Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

"އެޗްއާރްސީއެމްގެ މެންބަރުކަމަށް ކޮމިޓީން މާކްސް ދިންއިރު، އިންސާނީ ހައްޤުގެ ދާއިރާއިން ކިޔެވި ފަރާތަށްވުރެ މިއުޒިކްގެ ދާއިރާއިން ކިޔެވި ފަރާތަށް ލިބުނު މާކްސް ގިނަ"

26 އޯގަސްޓު 2026 | ބުދަ 07:08

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދިނުމުގައި، މަގާމާ ގުޅޭ ތައުލީމަށްވުރެ ސިޔާސީ ނުފޫޒަށް އިސްކަންދީފައިވާކަން މެންބަރު ފާހަގަކުރެއްވި. މިގޮތުން އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅަކަށްވުރެ، މިއުޒިކް ދާއިރާގެ ބޭފުޅަކަށް މަތިން މާކްސް ދީފައިވާތީ އެކަމުގެ ކަންބޮޑުވުން މެންބަރު ފާޅުކުރެއްވި. މިއީ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ސަރުކާރުން ފޮނުވާ ވަކި ލިސްޓަކަށް ތާއީދުކުރުން ކަމަށް ވެސް މެންބަރު ޒިޔާދު ތުހުމަތުކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2026 | ބުދަ 07:08
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު | ޕީޕަލްސް މަޖްލިސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މީހަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މާކްސް ދިން ގޮތާ މެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ.

މަޖިލީހުގެ ތަޅުމުގައި ކޮމިޓީ ރިޕޯޓަށް ވާހަކަދައްކަވަމުން ޒިޔާދު ވަނީ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަނުކުރުމުގައި އިންޓަވިއު ކުރާ މިންގަނޑަށް އަލިއަޅުއްވާލައްވާފަ އެވެ.

Advertisement - newsAdvertisement

ޒިޔާދު ވިދާޅުވީ، މަގާމާ ގުޅުންހުރި ތައުލީމަށް 20 މާކްސް ދޭން އޮންނަ އިރު، 92 އިންސައްތަ މާކްސްއާއެކު ލިސްޓުގެ އެއްވަނަ ހޯއްދެވި ބޭފުޅާއަކީ މިއުޒިކްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް ހިއުމަން ރައިޓްސް ލޯ އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅާއަށް ލިބިވަޑައިގަތީ 86 އިންސައްތަ މާކްސް ކަމަށެވެ.

ޒިޔާދު ތުހުމަތު ކުރެއްވި ގޮތުގައި މިފަދަ ނަތީޖާއެއް ނުކުތުމުގެ އަސްލު ސަބަބަކީ ރައީސް އޮފީހުން ފޮނުވާ ވަކި ލިސްޓެއްގައި ނަން އޮންނަ ބޭފުޅަކު މަގާމަށް ހޮވުމަށް މަސައްކަތް ކުރުމެވެ.

މިއީ ތައުލީމީ ގޮތުން ގާބިލު ބޭފުޅުންނަށް ފުރުސަތު ނުދީ، ސިޔާސީ ނުފޫޒުން މުއައްސަސާތަކަށް މީހުން އައްޔަނުކުރާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަމުން ދައްކުވައިދެނީ މި ސަރުކާރުން ތައުލީމަށް އަހައްމިއްޔަތުކަން ނުދޭ މިންވަރު ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި އިންޓަވިއުކުރާ ފަރާތްތަކަށް މާކްސް ދޭ މިންގަނޑެއް އޮވޭ، އެގޮތުން ތަފާތު އެކި ދާއިރާތަކުން ޕޮއިންޓް ދެވެން އޮންނައިރު އޭގައި އެންމެ މުހިއްމު އެއް ދާއިރާއަކީ އަދާކުރަންޖެހޭ މަޤާމާ ގުޅުންހުރި ތައުލީމަށް ދޭ 20 މާކްސް، އަޅުގަނޑުމެން މިއަދު ހިތާމަކުރަންޖެހޭ ކަމަކީ 92 ޕަސެންޓުން ފާސްވި ބޭފުޅާ ތައުލީމު ހާސިލު ކުރައްވާފައިވަނީ މިއުޒިކްގެ ދާއިރާއިން، މާސްޓަރސް، 86 ޕަސެންޓު ލިބިވަޑައިގެންނެވި ބޭފުޅާ ތައުލީމު ހާސިލު ކުރައްވާފައިވަނީ ހިއުމަންރައިޓްސް ލޯ، މާސްޓަރސް
ހުސައިން ޒިޔާދު

ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން 92 އިންސައްތަ މާކްސްއާއެކު އެއްވަނަ ލިބިވަޑައިގެންފައިވަނީ ހ. މީނާޒް، ޝަމްއޫން ހަމީދު އަށެވެ. އަދި 86 އިންސައްތަ މާކްސްއާއެކު ދެވަނަ ލިބިވަޑައިގަތީ ގދ. ތިނަދޫ، އަސޭގެ، ސަމާއު އަހްމަދު ނަޖީބު އަށެވެ. ސަމާއުއަކީ މިހާރު ވެސް އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ފުރުއްވަމުންގެންދަވާ، އެ ދާއިރާގެ ތަޖުރިބާ އާއި ތައުލީމު ހުންނެވި ބޭފުޅެކެވެ.

މި މައްސަލައިގައި އިދިކޮޅު މެންބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި، ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެޗްއާރްސީއެމް ފަދަ މުހިއްމު މުއައްސަސާއަކަށް މެންބަރުން އައްޔަނުކުރާއިރު، އެ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދިނުމަކީ އެ މުއައްސަސާގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އާންމުން ވެސް ދެކެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްޝަމްއޫން ހަމީދުސަމާޢު އަހުމަދު ނަޖީބު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އަދި ޝަމްއޫންގެ ނަން ރައީސް ފޮނުއްވައިފި

16 އޯގަސްޓު 2026
އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އަދި ޝަމްއޫންގެ ނަން ރައީސް ފޮނުއްވައިފި
13 އޯގަސްޓު 2026

ދާއިމީކޮށް ކާންޖެހޭ ބޭސް ހުސްވުމުގެ ކުރިން ގައިދީން ޑޮކްޓަރަށް ނުދެއްކޭ މައްސަލައާއި ނަފްސާނީ ބަލި ހުންނަ ފަރާތްތައް މޮނިޓަރ ނުކުރެވޭ މައްސަލަ!

13 އޯގަސްޓު 2026
ދާއިމީކޮށް ކާންޖެހޭ ބޭސް ހުސްވުމުގެ ކުރިން ގައިދީން ޑޮކްޓަރަށް ނުދެއްކޭ މައްސަލައާއި ނަފްސާނީ ބަލި ހުންނަ ފަރާތްތައް މޮނިޓަރ ނުކުރެވޭ މައްސަލަ!
04 މެއި 2026

ދޫނިދޫގައި ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާ ކުނަލެއް މަތީގައި މެންދުރު އަވީގައި ބާއްވާ: އެޗްއާރުސީއެމް

04 މެއި 2026
ދޫނިދޫގައި ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާ ކުނަލެއް މަތީގައި މެންދުރު އަވީގައި ބާއްވާ: އެޗްއާރުސީއެމް
25 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

25 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް
15 އެޕްރީލު 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަވްޝާދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ

15 އެޕްރީލު 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަވްޝާދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ
15 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

15 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ
15 އެޕްރީލު 2026

ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ

15 އެޕްރީލު 2026
ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ
23 މާރިޗު 2026

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް
10 މާރިޗު 2026

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް
02 މެއި 2025

ބާރުގެ ބޭނުންކޮށް އަނިޔާވެރިގޮތަކަށް ޒުވާނުންގެ މުޒާހަރާ ރޫޅާލުން އެޗްއާރުސީއެމް އިން އެކަން ކުށްވެރިއެއް ނުކުރި!

02 މެއި 2025
ބާރުގެ ބޭނުންކޮށް އަނިޔާވެރިގޮތަކަށް ޒުވާނުންގެ މުޒާހަރާ ރޫޅާލުން އެޗްއާރުސީއެމް އިން އެކަން ކުށްވެރިއެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް