Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެނަލް ޑިސްކަޝަން

ސީޕީ އަރީފު މަސީހަށް ވެގެން މަގާމު ދިފާއު ކުރެއްވުމަށް އުޅުއްވުމަކީ ހުތުރުކަން ބޮޑު ކަމެއް: އަމީތު

މިދިޔަ އަހަރު އެކަނި 4700 ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 19:28
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

މިއަދު މަގުމަތީގެ އަމާންކަން ގެއްލި ރައްޔިތުން ބިރުވެރިކަމެއްގައި ދިރިއުޅޭ އިރު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ވެވަޑައިގެން ހަމައެކަނި މަގާމު ދިފާއު ކުރެއްވުމަށް އުޅުއްވައިގެން ނުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ.

"ތިން އަހަރުން 29 މަރު" ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަަވަމުން އަމީތު ވިދާޅުވީ، މިފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ގައުމުގެ ޒުވާނުންތަކެއް އަނިޔާވެރިކޮށް މަރާލެވިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގައި ގިނަ އަދަދެއްގެ މާރާމާރީއާ މަރުގެ ހާދިސާތައް ހިންގާފައިވާކަމީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މި ދައްކަނީ ގައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ވާހަކަ. އަމާންކަން ނެތް ތަނެއްގައި ދިރިއުޅުމުގެ ހައްގު ނެތްތަނެއްގައި އުޅުމުގެ ބޭނުމެއް ނެތް. ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ކަންކަމުގައި އެންމެބޮޑަށް ކޮމްޕްރޮމައިޒުވެފައިވާ އެއް މުއައްސަސާ." އަމީތު ވިދާޅުވި އެވެ

އަމީތު ވިދާޅުވީ، މުޖުތަމައުގެ އަމަން އަމާންކަމާ ބެހޭ މުއައްސަސާއެއްގެ ވެރިޔަކަށް ހުންނަ ފަރާތަކީ، ހުރިހާ ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ރައްކާތެރިކަމަށް އަހައްމިޔަތުކަން ދޭން ޖެހޭނެ ފަރާތަކަށް ވާންޖެހޭ ކަމަށެވެ. އަދި ކޮމިޝަނަރަކަށް ހުންނަ މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހަށް ވެއްޖެނަމަ މިއީ ވަރަށް ހުތުރުކަން ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެެވެ. އަމީތު ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް އަށް ޣައިރު ގާނޫނީ އަމުރު ސިޔާސީ ފަރާތްތަކުގެ ފަރާތުން އަންނަ ކަމުގައިވާ ނަމަ، އަދި އެއަމުރު ތަންފީޒުނުކޮށް އެހެން ގޮތެއް ނެތް ކަމުގައިވާ ނަމަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް މަސީހަށް ވެގެން، އެ މަގާމު ދިފާއު ކުރުމަށް އިންނަން ހަދައިގެން ރާއްޖޭން ބޭރަށް ދާ ކޮންމެ ފަހަރު އެތަކެއް ބޭޒާރެއް ވާންޖެހޭނެ ކަމަށް އަމީތު ވިދާޅުވި އެވެ. މަސީހަކީ ދިވެހި ތާރީހުގައި ފެނިގެންދިޔަ އެންމެ ހުތުރު ނަމޫނާކަން ފާހަގަކުރައްވާ، އަމީތު ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން މަސީހަށް ވާން ވެއްޖެ ނަމަ، މިގައުމު ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.

އަމީތު ވިދާޅުވީ، މި ފާއިތުވެދިޔަ ތިން އަހަރުގައި މިދިޔަ 16 އަހަރުގައި ނުހިނގާ ވަރަށް ތަފާތު އެކި ބާވަތްތަކުގެ ކުށްތައް މި ގައުމުގައި ހިނގާފައިވާ ކަމަށެވެ. މިގޮތަށް ކުށްތައް އިތުރުވެފައިވަނީ އަމާންކަން ގާއިމް ކުރުމަށް އަދި މުޖުތަމައުގައި ރައްކާތެރިކަން ގާއިމް ކުރުމަށް މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް ކަންކަން ނުކުރުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ރާއްޖޭގައި ކުށް ގިނަވެ، ޒުވާނުންތަކެއް މަރާލެވިގެންދާއިރު މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިފާއިތުވެދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރެވިފައިވާކަން ހަމައެކަނި ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ އިރު މިތަކެތި ނައްތާލުމަށް ދެފުށް ފެންނަ ގޮތަކަށް މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅިފައި އެބަ އޮތް 370 އަށް ވުރެ ގިނަ މާރާމާރީގެ މައްސަލަތައް. މިއީ މި ނުވަ މަސްތެރޭގައި ހިނގާދިޔަ މާރާމާރީ އެކަނި. ފާއިތުވެދިޔަ އަހަރަށް ބަލާ އިރު ފުލުހުންގެ މުއައްސަސާއަށް 4700 އަށް އަރާ. މީގެ 50 އިންސައްތަ އަކީ މަސްތުވާތަކެތީގެ މައްސަލަ." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، މިއަދު ރާއްޖޭގައި ހިނގާ ކަންކަން ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ސަރުކާރު ބަދަލުވުން ކަމަށެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު