Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމްގެ ދައުވާ

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ބަލައިގެންފި

25 އޯގަސްޓު 2026 | އަންގާރަ 09:37

ޓެރަރިޒަމްގެ 3 ދައުވާއެއް ސާބިތުވެ 23 އަހަރަށް ޖަލަށްލާފައިވާ ހޫދު މުހައްމަދު ޒާހިރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބަލައިގެންފި. ބޭރުގެ އިންޓެލިޖެންސް އިދާރާތަކުގެ އެހީތެރިކަމާއެކު ތަހުގީގުކުރި މި މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވީ އައިއެސް ޖަމާއަތަށް ތާއީދުކޮށް، ސޯޝަލް މީޑިއާ މެދުވެރިކޮށް ޓެރަރިޒަމަށް ހިތްވަރުދީ އިންޒާރު ދިންކަން ކަށަވަރުވުމާ ގުޅިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޯގަސްޓު 2026 | އަންގާރަ 09:37
ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު

ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވާ 23 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން، އެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި އެވެ.

އޭނާގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި 5 ދައުވާއެއް އުފުލާފައިވާއިރު، ސާބިތުވީ އޭގެން 3 ދައުވާއެކެވެ. އެގޮތުން އޭނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާ ދިނުމަށާއި މީހުން މެރުމަށާއި ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލާފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ދައުވާތައް ހުށަހެޅިއިރު ޕީޖީ އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާގެ މައްޗަށް މި ދައުވާތައް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 18 އޭޕްރީލް 2022 ގަ އެވެ.

ޕީޖީ އޮފީހުން މައުލޫމާތުދޭ ގޮތުގައި ހޫދު މުހައްމަދު ޒާހިރުއާ ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަހުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި ތަހުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

އެ ދައުވާތައް ސާބިތުވެ، ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެ ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގެންފަ އެވެ.

ހޫދު މުޙައްމަދު ޒާހިރުޓެރަރިޒަމްއިސްލާމިކް ސްޓޭޓްޕީޖީ އޮފީސް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

27 އޯގަސްޓު 2026
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި
21 އޯގަސްޓު 2026

ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި

21 އޯގަސްޓު 2026
ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި
30 ޖުލައި 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ

30 ޖުލައި 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ
24 ޖުލައި 2026

އަންހެނަކަށް ހެދިގެން މީހުންގެ ބަރަހަނާ ފޮޓޯ ހޯދައި ބްލެކްމެއިލް ކުރި މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓު

24 ޖުލައި 2026
އަންހެނަކަށް ހެދިގެން މީހުންގެ ބަރަހަނާ ފޮޓޯ ހޯދައި ބްލެކްމެއިލް ކުރި މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓު
19 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި

19 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
18 ޖޫން 2026

ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި

18 ޖޫން 2026
ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި
09 ޖޫން 2026

މިދިޔަ މަހު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 263 މައްސަލަ

09 ޖޫން 2026
މިދިޔަ މަހު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 263 މައްސަލަ
08 ޖޫން 2026

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

08 ޖޫން 2026
ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް