Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮމާރިއޯ-މެސީ-ރޮނާލްޑޯ

މެސީ އާއި ރޯނާލްޑޯއަށް ވުރެ އަހަރެން މޮޅު: ރޮމާރިއޯ

5 އޮކްޓޯބަރު 2017 | ބުރާސްފަތި 13:01

މެސީ އާއި ރޮނާލްޑޯއަށް އޭނާ ޖަހާފައިވާ އަދަދާ އެއްވަރަކަށް ގޯލު ނުޖެހޭނެ ކަމަށް ރޮމާރިއޯ ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 13:01
ރޮމާރިއޯ ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި

ރޮމާރިއޯ ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި

ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ މޮޅު ކަމަށް ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ރޮމާރިއޯ ޑަސޫޒާ ބުނެފިއެވެ.

ބްރެޒިލްގެ ސެނެޓުގައި ރިއޯޑެ ޖެނީރޯގެ ގޮނޑި މިހާރު ފުރަމުންދާ ރޮމާރިއޯ ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ނޫހެއް ކަމަށްވާ "މާސާ" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރޮނާލްޑޯ އާއި މެސީ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ކަމަށާއި އެކަމާ ދެބަސް ވެވެން ނެތް ކަމަށެވެ. އެ ދެ ކުޅުންތެރިންނާ އޭނާއާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށާއި އެ ދެ މީހުންނަކީ ވެސް ތަފާތު މޮޅު ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިން ކަމަށް ރޮމާރިއޯ ބުނެފައިވެއެވެ.

އެހެނަސް ރޮމާރިއޯ ބުނެފައިވަނީ މެސީ އާއި ރޮނާލްޑޯ ކިތަންމެ ގިނަ ގޯލު ތަކެއް ޖެހި ކަމުގައި ވިޔަސް އޭނާ ޖަހާފައިވާ އަދަދާ އެއްވަރަކަށް ގޯލު ނުޖެހޭނެ ކަމަށާއި އޭނާ މި ޒަމާނުގައި ފުޓްބޯޅަ ކުޅޭނަމަ އެ ދެ ކުޅުންތެރިންނަށް ވުރެ ދެ ގުނަ އިތުރަށް ލަނޑު ޖަހާނެ ކަމަށެވެ.

ރޮމާރީއޯ މިހެން ބުނެފައިވާ އިރު އޭނާއަކީ ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު އެއް ފޯވާޑުގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އެގޮތުން ޑިއޭގޯ މަރަޑޯނާ ވެސް ބުނެފައި ވަނީ ރޮމާރީއޯއަކީ އޭނާ ދެކުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަދި ދުނިޔޭގެ ފުޓްބޯޅައަށް އިންގިލާބެއް ގެނުވި ޔޯހާން ކްރަޔަފް ވެސް ބުނެފައި ވަނީ ރޮމާރިއޯއަކީ ޕެނަލްޓީ އޭރިއާގައި އެފަދަ ދެވަނައެއް ނުވާ ކުޅުންތެރިއެއް ކަމަށެވެ.

ބްރެޒިލްއިން 1994 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބު ކުރިއިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮމާރިއޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 70 މެޗު ކުޅެދީ 55 ލަނޑު ޖަހައިދީފައެވެ. އަދި އޭނާގެ 24 އަހަރުގެ ކެރިއަރުގައި ރޮމާރިއޯ ވަނީ ރަހުމަތްތެރިކަމުގެ މެޗުތަށް ހިމެނޭގޮތަށް 1003 މެޗު ކުޅެދީ 768 ލަނޑު ޖަހާފައެވެ. ހަމައެހެންމެ އޭނާއަކީ ފީފާއިން 1994 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް