Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުމަތީ ހާދިސާ

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

23 އޯގަސްޓު 2026 | އާދީއްތަ 14:56

ނާފިއުގެ އާއިލާ އިން ބުނެފައި ވަނީ ދާދި ފަހުން ރާއްޖޭގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވިއިރު، ނާފިއުގެ ހަށިގަނޑު ހޯދުމަށް ބޭރުގެ އެހީތެރިކަން ނުހޯދަންވީ ސަބަބެއް ނޭނގޭ ކަމަށް. ނާފިއު ގެއްލުނީ ޤައުމީ ޚިދުމަތުގައި ރަސްމީ މަސައްކަތުގައި އުޅެނިކޮށް ކަމަށްވާއިރު، އޭނާ ހޯދުމަށް ސަރުކާރުންނާއި ކަމާ ބެހޭ ފަރާތްތަކުން އިސްކަމެއް ދޭން ޖެހޭނެ ކަމަށް އާއިލާ އިން ޤަބޫލު ކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2026 | އާދީއްތަ 14:56
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ޕޮލިސް ސާޖަންޓް އަލީ ނާފިއު

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ޕޮލިސް ސާޖަންޓް އަލީ ނާފިއު | ރާއްޖެ އެމްވީ

ޕޮލިސް ސާޖަންޓް އަލީ ނާފިއު ގެއްލިގެން ހޯދަމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު، އޭނާގެ އާއިލާ އިން އާދޭހާ އެކު ސަރުކާރުގައި އަދިވެސް އެދެނީ ހަށިގަނޑު ހޯދައި ދިނުމަށް ކަމަށް އެ އާއިލާ އިން ބުނެފި އެވެ.

ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ނާފިއުގެ އާއިލާ އިން ބުނީ، އެ ސަރަހައްދަކީ އިންސާނުންނަށް ނުދެވޭ ފުން ސަރަހަދެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާ ކަމަށެވެ. އާއިލާ އިން ވެސް އެކަން ޤަބޫލު ކުރާ ކަމަށާއި، އެހެން ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދައިގެން ވިޔަސް ނާފިއުގެ ހަށިގަނޑު އާއިލާއާ ހަމައަށް ގެނެސްދިނުމަކީ އާއިލާގެ އާދޭސް ކަމަށް ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ނާފިއުގެ އާއިލާ އިން ބުނެފައި ވަނީ ދާދި ފަހުން ރާއްޖޭގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ވެސް، ރައީސް ޑރ. މުއިއްޒު ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވިއިރު، ނާފިއުގެ ހަށިގަނޑު ހޯދުމަށް ބޭރުގެ އެހީތެރިކަން ނުހޯދަންވީ ސަބަބެއް ނޭނގޭ ކަމަށެވެ. ނާފިއު ގެއްލުނީ ޤައުމީ ޚިދުމަތުގައި، ރަސްމީ މަސައްކަތުގައި އުޅެނިކޮށް ކަމަށްވާއިރު، އޭނާ ހޯދުމަށް ސަރުކާރުންނާއި ކަމާ ބެހޭ ފަރާތްތަކުން އިސްކަމެއް ދޭން ޖެހޭނެ ކަމަށް އާއިލާ އިން ޤަބޫލު ކުރެ އެވެ.

މީގެ އިތުރުން ނާފިއުގެ އާއިލާ އިން ބުނެފައި ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަޑައިގެން، އެ އާއިލާއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ވެސް އެ އާއިލާގެ ފަރާތުން އެދިފައި ވަނީ، ނާފިއުގެ ހަށިގަނޑު އާއިލާއާ ހަމައަށް ގެނެސްދިނުމަށެވެ. އެ އާއިލާ އިން ބުނީ ނާފިއު ހޯދުމުގެ މަސައްކަތް މިހާރު ދާއިމީކޮށް ކުރިއަށް ނުގެންދާ ކަމަށާއި، ބައެއް ދުވަސް ދުވަހު ކުރިއަށް ގެންދިޔުމަށް ފަހު، އަނެއް ބައި ދުވަސް ދުވަހު ނުގެންދާ ކަމަށެވެ.

އެމީހުން އާއިލާއާ ބައްދަލު ކޮށްފައި ބުނީ، ތިމަންނަމެން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަމޭ އެބަ. އިއްޔަ ނޫން ކުރީ ދުވަހު ވެސް ގެންދިޔަ. އާއިލާ އަތުގައި އެބަ އިން އެ އެޕް، އޭގެއިން ކޮންމެ ދުވަހަކު ވެސް ބަލަމުން އެބަ ގެންދަން. މިއަދަކު ނެތް ގޮސްފައި. އިއްޔެ ނޫން ކުރީ ދުވަހު ދިޔަ، ގޮސްފައި އެ މީހުން ވަރަށް ބޮޑު ބައި ބެލި
ނާފިއުގެ އާއިލާ 

ނާފިއުގެ އާއިލާ އިން ބުނީ، މިދިޔަ ދުވަސްތަކުގައި ރައީސް މުއިއްޒު ނުވަތަ ސަރުކާރު އިސްވެރިޔަކު އެ އާއިލާ އަށް ގުޅުއްވާފައި ނުވާ ކަމަށެވެ. 

އެ އާއިލާ އިން އިތުރަށް ބުނެފައި ވަނީ އެއީ ވަރަށް ފުން ސަރަހަދެއްކަން ޤަބޫލު ކުރާ ކަމަށާއި، އެކަމުގައި ބައިވެރިވެ އިތުރު ފުރާނައެއް ގެއްލެން އާއިލާ އިން ވެސް ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެފަދަ ވަސީލަތްތަކެއް ހުރެދާނެ ކަމަށާއި ރައީސް މުއިއްޒު އެދިވަޑައިގެންފި ނަމަ ކައިރި ޤައުމުތަކުން ވެސް އެހީތެރިކަން ދޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. 

ނާފިއުގެ އަނބިމީހާ ވެސް ވަނީ، އެ ތަހުގީގު ކުރިއަށްދާ ގޮތް ވަރަށް ރަނގަޅަށް އެނގެން ބޭނުންވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުގެ ކިބައިގައި އެދިފައި އެވެ. އާއިލާ އިން ބުނީ ނާފިއުގެ އަނބިމީހާ އަދިވެސް ހުރީ ހިތްދަތިކަމާއި ހިތާމައިގެ ތެރޭގައި ކަމަށެވެ. އާއިލާއާ ބައްދަލުކުރުމަށް ފަހު ވެސް، ބޭރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އާއިލާ އަށް އަންގައިފަ އެވެ.

2026 އޮގަސްޓު ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު، ގއ. ކުޑަލަފަރީގެ އިރު އުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި، ހުވަދޫ ކަނޑަށް އަޑި އަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑު މަގުންނާއި އަދި ވައިގެ މަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަދި އޮޔާ ހިނގައި ދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި ހުވަދު އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ހުވަދު އަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. 

މިހާދިސާގައި ގެއްލިފައިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު އެމްއެންޑީއެފް އިން ސަލާމަތް ކޮށްފައިވެ އެވެ.

ހުވަދޫ ކަނޑުސާޖަންޓް އަލީ ނާފިއުދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

މިއަހަރުގެ ތެރޭގައި 331 ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދެނީ

23 އޯގަސްޓު 2026
މިއަހަރުގެ ތެރޭގައި 331 ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދެނީ
22 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި

22 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި
17 އޯގަސްޓު 2026

ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި

17 އޯގަސްޓު 2026
ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި
08 އޯގަސްޓު 2026

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

08 އޯގަސްޓު 2026
ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟
07 އޯގަސްޓު 2026

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި

07 އޯގަސްޓު 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި
06 އޯގަސްޓު 2026

ދޯނިން ގެއްލުނު ސިފައިންގެ މީހާ އާއި ފުލުހުންގެ މީހާގެ އިތުރުން ކެޕްޓަން އެންމެފަހުން ހުރީ ޕަންޕް ސެޓަޕް ޖަހައިގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތުގައި!

06 އޯގަސްޓު 2026
ދޯނިން ގެއްލުނު ސިފައިންގެ މީހާ އާއި ފުލުހުންގެ މީހާގެ އިތުރުން ކެޕްޓަން އެންމެފަހުން ހުރީ ޕަންޕް ސެޓަޕް ޖަހައިގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތުގައި!
05 އޯގަސްޓު 2026

ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

05 އޯގަސްޓު 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
03 އޯގަސްޓު 2026

ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން

03 އޯގަސްޓު 2026
ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން
03 އޯގަސްޓު 2026

އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި

03 އޯގަސްޓު 2026
އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި
02 އޯގަސްޓު 2026

ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ

02 އޯގަސްޓު 2026
ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް