Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންއެފް

ރައީސް މުއިއްޒު އަކީ އައު ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން، އެ ޤާނޫނު ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސް: ޔާމީން

11 ސެޕްޓެމްބަރު 2026 | ހުކުރު 06:04

ރައީސް ޑރ. މުއިއްޒު އަމަލުކުރައްވަނީ ރަސްގެފާނަކު ފަދައިން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން ސަރުކާރުގެ ސިޔާސަތުތަކަށާއި މުއައްސަސާތަކުގެ މިނިވަންކަން ގެއްލިފައިވާ މައްސަލައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. އިގްތިސާދީ ކަންކަމާއި ކޮރަޕްޝަނާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ސިޔާސީ މީހުން ނުކުންނަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ސެޕްޓެމްބަރު 2026 | ހުކުރު 06:04
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން | ސޯޝަލް މީޑިއާ

ދިވެހިރާއްޖޭގައި 2008 ވަނަ އަހަރު އައު ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން، އެ ގާނޫނު އަސާސީއާ މުޅިން ޚިލާފުވެވަޑައިގެން އެ ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން "ފެހި ސިގްނަލް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށާއި މުއައްސަސާތަކުގެ ހާލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވަމުން ގެންދަވަނީ ރަސްގެފާނަކު އަމަލުކުރައްވާ ފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް ރަސްގެފާނަކަށް ވިޔަސް ހިތުހުރި ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި، ރަސްގެފާނުގެ ބާރުތައް މަޑުޖައްސަން ޖެހޭ ކަމަށް ރައްޔިތުން މިހާރު ބުނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިގްތިސާދީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވަދެފައިވަނީ މި ސަރުކާރުގެ ދުވަސްވަރު ކަމަށެވެ. ނަމަވެސް އެ ފައިސާ ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، ބިއްލޫރި ޓަނަލް ފަދަ ބޭކާރު މަޝްރޫއުތަކަށް ހޭދަކުރާނަމަ އެ ފައިސާ ބޭކަރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވަމުންދާ ކަމަށާއި، ނަމަވެސް އެކަންކަން ބެލޭނެ އެއްވެސް މަގެއް މިހާރު ނެތް ކަމަށެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މީހެއްގެ ގޮތުގައި ކަނޑައަޅައި، އެ މުއައްސަސާގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. މިފަދަ ކަންކަން މިހާ ހިސާބަށް ދިއުމުން ސިޔާސީ މީހުން ގައުމުގެ ހައްގުގައި ތެދުވަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މުއައްސަސާތައް ހުރި ނަމަވެސް އެ ތަންތަން މިހާރު ވަނީ ނާގާބިލުވެފައި ކަމަށެވެ. އަދި މުއައްސަސާތަކުން ކުރާ އެއްވެސް މަސައްކަތެއް ފެންނަން ނެތްކަން ފާހަގަކުރައްވައި، ރާއްޖެއިން މިހާރު ފެންނަނީ ފުރިހަމަ ޑިކްޓޭޓަރެއްގެ ދައުރު ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

މުއައްސަސާތައް ފެއިލްވެ، ރައީސް މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރުތަކެއް ނަންގަވަމުންދާ މި ދަނޑިވަޅުގައި، ސިޔާސީ މީހުން ކިތަންމެ ފޫހިވެފައި ތިބި ނަމަވެސް ސަރުކާރު ހަމަ މަގަށް އަޅުވަން ނުކުންނަން ޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ޢަބްދުލް ޤައްޔޫމްޕީއެންއެފް ޖަލްސާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް

06 ސެޕްޓެމްބަރު 2026
ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް
06 ސެޕްޓެމްބަރު 2026

އެލް ސޯފާގެ ކަންތަކުގައި ފަޟީހަތްވީ މުއިއްޒު: ރައީސް ޔާމީން

06 ސެޕްޓެމްބަރު 2026
އެލް ސޯފާގެ ކަންތަކުގައި ފަޟީހަތްވީ މުއިއްޒު: ރައީސް ޔާމީން
31 މާރިޗު 2026

ދެ އިންތިހާބު އެއްކުރަން ރައީސް މައުމޫނު ވެސް ނޫނެކޭ ވިދާޅުވެއްޖެ

31 މާރިޗު 2026
ދެ އިންތިހާބު އެއްކުރަން ރައީސް މައުމޫނު ވެސް ނޫނެކޭ ވިދާޅުވެއްޖެ
23 މާރިޗު 2026

ޝައިހް ސަމީރަށް ރައީސް މައުމޫނުގެ ރައްދު: ސުންނީ، ޝީޢާ، ސަލަފީ، ވިދާޅުނުވޭ، އެއީ ބައިބައިކުރަން އަދުއްވުން ކިޔާހާ އެއްޗެހި

23 މާރިޗު 2026
ޝައިހް ސަމީރަށް ރައީސް މައުމޫނުގެ ރައްދު: ސުންނީ، ޝީޢާ، ސަލަފީ، ވިދާޅުނުވޭ، އެއީ ބައިބައިކުރަން އަދުއްވުން ކިޔާހާ އެއްޗެހި
24 ޑިސެމްބަރު 2025

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް