Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ހިތާދޫ

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއް، އަދި އެއްވެސް މަސައްކަތެއް ނުކުރޭ!

18 ސެޕްޓެމްބަރު 2026 | ހުކުރު 13:40

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއް ވީއިރުވެސް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މިހާރު ހިދުމަތް ދެމުންދާ އިމާރާތް ބާވެ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާއިރު، މި މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތްކަމަށް ކައުންސިލުން ފާހަގަކުރޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 18 ސެޕްޓެމްބަރު 2026 | ހުކުރު 13:40

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއް، އަދި އެއްވެސް މަސައްކަތެއް ނުކުރޭ! | ރާއްޖެ އެމްވީ

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއްވީއިރު ވެސް އަމަލީ މަސައްކަތް ފަށާފައި ނުވާތީ ހިތާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބ. ހިތާދޫ ކައުންސިލްގެ ނައިބު ރައީސާ ސާމިއާ އަބްދުއްލަތީފް ވިދާޅުވީ ހިތާދޫގެ ސިއްހީ މަރުކަޒަށް އިމާރާތެއް އިތުރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. 

Advertisement - newsAdvertisement

2025 އޮގަސްޓް 22 ގައި ރައީސް މުއިއްޒު ހިތާދޫއަށް ވަޑައިގެން ސިއްހީ މަރުކަޒު އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރައްވާ އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށް ސާމިއާ ވިދާޅުވި އެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ އިމާރާތުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ސާމިއާ ވިދާޅުވި އެވެ. 

މި މަޝްރޫއަކީ ހިތާދޫއަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށް ސާމިއާ ވިދާޅުވި އެވެ. 

މިހާރު މި މަރުކަޒު ހިނގަމުންދާ އިމާރާތަކީ ވަރަށް ކުރީގެ 1980 ގެ އަހަރުތަކުގައި މިރަށުގައި ސްކޫލެއް ހިންގަން އޭރު އެޅި އިމާރާތެއް، ރައްޔިތުންގެ އިމާރާތެއް. މިހާރު ވަަރަށް ބާވެ ބޭނުން ނުކުރެވޭ ހާލަތުގައި އަނެއްހެން ފެންވެހުމާއި މިކަހަލަ ކުދިކުދި ކޮށްގެން މި އިމާރާތް މިދަނީ 
ސާމިއާ އަބްދުއްލަތީފް

މި މަޝްރޫއުގެ އަދާހަމަ ހޯދަން ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރުމުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް އުއްމީދެއް އަދި ކުލަވަރެއް ފެންނަން ނެތް ކަމަށް ސާމިއާ ވިދާޅުވި އެވެ. 

މީގެ އިތުރުން، މި މަޝްރޫއު ހިންގުމަށް ސަރުކާރަށް ކައުންސިލްގެ ފަރާތުން އެއްވެސް ދައްޗެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށާއި، އައު އިމާރަތް އަޅަން ބިން ވެސް ހަވާލުކޮށްފައިވާނެ ކަމަށް ސާމިއާ ވިދާޅުވި އެވެ. 

ބ. ހިތާދޫސިއްހީ މަރުކަޒު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!

16 ސެޕްޓެމްބަރު 2026
ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!
07 ފެބުރުއަރީ 2026

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

07 ފެބުރުއަރީ 2026
ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ
25 އޮކްޓޯބަރު 2022

ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފި

25 އޮކްޓޯބަރު 2022
ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް