Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރާއްޖެ ޕްލަސް

ރާއްޖެ ޕްލަސްގައި އަލަށް ދެ ޑްރާމާ ސީރީޒްއެއް ދެއްކުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

ދެ ސީރީޒްގައި ސޮއި ކޮށްފައި ވަނީ އެކްޓަރ އަދި ޕްރޮޑިއުސަރ ޔޫސުފް ޝަފީއު އާއި ޕްރޮޑިއުސަރ އިސްމާއިލް ޝަފީގު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 17:29
ރާއްޖެ ޕްލަސް އިން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެ ޕްލަސް އިން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެ ޕްލަސްގެ ކޮންޓެންޓްގައި ދެ ޑްރާމާ ސީރީޒްއެއް ހިމެނުމަށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ދެ ޑްރާމާ އުފައްދާ ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޕްރޮޑިއުސަރ ޔޫސުފް ޝަފީއު އާއި މަޝްހޫރު ޕްރޮޑިއުސަރ އިސްމާއިލް ޝަފީގުއެވެ. މިއީ 13 އެޕިސޯޑްގެ ދެ ޑްރާމާ ސީރީޒްއެވެ. ރާއްޖެ ޕްލަސްގެ ފަރާތުން ސޮއި ކުރެއްވީ އާމިރު ސަލީމެވެ.

ސޮއި ކުރުމަށްފަހު ޔޫއްޕެ ބުނީ ރާއްޖެ ޕްލަސްއިން އިސްނަގައިގެން ފަންނާނުންނަށް ފުރުސަތުތައް ދޭތީ ޝުކުރުއަދާކުރާ ކަމަށެވެ. އަދި މި ފަހަރު މި ގެނެސްދޭ ޑްރާމާއަކީ މުޅިން އާ ޑްރާމާއެއް ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.

ޝަފީގު ބުނީ ރާއްޖެ ޕްލަސް އާއެކު ސޮއި ކުރެވިގެންދިޔަ 13 އެޕިސޯޑަކީ ވަރަށް ފަހުން ރާއްޖޭގެ ސިނަމާތަކުގައި އެޅުވި ކާމިޔާބު ފިލްމެއް ކަމަށްވާ "ނޯޓީ ފޯޓީ" ސީރީޒްއަކަށް ބަދަލުކޮށްގެން ނެރުމަށް ހަމަޖައްސާފައިވާ ޑްރާމާ ސީރީޒްއެއް ކަމަށެވެ. ރާއްޖެ ޕްލަސްއަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަމަށް އޭނާ ބުންޏެވެ.

ރާއްޖެ ޕްލަސްއަކީ ރާއްޖެޓީވީން އަލަށް ފަށާ އެންޓަޓެއިންމަންޓް ޗެނަލެކެވެ. އެ ޗެނަލުން މުނިފޫހި ފިލުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭނެ އެވެ.

ރާއްޖެ ޕްލަސްގެ ފަރާތުން އާމިރު ސަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ ޕްލަސް އިން މިފަދަ އެއްބަސްވުންތައްކުގައި ސޮއިކުރަމުން ގެންދާނެ ކަމަށާއި ގިނަ އުފެއްދުންތަކެއް އެ ޗެނަލުން ފެނިގެންދާނެ ކަމަށެވެ. އަދި ދިވެހި ފަންނާނުންނަށް ފަހި ފުރުސަތުތަކެއް ޗެނަލުން ހުޅުވާލެދޭނެ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

މި ވަގުތު ހެނދުނު އަށަކުން 12 އަށް ބްރޯޑްކާސްޓްކުރާ މި ޗެނަލް ލިބޭނީ ހަމައެކަނި ދިރާގު ޓީވީ މެދުވެރިކޮށެވެ. ނަމަވެސް، މީޑިއާނެޓް މެދުވެރިކޮށް ވެސް ޗެނަލް ލިބޭނެ އިންތިޒާމު، ހަމަޖައްސާނެ ކަމަށް ރާއްޖެ ޕްލަސް ހިންގާ އާރު ޕްރޮޑަކްޝަނުން ބުންޏެވެ.

ރާއްޖެޓީވީގެ ދަށުން ހިންގާ ރާއްޖެ ޕްލަސް ރަސްމީކޮށް އިފްތިތާހުކުރުން މި އަހަރު ފަހުކޮޅު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

06 ސެޕްޓެމްބަރު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

17 ޖުލައި 2017
ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ

ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ

30 ޖޫން 2017
އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

18 ޖޫން 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު