Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޫނު ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން ސޯބެ ކުރި ހޯއްދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފަ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ހިތަދޫ އާއި މާލޭގައި ޖުމްލަ 7 ފޮއްޓެއް ބަހައްޓާފައިވާއިރު، 4،121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވޭ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލުން ނިންމާލައި، ވަގުތީ ނަތީޖާތައް އިއުލާންކުރަން ފަށާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖޫން 2026 | ހޮނިހިރު 13:57
ހޫނު ޚަބަރު

ހޫނު ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކުރި ހޯއްދަވައިފި އެވެ. 

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާފައި ވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ހަތް ވޯޓު ފޮށިން އެމްޑީޕީ ގެ ކެންޑިޑޭޓް ސޯދިގު އަށް ލިބިފައިވަނީ 1337 ވޯޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސައީދު އަށް ލިބިފައިވަނީ 1312 ވޯޓެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާފައިވާ 5 ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލޭގައި ބަހައްޓާފައިވާ 2 ފޮއްޓެވެ. ހިތަދޫގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހިތަދޫ ސްކޫލްގަ އެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދަނީ ދަރުމަވަންތަ ސްކޫލްގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު ޖުމްލަ 4،121 މީހުންނަށް ލިބިގެންވެ އެވެ.

ހޫނު ހަބަރު

އިތުރަށް ކިޔާލަން

31 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާދެއްވައިފި

31 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާދެއްވައިފި
23 މެއި 2026

މުޅި ގްރޭޓަރ މާލެ އޭރިއާ ޓޯޓަލް ބްލެކްއައުޓެއްގައި

23 މެއި 2026
މުޅި ގްރޭޓަރ މާލެ އޭރިއާ ޓޯޓަލް ބްލެކްއައުޓެއްގައި
20 މެއި 2026

ޑައިވިން ހާދިސާގައި މަރުވި މީހުންގެތެރެއިން އެންމެ ފަހު ދެ ހަށިގަނޑު ނަގައިފި

20 މެއި 2026
ޑައިވިން ހާދިސާގައި މަރުވި މީހުންގެތެރެއިން އެންމެ ފަހު ދެ ހަށިގަނޑު ނަގައިފި
26 އެޕްރީލު 2026

ވައިޓް ހައުސްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓެއްގައު ބަޑީގެ ހަމަލާއެއް ދީފި

26 އެޕްރީލު 2026
ވައިޓް ހައުސްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އިވެންޓެއްގައު ބަޑީގެ ހަމަލާއެއް ދީފި
14 އެޕްރީލު 2026

އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

14 އެޕްރީލު 2026
އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު