Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓްރީ

ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން، އަޅުގަނޑަކީ ޓޫރިޒަމް މިނިސްޓަރު، އަޅުގަނޑަށް އެނގޭނެ: މިނިސްޓަރު އަމީން

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:03

ކޮންމެ ރައްޔިތަކީ ރިސޯޓް ހިއްސާދާރަކަށް ހެދުމަށް ރައީސް އިއުލާންކުރެއްވި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ 10 ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ. ނަމަވެސް މި މަޝްރޫއުގެ ތަފްސީލުތައް ދެއްވަން މިނިސްޓަރު އަމީން ވަނީ ދެކޮޅު ހައްދަވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:03
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން | ސޯޝަލް މީޑިއާ

އެމަނިކުފާނު ނުބައި މިސްރާބަކަށް ގެންދިއުމަށް މަސައްކަތް ނުކުރުމަށާއި، އެމަނިކުފާނަކީ ޓޫރިޒަމް މިނިސްޓަރު ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު އަމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީ އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ދިވެހި ކޮންމެ ރައްޔިތަކީ ރިސޯޓު ހިއްސާދާރަކަށް ހެދުމަށް 10 ރިސޯޓެއް ތަރައްގީކޮށް ރައްޔިތުންގެ ޖީބަށް ޑޮލަރުން ފައިދާ ލިބޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން ރާއްޖެޓީވީން ވަނީ އެ ރިސޯޓުތައް ތަރައްގީ ކުރަނީ ކޮން ސަރަހައްދުތަކެއްގައިތޯ އަދި އެ މަޝްރޫއަށް ފައިނޭންސް ހަމަޖެހުނީތޯ ސުވާލުކޮށްފަ އެވެ. 

Advertisement - newsAdvertisement

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު މި މަޝްރޫއު އިއުލާނުކުރެއްވުމާ ގުޅިގެން ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށާއި، ތަންތަން އައިޑެންޓިފައި ކުރެވި މިހާރު އޮތީ ޕްލޭނިންގ ސްޓޭޖްގައި ކަމަށެވެ. އަދި މިވަގުތު ޕްރޮޖެކްޓް ކުރިއަށް ދަނީ ފިނޭންސް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. 

ނަމަވެސް މިނިސްޓަރު އަމީން ވަނީ މިކަމުގެ އިތުރު ތަފްސީލު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

އަޅުގަނޑެއް ނޫން ކަންނޭނގެ އެތަންތަން އިއުލާނުކޮށް ޕަބްލިކަށް ހަމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަމަ ވަރަށް އަވަހަށް މީގެ ޑީޓެއިލްސްތައް ޕަބްލިކަށް ދަންނަވާނަން އެނގޭތޯ. އަޅުގަނޑަށް އެނގޭނެތާ ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން. އަޅުގަނޑަށް އެނގޭނެ ނޫންތޯ އަޅުގަނޑަކީ ޓޫރިޒަމް މިނިސްޓަރު
މުހައްމަދު އަމީން

ރައީސް މުއިއްޒު ވަނީ މި މަޝްރޫއުގެ ދަށުން 10 ރިސޯޓު ގާއިމުކުރުމަށް މާލެ އަތޮޅާއި އެކި އަތޮޅުތަކުން ބިންތަކާއި ފަޅުތަކާއި ރަށްތައް ކަނޑައަޅައި މި ހަފްތާތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނޮވެމްބަރު މަހު މި މަޝްރޫއުގެ ބައެއް މަސައްކަތްތައް ފެށިގެން ދާނެ ކަމަށާއި، ތިން އަހަރު ތެރޭގައި މި ރިސޯޓުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރިސޯޓް ތަރައްޤީކުރުންމުހައްމަދު އަމީން

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ
10 އޯގަސްޓު 2026

މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

10 އޯގަސްޓު 2026
މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
08 އޯގަސްޓު 2026

ހަލާލު ޓޫރިޒަމް ހިމެނޭހެން، 6 އަތޮޅެއްގައި 15 ރިސޯޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ!

08 އޯގަސްޓު 2026
ހަލާލު ޓޫރިޒަމް ހިމެނޭހެން، 6 އަތޮޅެއްގައި 15 ރިސޯޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ!
06 އޯގަސްޓު 2026

މުއްދަތަކަށްފަހު މުއްދަތެއް ފަހަނައަޅާ ދާ ހެލިކޮޕްޓަރު ޚިދުމަތްދޭން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހާމައެއް ނުކުރި

06 އޯގަސްޓު 2026
މުއްދަތަކަށްފަހު މުއްދަތެއް ފަހަނައަޅާ ދާ ހެލިކޮޕްޓަރު ޚިދުމަތްދޭން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހާމައެއް ނުކުރި
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
22 މެއި 2026

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026
ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟
11 މެއި 2026

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

11 މެއި 2026
ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް