Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ހިތާދޫ

ބ. ހިތާދޫ ފުޓުބޯޅަ ދަނޑު: 2025 ވަނަ އަހަރުގެ އޯލެވަލް ބެޗް ނިމުމުގެ ކުރިން ނިންމަދޭނެ ކަމަށް ރައީސް ދަރިވަރުންނަށް ވައުދުވެވަޑައިގެން ނަމަވެސް އަދިވެސް އެއްވެސް މަސައްކަތެއް ނުފަށާ!

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:38

ބ. ހިތާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި މަޝްރޫއު ނުފެށި އޮތީ ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކޮށްގެން ކަމަށް ކައުންސިލަށް ވަނީ މައުލޫމާތު ލިބިފައި. ދަނޑު ހެދުމަށްޓަކައި ރައްޔިތުން ދަނޑުވެރިކަން ކުރަމުންދިޔަ ބިންތައް ހުސްކޮށްފައިވީ ނަމަވެސް، ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:38

ބ. ހިތާދޫ ފުޓްބޯޅަ ދަނޑު: 2025 ވަނަ އަހަރުގެ އޯލެވަލް ބެޗް ނިމުމުގެ ކުރިން ނިންމަދޭނެ ކަމަށް ރައީސް ދަރިވަރުންނަށް ވައުދުވެވަޑައިގެން ނަމަވެސް އަދިވެސް އެއްވެސް މަސައްކަތެއް ނުފަށާ! | ރާއްޖެ އެމްވީ

ބ. ހިތާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ ހިތާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ބ. ހިތާދޫ ކައުންސިލްގެ ރައީސް ހާފިޒު ޚާލިދު ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ މަސައްކަތަކީ 2024 ވަނަ އަހަރު ފަށަން ހަމަޖެހިފައިވާ މަޝްރޫއެއް ނަމަވެސް އެ އަހަރު މަސައްކަތް ނުފެށޭ ކަމަށެވެ. 

Advertisement - newsAdvertisement

އެއަށްފަހު 2025 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާދޫއަށް ވަޑައިގެން ރައްޔިތުންނަށް ބައްދަލުކުރުމުގެ ތެރޭގައި ގްރޭޑް 10 ގައި އުޅޭ ސްކޫލް ދަރިވަރުންތަކެއް ޓާފް ދަނޑެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ރައީސް މުއިއްޒުއާ ހިއްސާކުރުމުން، އެ ދަރިވަރުން ޖީސީއީ އޯލެވަލް ހަދާ ނިމޭއިރު ދަނޑު ހަދާ ނިމި ކުޅެން ފެށޭނެ ކަމަށް ވިދާޅުވި ކަމަށް ހާފިޒް ވިދާޅުވި އެވެ.

ނަމަވެސް އެދަރިވަރުން އޯލެވަލް ނިމި، މި އަހަރުގެ ބެޗް ނިމެންދާއިރު ވެސް މަސައްކަތް ނުފެށި ލަސްވަމުން ދާތީ ހާފިޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މީގެ އިތުރުން، ރައްޔިތުން ދަނޑު ހައްދަން ދޫކޮށްފައިވާ ބިންތަކެއް ދަނޑު ހަދަން ނަގާ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ހާފިޒް ފާހަގަކުރެއްވި އެވެ. 

މި ސަރަހައްދު މިއީ ކުރީގައި ރައްޔިތުން ދަނޑު ހައްދަން ދޫކޮށްފައިވާ ބިންތަކެއް ދެން އެ ބިންތައް ވެސް ދަނޑު ޕްރޮޖެކްޓާއި ގުޅިގެން އެތަން ހުސް ކުރަން ރައްޔިތުންނަށް އަންގައިގެން ރައްޔިތުން އެތަން ހުސްކޮށްފައި، އޭރު ވިދާޅުވެފައި އިނީ ބަދަހި އިންވެސްޓްމެންޓުން ކޮންޓްރެކްޓާއި ހަވާލު ވާތާ އެއް މަސް ދުވަހުގެ ތެރޭގައި ފަށަން އެހެންވެގެން އޭރު ކައުންސިލުން އޮތީ އަންގާފައި މިތަން ހުސްކޮށްދެން. ދެން ރައްޔިތުން އެތަން ހުސްކޮށްގެން އެ ތިބެނީ އެއް އަހަރު ވީ އެއޮތީ ދެން ރައްޔިތުންގެ ޝަކުވާ ވެސް ވަރަށް އެބަ އާދޭ
ހާފިޒު ޚާލިދު

މި މަޝްރޫއަކީ ބަދަހި އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 

މި މަޝްރޫއުގެ އަދާހަމަ ހޯދަން ސްޕޯޓްސް މިނިސްޓްރީއަށް ގުޅުމުން ބުނީ ދަނޑު ލަސްވަނީ ފިނޭންސް އިން ފައިސާ ހަމަނުޖެހިގެން ކަމަށް ހާފިޒް ވިދާޅުވި އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދަނޑު ނިންމަދޭނެ ކަމަށް މިނިސްޓްރީން ބުނި ކަމަށް ވެސް ހާޒިޒް ވިދާޅުވި އެވެ. 

ނަމަވެސް އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަން ވެސް ހާޒިފް ވަނީ ފާހަގަކުރައްވާފަ އެވެ.   

ބ. ހިތާދޫފުޓްބޯޅަ ދަނޑު

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއް، އަދި އެއްވެސް މަސައްކަތެއް ނުކުރޭ!

18 ސެޕްޓެމްބަރު 2026
ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއް، އަދި އެއްވެސް މަސައްކަތެއް ނުކުރޭ!
16 ސެޕްޓެމްބަރު 2026

ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!

16 ސެޕްޓެމްބަރު 2026
ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!
07 ފެބުރުއަރީ 2026

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

07 ފެބުރުއަރީ 2026
ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ
10 އޮކްޓޯބަރު 2025

ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި

10 އޮކްޓޯބަރު 2025
ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް