Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލިއޯ ސްޓޯރސް އެންޑް ސަޕްލައި

ލިއޯ އިން އިންޖިނޭރުންނަށް ވިޗާއީ މެރިން އިންޖީނުގެ ތަމްރީން ދިނުމަށް ކުރިޔަށްގެންދިޔަ 3 ވަނަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

14 ސެޕްޓެމްބަރު 2026 | ހޯމަ 06:18

ލިއޯ ސްޓޯރުން އިންތިޒާމުކޮށްގެން ވީޗާއި މެރިން އިންޖީނަށް އަހުލުވެރިކުރުވުމަށް އިންޑިއާގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ގިނަ ކުންފުނިތަކަކުން ބައިވެރިވި. ހަތަރު ދުވަހުގެ މި ދަތުރުގައި އިންޖީނު މަރާމާތުކުރުމާއި އިލެކްޓްރިކަލް މައްސަލަތައް ދެނެގަތުމުގެ އަމަލީ ތަޖުރިބާ ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައި. މިފަދަ ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ މި ދާއިރާއިން ދިވެހި ފަންނީ މަސައްކަތްތެރިން ބިނާކޮށް ގާބިލުކަން އިތުރުކުރުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ސެޕްޓެމްބަރު 2026 | ހޯމަ 06:18
ލިއޯ ސްޓޯރުން އިންތިޒާމުކޮށްގެން ވީޗާއި މެރިން އިންޖީނަށް އަހުލުވެރިކުރުވުމަށް އިންޑިއާގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައި

ލިއޯ ސްޓޯރުން އިންތިޒާމުކޮށްގެން ވީޗާއި މެރިން އިންޖީނަށް އަހުލުވެރިކުރުވުމަށް އިންޑިއާގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައި | ލިއޯ ޓްރޭޑިންގ

ލިއޯ ސްޓޯސް އެންޑް ސަޕްލައިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްނަގައިގެން ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިންޖިނޭރުންނަށް ވިޗާއީ މެރިން އިންޖީނުގެ ތަމްރީން ދިނުމަށް ކުރިޔަށްގެންދިޔަ 3 ވަނަ ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ވީޗާއި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން ލިއޯ ސްޓޯރުން އިންތިޒާމުކުރި މި ތަމްރީން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔައީ އިންޑިއާގެ ޕޫނޭގައި ހުންނަ ޝަންޑޮންގ ހެވީ އިންޑަސްޓްރީ އިންޑިއާ ޕްރައިވެޓް ލިމިޓެޑްގަ އެވެ.

މި ދަތުރުގައި ލިއޯ ސްޓޯރުގެ ޓީމުގެ އިތުރުން ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެ، ވިޗާއީ މެރިން އިންޖީނާއި ގުޅޭ ފަންނީ ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދާފައިވެ އެވެ.

މިގޮތުން ފަންނީ ބައިތަކަށް ވަރަށް ބޮޑަށް އަހުލުވެރިކުރެވޭނެ ގޮތަށް ރޭވިގެން ކުރިޔަށްގެންދިޔަ މި ތަމްރީނުގައި، ބައިވެރިންނަށް އުނގަންނައިދީފައިވާ މުހިންމު ބައިތަކުގެ ތެރޭގައި އިންޖީނު އެސެމްބްލިންގ އާއި ސިސްޓަމް އޯވަރހޯލް ކުރުމުގެ މެކޭނިކަލް އަދި އިލެކްޓްރިކަލް މަސައްކަތްތައް ހިމެނެ އެވެ. މީގެ އިތުރުން އީސީޔޫ މެޕިންގ، ވަޔަރިންގ ހާނަސް އަދި އިލެކްޓްރިކަލް މައްސަލަތައް ދެނެގަނެ ހައްލުކުރާނެ ގޮތުގެ ޑައިގްނޯސްޓިކް ތަމްރީނުތަކާއި އިންޖީނު އިންސްޓޯލްކުރުމާއި ކޮމިޝަންކުރުމުގެ އިތުރުން ދުވަހުން ދުވަހަށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތަކުގެ ތަމްރީނުތައް ވެސް ވަނީ ފޯރުކޮށްދީފަ އެވެ.

ލިއޯ ސްޓޯރުން އިންތިޒާމުކޮށްގެން ވީޗާއި މެރިން އިންޖީނަށް އަހުލުވެރިކުރުވުމަށް އިންޑިއާގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައި

ލިއޯ ސްޓޯރުން އިންތިޒާމުކޮށްގެން ވީޗާއި މެރިން އިންޖީނަށް އަހުލުވެރިކުރުވުމަށް އިންޑިއާގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައި | ލިއޯ ޓްރޭޑިންގ

މީގެ އިތުރުން މިތަމްރީނުގައި ޑައިގް-ސްމާޓް ޑައިގްނޯސްޓިކް ސިސްޓަމް ބޭނުންކޮށްގެން އިންޖީނުގެ މައްސަލަތައް ދެނެގަންނާނެ ގޮތުގެ އަމަލީ ތަމްރީނުތަކާއި ސަރވިސް ލޮގްކުރުމާއި ފެއިލިއަރ އެނަލިސިސް ހަދާނެ ގޮތުގެ މައުލޫމާތު ވެސް ބައިވެރިންނަށް ވަނީ ދީފަ އެވެ. އަދި އިންޑަސްޓްރިއަލް މެނުފެކްޗަރިންގ ޕްލާންޓަށް ޒިޔާރަތްކޮށް، އިންޖީނުތައް ރޫޅައި އަލުން ރޭވުމުގެ އަމަލީ ސެޝަންތަކެއް ވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމާލާފައިވަނީ ބައިވެރިންގެ ފަންނީ ގާބިލުކަން ވަޒަންކުރުމަށް ފައިނަލް ކުއިޒެއް ބޭއްވުމަށްފަހު، ތަމްރީނު ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމާ އެކުގަ އެވެ. ލިއޯ ސްޓޯރުން ބުނި ގޮތުގައި މިފަދަ ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކޮށް، އެ ދާއިރާއިން ދިވެހީން ބިނާކުރުމަށް އިންވެސްޓްކުރުމެވެ.

މި ޕްރޮގްރާމް ނިންމާލަމުން ލިއޯ ސްޓޯރުން ވަނީ ތަމްރީނުގައި ބައިވެރިވި ހުރިހާ ކުންފުނިތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެސްޑީއެޗްއައި އިންޑިއާ ސަރވިސް ޑިޕާޓްމަންޓާއި އެސްއެޗްއައިޖީ އިންޑިއާ ޓްރެއިނިންގ ޓީމުން ފޯރުކޮށްދިން ފަންނީ އެހީތެރިކަމާއި ބެހެއްޓި ގާތްކަމަށްޓަކައި އެ ފަރާތްތަކަށް ވެސް ލިއޯ ސްޓޯރުން ވަނީ ހާއްސަ ޝުކުރެއް ރައްދުކޮށްފަ އެވެ.

ލިއޯ ސްޓޯރސް އެންޑް ސަޕްލައިވިޗާއީ މެރިން އިންޖީން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ދުނިޔޭގެ ބާޒާރުގައި އެންމެ ކުރިއަރަމުން އަންނަ "ވީޗައި" އަދި "ބުޑްވީން" ބްރޭންޑުގެ މެރިން އިންޖީން، ލިއޯ އިން

16 އެޕްރީލު 2026
ދުނިޔޭގެ ބާޒާރުގައި އެންމެ ކުރިއަރަމުން އަންނަ "ވީޗައި" އަދި "ބުޑްވީން" ބްރޭންޑުގެ މެރިން އިންޖީން، ލިއޯ އިން
11 މާރިޗު 2019

'މޯލްޑިވްސް މެރިން އެކްސްޕޯ 2019' ސެޕްޓެމްބަރު ގައި!

11 މާރިޗު 2019
'މޯލްޑިވްސް މެރިން އެކްސްޕޯ 2019' ސެޕްޓެމްބަރު ގައި!
19 ފެބުރުއަރީ 2018

އެމްޓީސީސީ އާއި އަލްޝާލީ މެރިން މޯލްޑިވްސްއާ ދެމެދު ޓްރޭޑް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

19 ފެބުރުއަރީ 2018
އެމްޓީސީސީ އާއި އަލްޝާލީ މެރިން މޯލްޑިވްސްއާ ދެމެދު ޓްރޭޑް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި
15 ފެބުރުއަރީ 2018

މަޖްލާން 46 ސްޕީޑް ބޯޓެއް އަލްޝާލީ މެރިން މޯލްޑިވްސް އިން ލޯންޗުކޮށްފި

15 ފެބުރުއަރީ 2018
މަޖްލާން 46 ސްޕީޑް ބޯޓެއް އަލްޝާލީ މެރިން މޯލްޑިވްސް އިން ލޯންޗުކޮށްފި
05 ޑިސެމްބަރު 2017

ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު މިފަހަރު ވެސް ޑޫސާން ޑައިވޫ އިންޖީނަށް

05 ޑިސެމްބަރު 2017
ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު މިފަހަރު ވެސް ޑޫސާން ޑައިވޫ އިންޖީނަށް
20 ނޮވެމްބަރު 2017

ވީއޭއެމްކޯއާއި އަލްޝާލީމެރިންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

20 ނޮވެމްބަރު 2017
ވީއޭއެމްކޯއާއި އަލްޝާލީމެރިންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި
31 އޯގަސްޓު 2017

"މޯލްޑިވްސް މެރިން އެކްސްޕޯ"ގެ މައުރަޒު ސެޕްޓެމްބަރު 9ގައި !

31 އޯގަސްޓު 2017
"މޯލްޑިވްސް މެރިން އެކްސްޕޯ"ގެ މައުރަޒު ސެޕްޓެމްބަރު 9ގައި !
06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
15 ޖެނުއަރީ 2017

މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ

15 ޖެނުއަރީ 2017
މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް