Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަަައިބު ރައީސް

ތަރައްޤީވަމުން އަންނަ އިޤުތިޞާދެއްގެ ފުރިހަމަ ޤާބިލިއްޔަތުކަން ދެނެގަތުމަށް ހަރުދަނާ ހިންގުންތެރިއަކު ބޭނުންވާނެ: ނައިބު ރައީސް

4 އޮކްޓޯބަރު 2017 | ބުދަ 19:06

ރާއްޖެފަދަ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެއްގައި އިސްލާމީ އިޤްތިޞާދް ކުރިއެރުވުމަކީ މުހިންމު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 4 އޮކްޓޯބަރު 2017 | ބުދަ 19:06
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު

ތަރައްޤީވަމުން އަންނަ އިޤުތިޞާދެއްގެ ފުރިހަމަ ޤާބިލިއްޔަތުކަން ދެނެގަތުމަށް ހަރުދަނާ ހިންގުންތެރިއަކު ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 4 ވަނަ އިސްލާމިކް ބޭންކިން އަދި ފައިނޭންސް އިންޑަސްޓްރީ ކޮންފަރަންސް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސްޓެލްކޯގެ ކޮންފަރެންސް ހޯލްގައި ބުދަދުވަހު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ދެއްކެވި ވާހަކަފުޅުގައި ރާއްޖެފަދަ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެއްގައި އިސްލާމީ އިޤްތިޞާދް ކުރިއެރުވުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް، ހަލާލު ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭމިންވަރު ހާމަ ކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިންވެސްޓް ކުރުމަށް އެންމެ އެކަށީގެންވާ އަދި ފަސޭހަ މަންޒިލަކަށް ރާއްޖެ ވެފައިވަނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދެވިފައިވާ ފަސޭހަ ތަކާއި ހުޅުވާލެވިފައިވާ ފަހި ފުރުސަތު ތަކުގެ ސަބަބުން ކަން ފާހަގަކުރެއްވިއެވެ. އަދި ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްލާމީ ފައިނޭންސްގެ މައި މަރުކަޒަކަށް ދިވެހިރާއްޖެ ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ގެންގުޅުއްވާ ތަސައްވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިހާރުވެސް ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ފޯރުކޮށްދޭ 13 މަރުކަޒެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. މިގޮތުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ވާދަވެރި އަދި އުފެއްދުންތެރި އިތުރު ބާވަތްތައް ރާއްޖެއަށް ތަޢާރަފު ކުރަންޖެހޭކަން ހާމަކުރައްވަމުން، ޚާއްޞަ ގޮތެއްގައި ބިޔަ އިޤްތިޞާދީ މަޝްރޫޢުތައް ހިންގުމަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކޮށްލާފަދަ ކަންކަން މީގެތެރޭގައި ހިމެނުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުވަމުންދާތީ އެކަމާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށް މިސާލެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް