Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިރާގު

އިރާގަށް 800 މިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

1 ސެޕްޓެމްބަރު 2026 | އަންގާރަ 05:06

މި މުއާމަލާމަތުގެ ހުއްދަ ދިނުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މުއާމަލާތަކީ އެމެރިކާގެ ބޭރު ސިޔާސަތާއި ޤައުމީ ސަލާމަތަށް ތާއީދުކުރާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ސްޓްރެޓީޖިކް ބައިވެރިއެއްގެ ސަލާމަތާއި ރައްކާތެރިކަން ރަނގަޅު ކުރުމަށް އެހީތެރިވެދެވޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 05:06
އެމެރިކާ އިން އިރާގަށް ވިއްކުމަށް ހުއްދަ ދީފައިވާ އަސްކަރީ ހެލިކޮޕްޓަރު

އެމެރިކާ އިން އިރާގަށް ވިއްކުމަށް ހުއްދަ ދީފައިވާ އަސްކަރީ ހެލިކޮޕްޓަރު | ރޮއިޓާސް

800 މިލިއަން އެމެރިކާާ ޑޮލަރުގެ ބެލް ހެލިކޮޕްޓަރާއި އެއާއި ގުޅުންހުރި ސާމާނު އިރާގަށް ވިއްކުމަށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ހުއްދަ ދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މި މުއާމަލާތުގައި އަސާސީ ކޮންޓްރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރާނީ ޓެކްސަސްގެ ފޯޓް ވޯތުގައި ހުންނަ ބެލް ޓެކްސްޓްރޮން ކުންފުނި ކަމަށެވެ. 

މި މުއާމަލާމަތުގެ ހުއްދަ ދިނުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މުއާމަލާތަކީ އެމެރިކާގެ ބޭރު ސިޔާސަތާއި ޤައުމީ ސަލާމަތަށް ތާއީދުކުރާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ސްޓްރެޓީޖިކް ބައިވެރިއެއްގެ ސަލާމަތާއި ރައްކާތެރިކަން ރަނގަޅު ކުރުމަށް އެހީތެރިވެދެވޭނެ ކަމަށެވެ.

އިރާގަށް މި ހެލިކޮޕްޓަރުތައް ވިއްކުމުގެ ނަތީޖާ އަކަށް ވާނީ އެ ގައުމުގެ ދިފާއީ ގާބިލުކަން އިތުރުވުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެ އެވެ. މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި މުއާމަލާތުން އިރާގަށް މިހާރު ކުރިމަތިވެފައިވާ، އަދި ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް ހަނގުރާމަވެރި ފިޔަވަޅުތައް އަޅާނެ ގާބިލުކަން ރަނގަޅު ކޮށްދޭނެ ކަމަށެވެ.

މި މުއާމަލާތުގެ ސަބަބުން އިރާގުގެ ރޮޓަރީ ވިންގ ޓްރާންސްޕޯޓް ހިދުމަތްތަކާއި، ރިކޮނަސަންސް އޮޕަރޭޝަންތަކާއި، އެއާ ޓު ސާފޭސް ޓާގެޓިން ގާބިލުކަން ވަރުގަދަވެގެންދާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓް އިން ފާހަގަކުރެ އެވެ.

އެމެރިކާ އިން އިރާގަށް ދެމުންގެންދާ އަސްކަރީ އެހީތެރިކަމުގެ ސިލްސިލާގެ ތެރެއިން މިއީ އެންމެ ފަހުގެ މުއާމަލާތެވެ. މެދުއިރުމަތީގެ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އިރާގުގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަކީ، އެމެރިކާގެ މުހިންމު އަމާޒެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މި މުއާމަލާތުގެ ތަފުސީލުތައް ހާމަކޮށްފައިވާ ގޮތުން، މި މުއާމަލާތުގައި ހިމެނެނީ ހެލިކޮޕްޓަރުތަކާއެކު އެކަމަށް ބޭނުންވާ ބައެއް އިތުރު ސާމާނުތަކާއި، ބަދަލުކުރާ ބައިތައް އަދި ޓެކްނިކަލް އެހީތެރިކަމެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިރާގު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

14 ޖުލައި 2026

ޓްރަމްޕް އިރާގު ބޮޑުވަޒީރަށް ވައިޓްހައުސްއިން މަރުހަބާ ވިދާޅުވެއްޖެ

14 ޖުލައި 2026
ޓްރަމްޕް އިރާގު ބޮޑުވަޒީރަށް ވައިޓްހައުސްއިން މަރުހަބާ ވިދާޅުވެއްޖެ
28 ޖެނުއަރީ 2026

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

28 ޖެނުއަރީ 2026
އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި
26 ޖެނުއަރީ 2026

އިރާގުގެ ބޮޑު ވަޒީރަކަށް އަލް މާލިކީ ގެންނަން ނިންމާފައި ވަނިކޮށް، ރޫބިއޯގެ ވަރުގަދަ އިންޒާރެއް

26 ޖެނުއަރީ 2026
އިރާގުގެ ބޮޑު ވަޒީރަކަށް އަލް މާލިކީ ގެންނަން ނިންމާފައި ވަނިކޮށް، ރޫބިއޯގެ ވަރުގަދަ އިންޒާރެއް
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް