Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާނުގެ ހާދިސާ

ފިލިޕީންސްގައި ފެރީއެއްގައި ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 35 އަށް އަރައިފި

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:38

ފިލިޕީންސްގެ ފެރީއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް، އޭގެ ތެރެއިން ގިނަ ބައެއްގެ ހަށިގަނޑު ފެނިފައިވާއިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުން. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ތަހުގީގު ފަށާފައިވާއިރު، މީހުން ސަލާމަތްކުރުމުގައި ފަޅުވެރިން އަމަލުކުރި ގޮތާއި އުޅަނދުގެ ސަލާމަތީ ކަންކަން ބަލަމުންދާނެ ކަމަށް އިދާރާތަކުން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:38
ފިލިޕީންސްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދަކަށް ދަތުރުކުރަނިކޮށް އަލިފާން ރޯވެ އަނދާފައިވާ ފެރީ

ފިލިޕީންސްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދަކަށް ދަތުރުކުރަނިކޮށް އަލިފާން ރޯވެ އަނދާފައިވާ ފެރީ | ބީބީސީ

ފިލިޕީންސްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި ފެރީގެ ތެރެއިން އިތުރު 30 މީހެއްގެ ހަށިގަނޑު ފެނި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 35 އަށް އުފުލިފައިވާ ކަން އެ ގައުމުގެ ކޯސްޓްގާޑުން ހާމަކޮށްފި އެވެ. ވެރިރަށް މެނީލާއިން ފުރައިގެން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ކޮރޯން އަށް ދަތުރުކުރި 'އެމްވީ ޖޫން އެސްޓާ' ނަމަކަށް ކިޔާ މި ފެރީގައި ބުދަ ދުވަހު އަލިފާން ރޯވިއިރު، 117 ފަސިންޖަރުންނާއި 17 ފަޅުވެރިންނާއެކު ޖުމްލަ 130 އަށްވުރެ ގިނަ މީހުން އޭގައި ތިއްބެވެ.

ފެރީގައި އަލިފާން ރޯވުމާއެކު، އޭގައި ތިބި 43 މީހުން ސަލާމަތް ކުރެވިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކަށް ދަނީ ހަސްފަތާލުތަކުގައި ފަރުވާ ދެމުންނެވެ. އަދި، ވީނުވީއެއް ނޭނގި ގެއްލިފައިވާ 50 އަށްވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ފިލިޕީންސްގެ ކޯސްޓްގާޑުން ބުނީ، ފެރީގެ ތެރޭގައި އަދިވެސް އިތުރު ހަށިގަނޑުތައް ތާށިވެފައިވާ ކަމަށެވެ. ފެރީގެ ތެރޭގައި ވިހަ ގޭސް ހުރުމާއި ގަދަ ހޫނުގެ ސަބަބުން، ގެއްލިފައިވާ މީހުންގެ ހަށިތައް ހޯދުމަށް ވަނީ ހުރަސްއެޅިފަ އެވެ.

Advertisement - worldAdvertisement

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓްގާޑުގެ ތަރުޖަމާނު ކޮމޮޑޯ ނެއޯމީ ކަޔަބްޔާބް ވިދާޅުވީ، 22 ގަޑިއިރުގެ ދިގު ދަތުރެއް ކުރަމުންދިޔަ މި ފެރީން ފެނުނު ގިނަ ހަށިތައް ފެނިފައި ވަނީ މީހުން ނިދަން ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށެވެ. "ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، މަރުވި މީހުންގެ ހަށިތައް ނެގުމާއި އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުން،" ކަޔަބްޔާބް ވިދާޅުވި އެވެ. މީގެ އިތުރުން، މި ހާދިސާގައި އަސަރުކޮށްފައިވާ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވާ ކަމަށް ވެސް ކަޔަބްޔާބް ވިދާޅުވި އެވެ.

ކޯސްޓްގާޑުން ކުރިން ބުނީ، ފެރީގައި ފުރަތަމަ އަލިފާން ހިފާފައި ވަނީ، މުދާ ބަރުކޮށްފައިވާ ސަރަހައްދުގައި ކަމަށް، މި ހާދިސާގައި ސަލާމަތްކުރެވުނު މީހުން ބުނެފައިވާ ކަމަށެވެ. އަދި، ބައެއް ފަސިންޖަރުން ލައިފް ޖެކެޓް ނާޅާ ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ކަޔަބްޔާބް ވިދާޅުވި އެވެ.

މި ހާދިސާގައި ސަލާމަތްވި މީހުން ބުނީ، އެ މީހުން ފެރީން ފޭބި ވަގުތު، އޭގެ ތެރޭގައި ތާށިވެފައި ތިބި މީހުން އެހީއަށްއެދި އާދޭސްކުރަމުން ދިޔަ އަޑު އިވުނު ކަމަށެވެ. އަދި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ފިލިޕީންސްގެ ކަނޑު ދަތުރުފަތުރާބެހޭ އިދާރާއިން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ. 2002 ވަނަ އަހަރު ބަނދެފައިވާ މި ފެރީއަކީ ސަލާމަތީ ސެޓުފިކެޓުތައް އޮތް އަދި މާރިޗު މަހު އިންސްޕެކްޝަނުން ފާސްވެފައިވާ އުޅަނދެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފެރީގައި ތިބި މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭތޯއާއި، މުދާ ބަރުކޮށްފައިވާ ގޮތާއި، ކުއްލި ހާލަތްތަކުގައި ފަޅުވެރިން އަމަލުކުރި ގޮތް ތަހުގީގު ކުރާ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

މަސްދަރު: ބީބީސީ

ފިލިޕީންސްއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ޗައިނާގެ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، މަދުވެގެން 25 މީހުން މަރުވެއްޖެ

10 ސެޕްޓެމްބަރު 2026
ޗައިނާގެ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، މަދުވެގެން 25 މީހުން މަރުވެއްޖެ
26 އޯގަސްޓު 2026

މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

26 އޯގަސްޓު 2026
މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
26 އޯގަސްޓު 2026

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ

26 އޯގަސްޓު 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ
24 އޯގަސްޓު 2026

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!

24 އޯގަސްޓު 2026
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!
21 އޯގަސްޓު 2026

މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 އޯގަސްޓު 2026
މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
16 އޯގަސްޓު 2026

ހ. ފަހިވައި ގޭގައި ރޯވުން: ހާދިސާއާ ގުޅިގެން 4 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

16 އޯގަސްޓު 2026
ހ. ފަހިވައި ގޭގައި ރޯވުން: ހާދިސާއާ ގުޅިގެން 4 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
05 އޯގަސްޓު 2026

ފިލިޕީންސްގެ ދެކުނަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

05 އޯގަސްޓު 2026
ފިލިޕީންސްގެ ދެކުނަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
02 އޯގަސްޓު 2026

އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ

02 އޯގަސްޓު 2026
އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ
27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް