Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސަގެ މަރު

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

24 އޯގަސްޓު 2026 | ހޯމަ 06:12

ލ. މާވަށު މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ދައުވާލިބޭ މުހައްމަދު އިބްރާހީމް ކުށަށް އިއުތިރާފުވެފައިވާއިރު، މަރުގެ ބަދަލުގައި މަރު ހިފަން ވާރިސުން ބޭނުންވާތީ އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައި. މިއީ ގަސްތެއް ނެތި ދެވުނު ހަމަލާއެއް ކަމަށް އޭނާ ބުނި ނަމަވެސް، ހަމަލާދިން ގޮތާއި ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު މިއީ ގަސްތުގައި ކުރި އަމަލެއްކަން ޝަރީއަތަށް ވަނީ ސާބިތުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޯގަސްޓު 2026 | ހޯމަ 06:12
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ބުނާ ލ. މާވަށު އުމުރުން 29 އަހަރުގެ މޫސަ (ވ) އަދި އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (ކ)

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ބުނާ ލ. މާވަށު އުމުރުން 29 އަހަރުގެ މޫސަ (ވ) އަދި އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (ކ) | ސޯޝަލް މީޑިއާ

ލ. މާވަށު، މޫސާ އިބްރާހީމް އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު އިބްރާހީމް އަށް ކުށް ސާބިތުވެ، އޭނާ މަރަން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި މި ހުކުމް ކުރެއްވީ އިސްގާޒީ އާދަމް މުހައްމަދު އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މުހައްމަދު އިބްރާހީމްއާ ދެކޮޅަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތަކަށް އިއުތިރާފުވެ، މުހައްމަދު ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާއިރު، އޭނާ އެދުނީ ވީހާވެސް ލުއި އަދަބެއް ދޭންކަމަށް އިސްގާޒީ ފާހަގަކުރެއްވި އެވެ.

ނަމަވެސް މިއީ ގަސްތުމަރުގެ މައްސަލައަކަށްވާއިރު، އޭނާއަށް ލުއި އަދަބެއް ދިނުމާއި، އޭނާއަށް ކަނޑައެޅޭ ސީދާ އަދަބު ބިނާވަނީ ވާރިސުން ނިންމާ ގޮތެއްގެ މައްޗަށްކަމަށް އިސްގާޒީ ވިދާޅުވި އެވެ. އެކަން އޭނާއަށްވެސް ބުނެދެވިފައިވާ ކަމަށާއި، އަދި ދެން އޮތް ދައުވާ އަނބުރާ ގެންދިއުމަށް ދައުލަތުން އެއްބަސްވެފައިވާކަމަށް އިސްގާޒީ ފާހަގަކުރެއްވި އެވެ.

ވާރިސުންގެ ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި މޫސަގެ ދެ ވާރިސުންކަމަށްވާ އޭނާގެ މަންމައާއި ބައްޕަ ވެސް ބުނެފައިވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އިތުރު އަދަބެއް ދެވޭކަށް ނޯންނާނެކަމަށް އިސްގާޒީ ވިދާޅުވި އެވެ.

އެހެންވެ މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވައި، ދައުލަތާއެކު ވެފައި އޮތް އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ބޭނުންވޭތޯ ސާފު ކުރުމަށް ފުރުސަތު ދިނުމުން، މުހައްމަދު ވަނީ ޝަރީއަތުގައި ކުށުގެ އަމަލަށް އަނެއްކާ ވެސް އިއުތިރާފުވެފަ އެވެ. ނަމަވެސް ހަމަލާ ދިނީ ގަސްތެއް ނެތިކަމަށް އޭނާ ބުނެފައިވެ އެވެ.

މުހައްމަދު ކިޔާދިން ގޮތުގައި އެ ދެމީހުންގެ މެދުގައި މާރާމާރީ ހިނގާފައިވަނީ 500 ރުފިޔާގެ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގަ އެވެ.

އޭނާ ހަމަލާދިނީ ގަސްތެއް ނެތިކަމަށް ބުނެފައިވާތީ، އޭނާއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އަދި ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް، އޭނާ ދިފާއީ ހެކިންގެ ތަފްސީލު ހުށަހަޅާފައެއް ނުވެ އެވެ.

ދައުވާލިބޭ މުހައްމަދު ތިން މަހައްލެއްގައި ކުށުގެ އަމަލަށް އިއުތިރާފުވެފައިވާކަމަށް އިސްގާޒީ ފާހަގަކުރެއްވި އެވެ. އަދި މޫސަ މަރާލުމުގެ ގަސްދެއް ނެތްކަމަށް މުހައްމަދު ބުނި ނަމަވެސް، ހަމަލާ ދީފައިވާ ގޮތާއި، ޒަހަމްގެ ފުންމިނުގެ އިތުރުން، ހަބީރުންގެ ހެކިތަކާއި، މައްސަލައިގެ ހެކިތަކަށް ބަލާއިރު، އެއީ ގަސްތުގައި ދިން ހަމަލާއެއްކަމަށް ބުރަވެވޭކަމަށް އިސްގާޒީ ވިދާޅުވި އެވެ.

މިއީ ގަމީސް ފޮޅާލާފައި ދިއުމުގެ ތެރޭގައި އޮޅިގެން ދެވުނު ހަމަލާއެއްކަމަށް މުހައްމަދު ބުނި ނަމަވެސް، މިއީ އޮޅުމަކުންވީ ކަމެއްނަމަ، އޭނާ މޫސާއަށް ފަރުވާދެވޭތޯ އަވަސްވެގަންނާނެކަމަށް އިސްގާޒީ ވިދާޅުވި އެވެ. ނަމަވެސް އޭނާ ހަމަލާދިނުމަށްފަހު ބެލީ އަވަހަށް އެތަނުން ދުރަސްގޮސް، ވަޅި ފޮރުވަންކަމަށް އިސްގާޒީ ފާހަގަކުރެއްވި އެވެ.

އެ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީގެ ތެރެއިން ތޫނު ވަޅިއެއް ބޭނުންކޮށްގެން މި ހަމަލާ ދީފައިވަނީ ގަސްތުގައިކަމަށް ބުރަވެވޭކަމަށް އިސްގާޒީ ވިދާޅުވި އެވެ. އެގޮތުން ހަމަލާ ދީފައިވަނީ ކަނާތްފަރާތުގެ ކަރުގެ ބުޑަށްކަމަށްވާއިރު، އެއީ 3.1 އިންޗީގެ ފުން ޒަހަމެކެވެ.

ކޯޓުން ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޑޮކްޓަރަކު ހާޒިރުކޮށް ހެކިބަސް ނަގާފަ އެވެ. އެއީ އިއުތިރާފާ އެއްގޮތަށް އެކަން ހިނގާ ދިޔަތޯ އިތުރަށް ކަށަވަރު ކުރުމަށެވެ.

އެ އަޑުއެހުމުގައި ދައުވާލިބޭ ފަރާތުން ވަނީ އޭނާ މޫސާ މަރާލި ގޮތް ދައްކުވައިދީފަ އެވެ. އެގޮތުން މޫސާއާ އެއް އިސްކޮޅެއްގެ މީހަކު ބަހައްޓައިގެން އެ އަޑުއެހުމުގައި ހާދިސާ ހިނގިކަމަށް ބުނާ ގޮތް ދައްކުވައިދީފައިވެ އެވެ.

އެ ޑޮކްޓަރުވެސް ވަނީ ވަޅި ހެރީ ގަސްތުގައިކަމަށް ބުރަވެވޭކަމަށް ބުނެފަ އެވެ. އެގޮތަށް ނިންމުމުގައި ޒަޚަމްގެ ފުން މިނާއި، ވަޅި ހަރާފައިވާ އޭންގަލް ފަދަ ކަންކަމަށް ރިއާޔަތްކޮށްފައިވެ އެވެ.

އިސްގާޒީ އާދަމް މުހައްމަދު ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، މޫސަގެ މަރުގެ މައްސަލައިގައި އޭނާ ކުށްވެރިވާކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި އަދަބެއްގެ ގޮތުން އޭނާ މެރުމަށް ގާޒީ ވަނީ ހުކުމް ކުރައްވާފަ އެވެ.

މޫސާ އިބްރާހިމްމުހައްމަދު އިބްރާހީމްކްރިމިނަލް ކޯޓްމީހުން މެރުން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ

23 އޯގަސްޓު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ކޮންޓެންޓު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަދްލާންގެ ދައުވާތައް އަނބުރާ ގެންދިޔައީ ހެކި ނެތިގެން: ޕީޖީ
23 އޯގަސްޓު 2026

ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް

23 އޯގަސްޓު 2026
ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ސިއްރު ހެކިވެރިޔާ ދީފައި އޮތް ހެކިބަސް އަނބުރާ ނުގެންދެވޭނެ: ދައުލަތް
19 އޯގަސްޓު 2026

ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އެދެފި

19 އޯގަސްޓު 2026
ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އެދެފި
19 އޯގަސްޓު 2026

މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި

19 އޯގަސްޓު 2026
މެއި 6 ގެ ހަމަލާ: ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނަގައިފި
16 އޯގަސްޓު 2026

ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

16 އޯގަސްޓު 2026
ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ
13 އޯގަސްޓު 2026

ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

13 އޯގަސްޓު 2026
ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި
13 އޯގަސްޓު 2026

ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!

13 އޯގަސްޓު 2026
ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!
12 އޯގަސްޓު 2026

ޝިއާއުގެ މަރު: ޝާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވައިފި، ދެން އޮންނާނީ ހުކުމް ކުރުން

12 އޯގަސްޓު 2026
ޝިއާއުގެ މަރު: ޝާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވައިފި، ދެން އޮންނާނީ ހުކުމް ކުރުން
10 އޯގަސްޓު 2026

ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ

10 އޯގަސްޓު 2026
ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ
08 އޯގަސްޓު 2026

ތައުލީމީ ދާއިރާއާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ސާފުކުރުމަށް އެދި މެންބަރު ކުޑޫގެ ސިޓީއެއް މިނިސްޓަރު ޝަފީއު އަށް

08 އޯގަސްޓު 2026
ތައުލީމީ ދާއިރާއާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ސާފުކުރުމަށް އެދި މެންބަރު ކުޑޫގެ ސިޓީއެއް މިނިސްޓަރު ޝަފީއު އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް