ފިލިޕީންސްގެ ދެކުނަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
5 އޯގަސްޓު 2026 | ބުދަ 06:31މި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ ކުޑަ ރަށެއް ކަމަށްވާ ސަރަންގަނީ އައިލެންޑްގެ ހުޅަނގު ދެކުނުން ގާތް ގަނޑަކަށް 32 ކިލޯ މީޓަރު (20 މޭލު) ދުރަށް. ބިންހެލުން އައި ސަރަހައްދަކީ ކަނޑު އަޑީގެ ސަރަހައްދެއް ކަމަށް ވެސް ރިޕޯޓުތައް ބުނޭ


މީގެ ކުރިން ފިލިޕީންސް އަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކުގެ ތެރެއިން. (ފައިލް ފޮޓޯ) | ރޮއިޓާސް
ފިލިޕީންސްގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދަކަށް ބުދަ ދުވަހު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކޮށްފި އެވެ.
ޔޫއެސްޖީއެސް އިން މައުލޫމާތު ދޭ ގޮތުގައި ރިކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި އައި މި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ އެ ޤައުމުގެ ގަޑިން ބުދަ ދުވަހުގެ މެންދުރު ފަހު 12:14 ގައި އެވެ. އެއީ ގްރީނިޗް މީން ވަގުތުން ބަލާ ނަމަ، ހެނދުނު 04:14 ގައި އެވެ.
މި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ ކުޑަ ރަށެއް ކަމަށްވާ ސަރަންގަނީ އައިލެންޑްގެ ހުޅަނގު ދެކުނުން ގާތް ގަނޑަކަށް 32 ކިލޯ މީޓަރު (20 މޭލު) ދުރަށެވެ. ބިންހެލުން އައި ސަރަހައްދަކީ ކަނޑު އަޑީގެ ސަރަހައްދެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ފިލިޕީންސް އަށް ބިންހެލުން އައި ވަގުތުގެ ބައެއް މަންޒަރުތައް
މި ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ނުވަތަ އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައި ނުވެ އެވެ. އަދި މި ހާދިސާއާ ގުޅިގެން ސުނާމީގެ އިންޒާރެއް ވެސް މިހާތަނަށް ނެރެފައި ނުވެ އެވެ.
ފިލިޕީންސް އަކީ ދުނިޔޭގެ "ޕެސިފިކް ރިންގް އޮފް ފަޔަރ" ގައި ހިމެނޭ ޤައުމަކަށް ވުމުން، އެ ޤައުމަކީ އާންމުކޮށް ބިންހެލުންތަކާއި، އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ކުރިމަތިވާ ސަރަހައްދެކެވެ. މީގެ ކުރިން ވެސް އެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.










