބަހެވެ. 


ހދ. ހިރިމަރަދޫ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

21 ސެޕްޓެމްބަރު 2026
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި
04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
15 މާރިޗު 2017

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް