Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ ލާއިންސާނީ ޖަރީމާ

ލުބްނާން ސިފައިންނަށް ހަމަލާދޭން އިސްރާއީލު ސިފައިން މަސައްކަތްކޮށްފި

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:47

ލުބުނާނުގެ ދެކުނުގައި އާންމުންނަށް ރައްކާތެރިކަން ދިނުމަށް ގާއިމުކުރި އަސްކަރީ މަރުކަޒަކަށް އިސްރާއީލުން ހަމަލާދޭން މަސައްކަތްކުރުމާ ގުޅިގެން، ބޯޑަރު ސަރަހައްދުގެ ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައި. ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ލުބުނާނުގެ ބިންތަކަށް އަރައިގަނެ ހަމަލާދެމުންދާއިރު، އެ ގައުމުގެ އަސްކަރިއްޔާއިން ދަނީ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:47

އިސްރާއީލުގެ ފައުޖުތަކުން ލުބްނާންގެ ދެކުނުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދީފައިވާ ގެއްލުން | އެކްސް

ލުބުނާނުގެ ދެކުނުގައި އޮންނަ ދައިރު މީމާސް އަވަށުގައި އެ ގައުމުގެ އަސްކަރިއްޔާއިން އަލަށް ގާއިމުކުރި މަރުކަޒަކާ އިސްރާއީލް ސިފައިން ކައިރިވެ، ސްޓަން ގްރެނޭޑް އުކައި ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށް ލުބްނާންގެ އަސްކަރިއްޔާއިން ހާމަކޮށްފި އެވެ. މި ހާދިސާއާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމުގައި ލުބްނާންގެ އަސްކަރިއްޔާއިން ބުނެ އެވެ.

ލުބުނާނުގެ އަސްކަރިއްޔާގެ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، މަަރްޖަޢިޔޫން ޑިސްޓްރިކްޓްގެ ދައިރު މީމާސްގައި ކުރިއަށްގެންދާ މިޝަންތަކުގެ ތެރެއިން، އެ އަވަށުގެ ބޭރު ސަރަހައްދެއްގައި ސިފައިންގެ ޕެޓްރޯލް ޓީމަކުން ވަގުތީ ގޮތުން ފާރަވެރިވާނެ މަރުކަޒެއް ގާއިމުކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. މި މަރުކަޒަކީ އެ ސަރަހައްދުގެ ދަނޑުބިންތައް ބަލައި ފާސްކުރުމަށް ދާ އާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ލުބުނާނަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިލިޓަރީ ކޯޑިނޭޝަން ގްރޫޕާ ގުޅިގެން ގާއިމުކުރި ތަނެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

Advertisement - worldAdvertisement

'ސެކިއުރިޓީ ޒޯން' ގެ ތެރޭގައި ހުރި އެ މަރުކަޒާ އިސްރާއީލް ސިފައިން ކައިރިވެ، އެ ސަރަހައްދަށް ސްޓަން ގްރެނޭޑްތަކެއް އުކާފައިވާ ކަމަށް ލުބްނާންގެ އަސްކަރިއްޔާއިން ހާމަކުރި އެވެ. އަދި، "މި ހާދިސާއާ ގުޅިގެން އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދުގައި ތިބި ސިފައިންގެ އަދަދު އިތުރުކޮށް، މަގާމުތައް ވަރުގަދަކޮށްފައި. މިއާއެކު، ދެ ފަރާތުގެ މެދުގައި ކުރިމަތިލުމަކަށް ހިނގާފާނެ ފަދަ ނުތަނަވަސް ހާލަތެއް އުފެދުނު،" ލުބުނާނު އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

މިލިޓަރީ ކޯޑިނޭޝަން ގްރޫޕް މެދުވެރިކޮށް ކުރެވުނު މަޝްވަރާތަކަށްފަހު އިސްރާއީލް ސިފައިން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށާއި، އޭގެ ފަހުން ލުބުނާނު ސިފައިން އެ އަވަށުގައި ހުންނަ މައި މަރުކަޒަށް އެނބުރި ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން، ކޯޑިނޭޝަން ގްރޫޕާ ގުޅިގެން އެ ސަރަހައްދުގެ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށް ލުބުނާނުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި އަސްކަރީ ހަރަކާތްތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން ހުކުރު ދުވަހު އިސްރާއީލްގެ އާޓިލަރީ ބަޑީގެ ހަމަލާތައް ބިންތު ޖުބައިލް ޑިސްޓްރިކްޓަށް އަމާޒުކުރުމުގެ ސަބަބުން ދެ މީހަކު ޒަޚަމްވެފައިވާއިރު، ބޯޑަރުގެ އެކި ސަރަހައްދުތަކަށް އިސްރާއީލް ސިފައިން ވަދެގަނެ އަސްކަރީ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފަ އެވެ.

މާރިޗު 2 ވަނަ ދުވަހު އިސްރާއީލު ސިފައިން ވަނީ ލުބްނާންގެ ދެކުނުގެ ބިންތަކަށް އަރައިގަނެ، ބޯޑަރުގެ 12 ކިލޯމީޓަރު ސަރަހައްދެއް އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. މިއީ، ސަލާމަތީ ޒޯނެއް ކަމަށް ބުނުމަށްފަހު، އިސްރާއީލު ސިފައިން ވަނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ލުބްނާންގެ އާންމު ރައްޔިތުން ގެދޮރުން ނެރެފަ އެވެ. އަދި، އެ މީހުންގެ ގެދޮރަށް ހަމަލާދީ ސުންނާޛަތިކުރަން ފަށާފަ އެވެ.

އެމެރިކާ މެދުވެރިވެގެން ވޮޝިންގޓަންގައި ބައިރޫތާއި ތެލް އަވީވްއާ ދެމެދު ޖޫން މަހުގެ 26 ވަނަ ދުވަހު ވަނީ ހަމަލާތައް މެދުކަނޑާލުމަށް 'ފްރޭމްވޯކް އެގްރީމަންޓެއްގައި' ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލް ސިފައިން ފިޔަވަހިތަކަކަށް ބަހާލައިގެން ފޭބުމަށާއި، އިސްރާއީލުން ދޫކޮށްލާ ސަރަހައްދުތަކުގައި ލުބުނާނުގެ އަސްކަރިއްޔާ ބޭތިއްބުމަށް ވަނީ ނިންމާފަ އެވެ.

ނަމަވެސް، މި އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އަދި، އެތައް އަހަރެއް ވަންދެން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގެ އިތުރުން، ފަހުގެ ހަނގުރާމަތަކާއި އަސްކަރީ އޮޕަރޭޝަންތަކުގައި ހިފާފައިވާ ލުބުނާނުގެ ބިންތަކުން ފޭބުމަށް އިންކާރު ކުރަމުންނެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ލުބުނާން-އިސްރާއީލުފްރޭމްވޯކް އެގްރީމަންޓް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް

16 ސެޕްޓެމްބަރު 2026
20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް
11 ސެޕްޓެމްބަރު 2026

ހިޒްބުالله ބިންގަރާސްތަކަށް އިސްރާއީލުން ބާރުގަދަ ހަމަލާތަކެއް ދީފި

11 ސެޕްޓެމްބަރު 2026
ހިޒްބުالله ބިންގަރާސްތަކަށް އިސްރާއީލުން ބާރުގަދަ ހަމަލާތަކެއް ދީފި
04 އޯގަސްޓު 2026

ހިޒްބުﷲ: އިސްރާއީލާއެކު ލުބުނާނުން ކުރި މަޝްވަރާތަކުން ލިބުނީ ލަދުވެތިކަމާއި މާޔޫސްކަން

04 އޯގަސްޓު 2026
ހިޒްބުﷲ: އިސްރާއީލާއެކު ލުބުނާނުން ކުރި މަޝްވަރާތަކުން ލިބުނީ ލަދުވެތިކަމާއި މާޔޫސްކަން
27 ޖޫން 2026

ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ހިޒްބުﷲގެ ލީޑަރު ބަލައިނުގަނެ ބޭރުކޮށްލައިފި

27 ޖޫން 2026
ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ހިޒްބުﷲގެ ލީޑަރު ބަލައިނުގަނެ ބޭރުކޮށްލައިފި
25 ޖޫން 2026

އިސްރާއީލު: ހިޒްބުﷲގެ ހަތިޔާރު އަތުލަންދެން ލުބުނާނުން ނުފައިބާނަން

25 ޖޫން 2026
އިސްރާއީލު: ހިޒްބުﷲގެ ހަތިޔާރު އަތުލަންދެން ލުބުނާނުން ނުފައިބާނަން
21 ޖޫން 2026

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް އެއްވެސް ހުރަހެއް ނެތް: އިޒްރޭލުގެ ޑިފެންސް މިނިސްޓަރ

21 ޖޫން 2026
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް އެއްވެސް ހުރަހެއް ނެތް: އިޒްރޭލުގެ ޑިފެންސް މިނިސްޓަރ
19 ޖޫން 2026

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން 18 މީހަކު މަރުވެއްޖެ

19 ޖޫން 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން 18 މީހަކު މަރުވެއްޖެ
19 ޖޫން 2026

ހުކުރު ދުވަހު ބާއްވާން ތާވަލު ކުރި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ފަސްކޮށްފި

19 ޖޫން 2026
ހުކުރު ދުވަހު ބާއްވާން ތާވަލު ކުރި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ފަސްކޮށްފި
09 ޖޫން 2026

އީރާން އިން މަސައްކަތް ކުރަނީ އަމިއްލަ އެދުމެއްގައި ކަމަށް ވިދާޅުވެ، ލުބުނާާން ރައީސްގެ ނުރުހުން

09 ޖޫން 2026
އީރާން އިން މަސައްކަތް ކުރަނީ އަމިއްލަ އެދުމެއްގައި ކަމަށް ވިދާޅުވެ، ލުބުނާާން ރައީސްގެ ނުރުހުން
07 ޖޫން 2026

ލުބުނާންގެ ސިފައިންގެ އިސްވެރިޔާ ޕާކިސްތާން އަށް

07 ޖޫން 2026
ލުބުނާންގެ ސިފައިންގެ އިސްވެރިޔާ ޕާކިސްތާން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް