Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙްމަދު ނަވްޝާދު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަވްޝާދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ

15 އެޕްރީލު 2026 | ބުދަ 17:34

މާލެ ކަސްޓޯޑިއަލްގެ ގޮޅިއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނުނު އަހުމަދު ނަވްޝާދު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާތީ، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައި. މި ހާދިސާގެ މައުލޫމާތު އެޗްއާރުސީއެމް އާއި އެންއައިސީއަށް ހިއްސާކޮށްފައިވާއިރު، އާއިލާއަށް މައުލޫމާތު ދިނުން ލަސްވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައި. ފުލުހުން މިހާރު ގެންދަނީ މި މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މަޚްތޫމް
މަޚްތޫމް | 15 އެޕްރީލު 2026 | ބުދަ 17:34
އައިޖީއެމްއެޗް ހޮސްޕިޓަލް.

އައިޖީއެމްއެޗް ހޮސްޕިޓަލް. | ރާއްޖެއެމްވީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަހުމަދު ނަވްޝާދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ނަވްޝާދު ނިޔާވީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުއްޓާ ބުދަ ދުވަހުގެ ހަވީރު އެވެ. ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން 2026 އޭޕްރީލް 15 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވެ އެވެ. 

ފުލުހުން ބުނީ ނަވްޝާދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ. 

އަދި އާއިލާއަށް މި މައުލޫމާތު ނުދީ ލަސްކުރިކަން އާއިލާއިން ވަނީ ހާމަކޮށްފަ އެވެ. 

ފުލުހުން ބުނީ ބަންދުގައި ހުއްޓާ ނިޔާވި މީހަކަށް ވުމާއެކު، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފަ އެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އަޙްމަދު ނަވްޝާދުމާލޭ ކަސްޓޯޑިއަލްއައި.ޖީ.އެމް.އެޗް ހޮސްޕިޓަލްހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއެންއައިސީ

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ

15 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި ނަވްޝާދުގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން، އަދިވެސް އާއިލާއަށް ވާނުވާ ނާންގާ
15 އެޕްރީލު 2026

ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ

15 އެޕްރީލު 2026
ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ
23 މާރިޗު 2026

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް
21 މާރިޗު 2026

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

21 މާރިޗު 2026
އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
10 މާރިޗު 2026

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް
09 ފެބުރުއަރީ 2026

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، މައްސަލަ ބަލަނީ

09 ފެބުރުއަރީ 2026
ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، މައްސަލަ ބަލަނީ
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
27 އޮކްޓޯބަރު 2025

އެންއައިސީ ގެ ރައީސް ކަމަށް ޝުޢައިބު ޢަބްދުއްރަހްމާނު އައްޔަން ކުރައްވައިފި

27 އޮކްޓޯބަރު 2025
އެންއައިސީ ގެ ރައީސް ކަމަށް ޝުޢައިބު ޢަބްދުއްރަހްމާނު އައްޔަން ކުރައްވައިފި
07 އޮކްޓޯބަރު 2025

"ހައްޔަރު ކުރި މީހުން ގަލާއި ބިއްލޫރި ފުޅި އުކިކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތުތަކެއް : އައިކު

07 އޮކްޓޯބަރު 2025
"ހައްޔަރު ކުރި މީހުން ގަލާއި ބިއްލޫރި ފުޅި އުކިކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތުތަކެއް : އައިކު
04 އޮކްޓޯބަރު 2025

އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައުލޫމާތު ދޭން ފުލުހުން ދެކޮޅު ހަދައިފި

04 އޮކްޓޯބަރު 2025
އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައުލޫމާތު ދޭން ފުލުހުން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް