Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރިޒޯޓް ތަރައްޤީކުރުން

ހަލާލު ޓޫރިޒަމް ހިމެނޭހެން، 6 އަތޮޅެއްގައި 15 ރިސޯޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ!

8 އޯގަސްޓު 2026 | ހޮނިހިރު 07:10

ހަލާލު ޓޫރިޒަމް ހިމެނޭހެން 6 އަތޮޅަކުން 15 ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ވަނީ ހުޅުވާލާފައި. މި މަޝްރޫއުގެ ދަށުން ފަޅުތައް ހިއްކައިގެންނާއި ފަޅުރަށްތަކުގައި ރިސޯޓު ހެދުމަށް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2026 | ހޮނިހިރު 07:10
ރާއްޖޭގެ ރިސޯޓެއްގެ ވިލާއެއް ކައިރީގައި ޑެކް މަތީގައި ފަތުރުވެރިއަކު އިށީނދެގެން

ރާއްޖޭގެ ރިސޯޓެއްގެ ވިލާއެއް ކައިރީގައި ޑެކް މަތީގައި ފަތުރުވެރިއަކު އިށީނދެގެން | އައިސްޓޮކް

ހަލާލު ޓޫރިޒަމް ހިމެނޭހެން، 6 އަތޮޅެއްގައި 15 ރިސޯޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އިއުލާން ކޮށްފި އެވެ. 

ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިއުލާންތަކެއްގައި ބުނީ، ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަ އަތޮޅެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. 

ރިސޯޓު ހަދާނެ ބަޔަކު އިއުލާނުކުރީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ލ. އަތޮޅު އަދި އައްޑޫ ސިޓީގަ އެވެ.

އެގޮތުން ހއ. އަތޮޅާއި ހދ އަތޮޅާއި ށ. އަތޮޅުން ހުޅުވާލީ ފަޅުތަކެއް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަށެވެ. އަދި، ށ. އަތޮޅާއި ނ. އަތޮޅުން ރިސޯޓު ހަދަން ދޫކުރުމަށް ނިންމާފައިވަނީ ފަޅު ރަށްތަކެކެވެ. 

ރިސޯޓު ހަދަން ކުއްޔަށް ދޭ ފަޅުތަކަކީ، 

ހއ. މާދުނި ފަރު-1،2،3

ހދ. މަކުނުދޫ ފަރު-2،

ހދ. މާފަރު ފަޅު-1،2،3

އަދި ށ. ގޮނާ ފަރު-1،2،3

މިނިސްޓްރީން ބުނީ ބޮޑުމިނުގައި 200 ހެކްޓަރު ހުންނަ ފަޅުތަކުގައި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލައިރު، އައްޑޫ ސިޓީ، ހދ. އާއި ލއަތޮޅުގައި ރިސޯޓު ހަދާނެ ބަޔަކު ހޯދުމަށް އިއުލާން ކުރީ ހަލާލު ޓުއަރިޒަމްގެ މޮޑަލްގަ އެވެ. 

މިނިސްޓްރީން ބުނީ، ހދ. މަކުނުދޫ ފަޅުގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ހަދަން ޖެހޭ ކަމަށާއި، ލ. ފޮނަގާދޫގައި 100 އެނދުގެ ރިސޯޓެއް ހަދަން ޖެހޭ ކަމަށެވެ. އަދި އައްޑޫ ދޮންހެރައާއި އެ ރަށާ ޖެހިގެން އޮންނަ 0.85 ހެކްޓަރުގެ ކުޑަ ފަޅުރަށުގައި މަދުވެގެން 100 އެނދުގެ ރިސޯޓެއް ހަދަން ޖެހޭ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ. 

މިނިސްޓްރީން ރިސޯޓު ހަދަން ކުއްޔަށް ދޫކުރާ ފަޅު ރަށްތަކުގެ ތެރޭގައި ށ. ނަލަންދުއާއި ނ. ފަރުމުލި ހިމެނެ އެވެ. އަދި ފަރުމުލިން، 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއި އެކު، 15 ހެކްޓަރަށްވުރެ ބޮޑުނޫން ރަށެއް ހިއްކުމަށް ހުޅުވާލާފައިވެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން، ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 ން 23 އާ ދެމެދުގެ ތާރީޚުތަކެވެ. އަދި މިމަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރީ-ބިޑް މީޓިންތައް ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

މިނިސްޓްރީން މި ހުރިހާ ތަންތަނެއް ވެސް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ހަލާލު ޓޫރިޒަމްމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންރިޒޯޓް ތަރައްޤީކުރުން

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

ތިމާވެށީގެ ގޮތުން މުހިންމު މާހައުލުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަން މުއިއްޒު ސަރުކާރުން ރިސޯޓު ތަރައްގީ ކުރަން ނައްތާލަނީ

25 ނޮވެމްބަރު 2025
ތިމާވެށީގެ ގޮތުން މުހިންމު މާހައުލުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަން މުއިއްޒު ސަރުކާރުން ރިސޯޓު ތަރައްގީ ކުރަން ނައްތާލަނީ
21 އޮކްޓޯބަރު 2025

މާވަށު ފަޅުތެރޭގައި ލަސްތަކެއް ނުވެ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި ރިސޯޓަށް ވީ ކިހިނެއް؟

21 އޮކްޓޯބަރު 2025
މާވަށު ފަޅުތެރޭގައި ލަސްތަކެއް ނުވެ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި ރިސޯޓަށް ވީ ކިހިނެއް؟
24 އޯގަސްޓު 2018

ޖޯލި ރިސޯޓު އޮކްޓޫބަރުގައި ހުޅުވަނީ

24 އޯގަސްޓު 2018
ޖޯލި ރިސޯޓު އޮކްޓޫބަރުގައި ހުޅުވަނީ
14 ޖުލައި 2018

އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ

14 ޖުލައި 2018
އިންޓަނޭޝަނަލް ޓޫރިޒަމް ދެވަނަ ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބާއްވަނީ
25 އެޕްރީލު 2018

އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި

25 އެޕްރީލު 2018
އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި
19 މާރިޗު 2018

ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު ހުޅުވައިފި

19 މާރިޗު 2018
ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު ހުޅުވައިފި
19 ޖެނުއަރީ 2018

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ

19 ޖެނުއަރީ 2018
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ
01 ޖެނުއަރީ 2018

އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓްރީ

01 ޖެނުއަރީ 2018
އަންނަ ދެ އަހަރު ތެރޭގައި 23 ރިސޯޓު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓްރީ
21 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!

21 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!
25 އޮކްޓޯބަރު 2017

ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި

25 އޮކްޓޯބަރު 2017
ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް