Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެއަރ އިންޑިއާ

އެއަރ އިންޑިއާއިން ހުރިހާ ޕައިލެޓުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަނީ

14 އޯގަސްޓު 2026 | ހުކުރު 01:58

ފުކެޓުން ފުރި އެއަރ އިންޑިއާގެ ފްލައިޓެއްގެ އުސްމިން ކުއްލިއަކަށް ދަށްވި ހާދިސާގެ ތަހުގީގަށް ސީނިއާ ޕައިލެޓަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ އެއަރލައިންގެ ހުރިހާ ޕައިލެޓުން ޓެސްޓުކުރަން ވަނީ ނިންމާފަ. ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމަށް ފެށި މި މަސައްކަތުގެ ދަށުން، ބަޖެޓް އެއަރލައިންގެ ޕައިލެޓުން ހިމެނޭހެން ގަވާއިދުން ލާޒިމްކުރާ މިންވަރަށްވުރެ ފުޅާކޮށް ޓެސްޓުތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނޭ

ރާއްޖެ އެމްވީ | 14 އޯގަސްޓު 2026 | ހުކުރު 01:58
އެއަރ އިންޑިއާ އިން ނެރުނު މެމޯއެއްގައި ބުނެފައިވަނީ، މި ނިންމުމުގެ ސަބަބުން ފަސިންޖަރުންނާއި ހިއްސާދާރުންގެ އިތުބާރު ބޮޑުވެ، އެ ފަރާތްތަކަށް ޔަގީންކަން ލިބިގެންދާނެ ކަމަށް

އެއަރ އިންޑިއާ އިން ނެރުނު މެމޯއެއްގައި ބުނެފައިވަނީ، މި ނިންމުމުގެ ސަބަބުން ފަސިންޖަރުންނާއި ހިއްސާދާރުންގެ އިތުބާރު ބޮޑުވެ، އެ ފަރާތްތަކަށް ޔަގީންކަން ލިބިގެންދާނެ ކަމަށް | ގެޓީ އިމޭޖަސް

އެއަރ އިންޑިއާގެ ހުރިހާ ޕައިލެޓުން މަނާ މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް އެ އެއަރލައިނުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިދިޔަ ހަފުތާގައި ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި ފްލައިޓެއްގެ އުސްމިން ކުއްލިއަކަށް ދަށްވި ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގެ އިބްތިދާއީ ރިޕޯޓުތައް ބުނާގޮތުން، އެ ފްލައިޓުގެ ސީނިއާ ޕައިލެޓް މަސްތުވާތަކެއްޗަށް ކުރި ޓެސްޓުން މަރުވާނާއަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާ އަލުން ޓެސްޓުކުރަން ވަނީ ޖެހިފަ އެވެ.

އެއަރ އިންޑިއާގެ ބަޖެޓް އެއަރލައިން ކަމަށްވާ "އެއަރ އިންޑިއާ އެކްސްޕްރެސް" ގެ ޕައިލެޓުން ވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ޓެސްޓުތައް ހަދަން ޖެހޭނެ އެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުތައް ބުނާގޮތުން، އެއަރލައިންތަކުން މަދުވެގެން 10 އިންސައްތަ ޕައިލެޓުން ރެންޑަމްކޮށް ޓެސްޓުކުރަން ޖެހެ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު އެއަރބަސް މަރުކާރުގެ ބޯޓު ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ކުއްލިއަކަށް 300 ފޫޓު (ގާތްގަނޑަކަށް 91 މީޓަރު) ތިރިއަށް ވެއްޓުމުގެ ސަބަބުން، ބޯޓުން ދަތުރުކުރި 17 ފަސިންޖަރުންނާއި ފަޅުވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

މި ހާދިސާ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާއިރު، އެއަރބަސް ކުންފުންޏާއި ފްރާންސްގެ އެއަރ ސޭފްޓީ އެޖެންސީން ވެސް ދަނީ މި މަސައްކަތުގައި އެހީތެރިވަމުންނެވެ.

މި މައްސަލައިގެ ތަހުގީގު ނިމެންދެން، އެ ދުވަހު ފްލައިޓް ދުއްވަން ތިބި ދެ ޕައިލެޓުން ވެސް ވަނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފަ އެވެ.

ބީބީސީ އިން ރިޕޯޓުކުރި ގޮތުގައި، އެއަރ އިންޑިއާގެ މެމޯއެއްގައި ބުނެފައިވަނީ، ޓެސްޓުކުރުމުގެ ކަންކަމުގައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. "ގަވާއިދުން ލާޒިމްކުރާ މިންވަރަށްވުރެ ފުޅާކޮށް ފަށާ މި މަސައްކަތަކީ، ސަލާމަތީ ކަންކަމާއި ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އަޅުގަނޑުމެން ކުރާ މަސައްކަތެއް. މީގެ ބޭނުމަކީ ފަސިންޖަރުންނާއި، ހިއްސާދާރުން އަދި އާންމު ރައްޔިތުންނަށް އިތުބާރު ހޯދައިދިނުން،" އެ މެމޯގައި ބުނެފައިވެ އެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓެއް ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓި، ބޯޓުގައި ތިބި 241 މީހުންނާއި ބިމުގައި ތިބި 19 މީހުން މަރުވި ހާދިސާއާ ގުޅިގެން ވެސް އެ އެއަރލައިނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެ ހާދިސާގައި ސަލާމަތްވީ އެންމެ ފަސިންޖަރެކެވެ.

މަސްތުވާތަކެއްޗާއި އޭވިއޭޝަން ގަވާއިދުތަކުން މަނާކޮށްފައިވާ ބޭސްތަކަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެއަރ އިންޑިއާގެ އެކަޑަމީގައި ބާއްވާ ތަމްރީނު ސެޝަންތަކުގެ ތެރެއިންނާއި، ބްރީފިން ސެންޓަރުތަކާއި އޮފީސްތައް ހިމެނޭ ގޮތަށެވެ.

މިދިޔަ ހަފުތާގައި އެއަރ އިންޑިއާގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާ އިތިއޯޕިއަން އެއަރލައިންސްގެ ކުރީގެ ވެރިޔާ ޓެވޯލްޑޭ ގެބްރެމާރިއަމް ވަނީ ހަވާލުވެފަ އެވެ.

އެއަރ އިންޑިއާއިންޑިއާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

އިންޑިއާގައި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ރާމާމަކުނުގެ ސަބަބުން މުބާރާތަށް ހުރަސްއެޅޭތީ "ލަންގޫރު" މަކުނު ގޮވާ އަޑުން ގޮވަން ދަންނަ ތިން މީހަކަށް ވަޒީފާދީފި

12 އޯގަސްޓު 2026
އިންޑިއާގައި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ރާމާމަކުނުގެ ސަބަބުން މުބާރާތަށް ހުރަސްއެޅޭތީ "ލަންގޫރު" މަކުނު ގޮވާ އަޑުން ގޮވަން ދަންނަ ތިން މީހަކަށް ވަޒީފާދީފި
10 އޯގަސްޓު 2026

އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ

10 އޯގަސްޓު 2026
އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ
04 އޯގަސްޓު 2026

ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެއްޖެ

04 އޯގަސްޓު 2026
ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެއްޖެ
28 ޖުލައި 2026

މުސްލިމް ލީޑަރަކު ބިނާކުރި އިންޑިއާގެ މަޝްހޫރު ޖައުހަރު ޔުނިވަރސިޓީގެ އިމާރާތްތައް ތަޅާލަން ސަރުކާރުން ތެދުވެއްޖެ!

28 ޖުލައި 2026
މުސްލިމް ލީޑަރަކު ބިނާކުރި އިންޑިއާގެ މަޝްހޫރު ޖައުހަރު ޔުނިވަރސިޓީގެ އިމާރާތްތައް ތަޅާލަން ސަރުކާރުން ތެދުވެއްޖެ!
25 ޖުލައި 2026

ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!

25 ޖުލައި 2026
ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!
23 ޖުލައި 2026

އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ

23 ޖުލައި 2026
އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ
21 ޖުލައި 2026

އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ

21 ޖުލައި 2026
އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ
09 ޖުލައި 2026

އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވަޔަނާޑްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ

09 ޖުލައި 2026
އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވަޔަނާޑްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ
08 ޖުލައި 2026

ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

08 ޖުލައި 2026
ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި
07 ޖުލައި 2026

އިންޑިއާގެ ގުޖުރާތުގައި ސިންގާއެއް މީހަކަށް ހަމަލާދީފި

07 ޖުލައި 2026
އިންޑިއާގެ ގުޖުރާތުގައި ސިންގާއެއް މީހަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް