Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯލްޑް ސްޓޯރެޖް

ފެލިވަރުގައި ތަރައްގީ ކުރަމުންދާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމަވާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

1 ސެޕްޓެމްބަރު 2026 | އަންގާރަ 13:41

ރާއްޖޭގެ 7 ރަށެއްގައި 11،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ. މީގެ ތެރެއިން އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ފެލިވަރުގެ 4000 ޓަނުގެ މަޝްރޫއުގެ 82 އިންސައްތަ ނިމިފައިވާއިރު، މިއަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން ނިންމުމަށް ވަނީ އަމާޒު ހިފާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 1 ސެޕްޓެމްބަރު 2026 | އަންގާރަ 13:41
މިނިސްޓަރު ޝިޔާމް ބޭއްވެވި ނޫސްވެރިންގެ ބައަދަލުވުުގެ ތެރެއިން

މިނިސްޓަރު ޝިޔާމް ބޭއްވެވި ނޫސްވެރިންގެ ބައަދަލުވުުގެ ތެރެއިން | ރައީސް އޮފީސް

ފެލިވަރުގައި ތަރައްގީ ކުރަމުންދާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމަވާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު މިނިސްޓަރު ޝިޔާމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، 7 ރަށެއްގައި 11،000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު މަޝްރޫއަކީ ފެލިވަރުގައި ތަރައްގީ ކުރާ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން ފެލިވަރުގެ އިތުރުން ކޫއްޑޫ، ގދ. ތިނަދޫ، ހއ. އިހަވަންދޫ، މ. މުލައް، ކ. ކަނޑުއޮތްގިރި އަދި ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. 

މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރަން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ވާތީއާ އެކީގައި، މި ކޯލްޑް ސްޓޯރޭޖް އިތުރު ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފަށައިގެން މި އުޅެނީ. ފެލިވަރުގައި ކުރިއަށް މިދާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް އަޅުގަނޑުމެން މި ޑިސެންބަރު މަހު ނިންމަން އަމާޒު ހިފާފާއި ވާތީއާ އެކީގައި އެ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި މިހާރު އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ބަލައި އަދި މަސައްކަތް ގޮސްފައި އޮތް ހިސާބު ބެލުމަށްޓަކައި އަޅުގަނޑު ވާނީ ފެލިވަރަށް ދަތުރުކޮށްފައި
އަހުމަދު ޝިޔާމް

ފެލިވަރުގައި ތަރައްގީ ކުރާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި މަސައްކަތަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ އިންސައްތައިގެ ތަފާސްހިސާބުތައް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށްފައިވެ އެވެ. އެގޮތުން، ކޫއްޑޫގައި 53 އިންސައްތަ، ގދ.ތިނަދޫގައި 75 އިންސައްތަ، މ. މުލަކުގައި 25 އިންސައްތަ އަދި ކ. ކަނޑުއޮތްގިރީގައި 15 އިންސައްތަ މަސައްކަތް ނިމިފައިވެ އެވެ. އަދި ހއ. އިހަވަންދޫގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި ތ. ހިރިލަންދޫގައި ކޮންޓްރެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. 

މީގެތެރެއިން މ. މުލަކުގައި ތަރައްގީ ކުރާ ކޯލްޑް ސްޓޯރޭޖު މަޝްރޫއަކީ ސައުދީ ފަންޑުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ފެލިވަރުކޯލްޑް ސްޓޯރޭޖް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2025

މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ

04 ފެބުރުއަރީ 2025
މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ
21 ޑިސެމްބަރު 2024

ފެލިވަރުން ގަތް މަސްދަޅު ކޭހަކުން ހުސް ކަށި

21 ޑިސެމްބަރު 2024
ފެލިވަރުން ގަތް މަސްދަޅު ކޭހަކުން ހުސް ކަށި
26 މާރިޗު 2022

މިފްކޯއިން މުޅިން އައު 2 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި

26 މާރިޗު 2022
މިފްކޯއިން މުޅިން އައު 2 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި
10 ސެޕްޓެމްބަރު 2021

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގެ އަޕްގްރޭޑިން މަސައްކަތުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފި

10 ސެޕްޓެމްބަރު 2021
ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގެ އަޕްގްރޭޑިން މަސައްކަތުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފި
22 ޖުލައި 2021

މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފި

22 ޖުލައި 2021
މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފި
03 އެޕްރީލު 2021

ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 294ށް

03 އެޕްރީލު 2021
ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 294ށް
28 މާރިޗު 2021

މޮނިޓަރިން ހާލަތުގައި އޮތްނަމަވެސް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ - މިފްކޯ

28 މާރިޗު 2021
މޮނިޓަރިން ހާލަތުގައި އޮތްނަމަވެސް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ - މިފްކޯ
13 މާރިޗު 2021

ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

13 މާރިޗު 2021
ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް