Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓަސްލާފައި އައްޑޫގައި

"ޓަސްލާފައި އައްޑޫގައި" ގެ އޮފިޝަލް ޓީވީ ޕާޓްނަރަކަށް ރާއްޖެޓީވީ!

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 16:59

އޮކްޓޫބަރު 1 އިން 2 އަށް އައްޑޫ ސިޓީ މަރަދޫފޭދޫގައި ބާއްވާ "ޓަސްލާފައި" ފެސްޓިވަލްގައި މިއުޒިކާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން ކޮފީ ދުވަސް ފާހަގަކުރުމާއި ތަފާތު ކުޅިވަރުތައް ކުރިއަށްދާނެ. ދުވާލުގެ ހަރަކާތްތަކަށް ހިލޭ ވަދެވޭއިރު، ރޭގަނޑު އޮންނަ މިއުޒިކް ޝޯތަކާއި ފިލްމު ދެއްކުމުގެ ހަރަކާތްތަކަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. މި ފެސްޓިވަލްގެ އޮފިޝަލް ޓީވީ ޕާޓްނަރަކީ ރާއްޖެޓީވީ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 16:59
"ޓަސްލާފައި އައްޑޫގައި" ގެ އޮފިޝަލް ޓީވީ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި

"ޓަސްލާފައި އައްޑޫގައި" ގެ އޮފިޝަލް ޓީވީ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި | ރާއްޖެ އެމްވީ

"ޓަސްލާފައި އައްޑޫގައި" ގެ އޮފިޝަލް ޓީވީ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި އެވެ. 

މިއަހަރު "ޓަސްލާފައި އައްޑޫގައި" ގެ ކުރިއަށް ދަނީ 5 ވަނަ އެޑިޝަން އެވެ. އެގޮތުން ޓަސްލާފައި އުފެދިގެން އައީ މިޔުޒިކަށް ހާއްސަކޮށް ބާއްވާ ޝޯތައް މަދުވުމާއި ގުޅިގެން 3 ބޭންޑެެއް އެއްވެގެން ބޭއްވި ޝޯއަށް ބޮޑު ތަރުހީބެއް ލިބިގެން ދިއުމުން ކަމަށް ޓަސްލާފައިގެ ފައުންޑަރ އަހުމަދު ފަސީހު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އައްޑޫގައި ބާއްވާ މި ފެސްޓިވަލުގައި ގިނަ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ފަސީހު ވިދާޅުވި އެވެ. އަދި މި ފެސްޓިވަލު އޮކްޓޫބަރު 1-2 އަށް ކުރިއަށްދާއިރު، މި ފެސްޓިވަލުގައި ދުވާލު ގަޑީ ކުރިއަށްދާ ހަރަކާތްތަކަށް ހިލޭ ވަދެވޭނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމާއި، ފޯމް ޕާޓީ، ސަގާފީ ނެށުމާއި، ގޭމް އަދި ޗެލަންޖްތަކުގެ އިތުރުން ސްކޭޓިންގ އަދި އެކިއެކި ސްޓޯލްތައް ހުންނާނެ އެވެ. 

"ޓަސްލާފައި އައްޑޫގައި" ފެސްޓިވަލުގައި ކުރިއަށްދާ ހަރަކާތްތައް

"ޓަސްލާފައި އައްޑޫގައި" ފެސްޓިވަލުގައި ކުރިއަށްދާ ހަރަކާތްތައް | ސޯޝަލް މީޑިއާ

މީގެ އިތުރުން ރޭގަނޑު ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި އޮޕަން އެއަރ މޫވީ އެކްސްޕީރިއަންސް ކުރުމުގެ ފުރުސަތުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޭންޑްތަކާއި ބޮޑުބެރު ގުރޫޕްތަކުގެ ހުށަހެޅުންތައް އޮންނާނެ އެވެ. މި ހަރަކާތްތައް ބެލުމަށް ޓިކެޓް ނަގަން ޖެހޭނެ އެވެ. 

ޓިކެޓް ގަނެގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު އޮތް މި ފެސްޓިވަލް ކުރިއަށް ދާނީ އައްޑޫ މަރަދޫފޭދޫގަ އެވެ. 

ޓަސްލާފައި އައްޑޫ ގައިމަރަދޫފޭދޫމިއުޒިކް ފެސްޓިވަލް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

16 ޖޫން 2026

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

16 ޖޫން 2026
މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
14 މާރިޗު 2023

ސައުދީގެ ރިޔާޟުން، ޤަދީމީ ޢަރަބި މިއުޒިކްގެ ރަން ޒަމާން

14 މާރިޗު 2023
ސައުދީގެ ރިޔާޟުން، ޤަދީމީ ޢަރަބި މިއުޒިކްގެ ރަން ޒަމާން
25 ޖުލައި 2022

ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ސޫރިޔާއިން މިއުޒިކް

25 ޖުލައި 2022
ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ސޫރިޔާއިން މިއުޒިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް