Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޒޮހްރާން މަމްދާނީ

ކީރިތި ގުރުއާނުގައި އަތްޕުޅު ބާއްވަވައިގެން ހުންނަވާ ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި

އުމުރުފުޅުން 34 އަހަރުގައި މި މަގާމާ ހަވާލުވެވަޑައިގެންނެވި މަމްދާނީ އަކީ އެ ސިޓީގެ މޭޔަރުކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާ. ޔޫގެންޑާގެ ކަމްޕާލާ އަށް އުފަން މަމްދާނީ ކެމްޕޭން ކުރެއްވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ މައްޗަށް.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 06:23
މެންހަޓަންގެ ތާރީހީ ސަބްވޭ ސްޓޭޝަނެއްގައި ޒޮހްރާން މަމްދާނީ ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ މަގާމުގެ ހުވާ ކުރައްވަނީ

މެންހަޓަންގެ ތާރީހީ ސަބްވޭ ސްޓޭޝަނެއްގައި ޒޮހްރާން މަމްދާނީ ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ މަގާމުގެ ހުވާ ކުރައްވަނީ

ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރައްވައި، އެމެރިކާގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަން ކުރައްވާ ފުރަތަމަ މުސްލިމް އަދި އެތައް ޖީލެއްގެ ތެރޭގައި އެ މަގާމާ ހަވާލުވި އެންމެ ޒުވާން ބޭފުޅާގެ ޝަރަފު ހޯއްދަވައިފިއެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަމްދާނީ ހުވާކުރެއްވީ ބުރާސްފަތި ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މެންހަޓަންގެ ކުރީގެ ސަބްވޭ ސްޓޭޝަނެއްގައެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު އަތްޕުޅު ބޭއްވެވީ ކީރިތި ގުރުއާނުގައެވެ.

މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މަމްދާނީ ވިދާޅުވީ، މިއީ އެމަނިކުފާނުގެ މުޅި ހަޔާތުގައިވެސް ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފާއި އިއްޒަތް ކަމަށެވެ.

ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ބާއްވާފައިވަނީ، ސިޓީގެ އެންމެ ދުވަސްވީ އެއް ސަބްވޭ ސްޓޭޝަން ކަމަށްވާ "އޯލްޑް ސިޓީ ހޯލް" ސްޓޭޝަނުގައެވެ.

މަމްދާނީގެ ދެވަނަ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު 1:00 ގައި ސިޓީ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ހުވާލައިދެއްވާނީ މަމްދާނީ ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ ޔޫއެސް ސެނެޓަރ ބާނީ ސޭންޑާސް އެވެ. މީގެ އިތުރުން، ބްރޯޑްވޭގެ "ކެންޔަން އޮފް ހީރޯސް" ސަރަހައްދުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ހަރަކާތެއްވެސް ކުރިއަށްދާނެ އެވެ.

މަމްދާނީ މި ފެއްޓެވީ އެމެރިކާގެ ސިޔާސީ ދާއިރާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އަދި އެހާމެ ބުރަ މަގާމެއްގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށެވެ.

އޭނާ އަކީ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުގެ އިތުރުން، އެ ސިޓީގެ މޭޔަރުކަން ކުރައްވާ ދެކުނު އޭޝިއާ ދަރިކޮޅުގެ ފުރަތަމަ ފަރާތައް ވުމުގެ އިތުރުން އެފްރިކާ އަށް އުފަން ފުރަތަމަ ފަރާތް ވެސް މެއެވެ. އުމުރުފުޅުން 34 އަހަރުގައި މި މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ސިޓީގެ މޭޔަރުކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާއެވެ.

ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތަކެއްގެ މައްޗަށް ބިނާކޮށް ކެމްޕޭން ކުރެއްވި މަމްދާނީ ވަނީ، ދުނިޔޭގެ އެންމެ އަގުބޮޑު އެއް ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިލޭ ތުއްތު ކުދިން ބެލެހެއްޓުމާއި، ހިލޭ ބަހުގެ ޚިދުމަތް ދިނުމާއި، ގާތްގަނޑަކަށް އެއް މިލިއަން ގޭބިސީގެ ކުލި ބޮޑުނުކޮށް ހިފެހެއްޓުމުގެ އިތުރުން، ސިޓީގެ ބެލުމުގެ ދަށުން ހިންގާ ގްރޯސަރީ ފިހާރަތަކެއް ތައާރަފުކުރުން ހިމެނެއެވެ.

ނަމަވެސް، ކުނި މެނޭޖުކުރުމާއި، ސިޓީ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ސަބްވޭގެ ދަތުރުތައް ލަސްވުންތައް ފަދަ އާންމު ކަންކަމުގައި ދިމާވާ ދަތިތަކަށް ވެސް އޭނާ ހައްލު ހޯއްދަވަން ޖެހިވަޑައިގަންނަވާނެއެވެ.

ޔޫގެންޑާގެ ކަމްޕާލާ އަށް އުފަން މަމްދާނީ އަކީ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މީރާ ނައިރު އަދި ތައުލީމީ ދާއިރާ ގެ ބޭފުޅެއް ކަމަށްވާ މަހްމޫދު މަމްދާނީގެ ދަރިކަލެކެވެ. އޭނާގެ އާއިލާ ނިއުޔޯކަށް ބަދަލުވީ އޭނާގެ އުމުރުން 7 އަހަރުގައެވެ. 9/11 ގެ ހާދިސާއަށްފަހު މުސްލިމުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި މާހައުލެއްގައި ބޮޑުވި މަމްދާނީ އެމެރިކާގެ ރައްޔިތަކަށްވީ 2018 ވަނަ އަހަރުއެވެ.

ޒޮހްރާން މަމްދާނީނިއު ޔޯކް ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
ސިޔާސީ ހޫނު ހަމަލާތައް ބަދަލުކުރުމަށް ފަހު އެންމެ ފަހުން މަމްދާނީ އާއި ޓްރަމްޕް ވައިޓް ހައުސް ގައި ބައްދަލު ކުރައްވައިފި

ސިޔާސީ ހޫނު ހަމަލާތައް ބަދަލުކުރުމަށް ފަހު އެންމެ ފަހުން މަމްދާނީ އާއި ޓްރަމްޕް ވައިޓް ހައުސް ގައި ބައްދަލު ކުރައްވައިފި

22 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
ނިއު ޔޯކުގެ ފުރަތަމަ މުސްލިމް މޭޔަރު ޒޮހްރާން މަމްދާނީ އަކީ ކާކު؟

ނިއު ޔޯކުގެ ފުރަތަމަ މުސްލިމް މޭޔަރު ޒޮހްރާން މަމްދާނީ އަކީ ކާކު؟

05 ނޮވެމްބަރު 2025
ޓްރަމްޕްއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރުމަށް ފަހު، ނިޔު ޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރަކަށް މަމްދާނީ

ޓްރަމްޕްއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރުމަށް ފަހު، ނިޔު ޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރަކަށް މަމްދާނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު