Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން

3 އޯގަސްޓު 2026 | ހޯމަ 17:13

މާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 21,354 އުޅަނދު ބަލައިފާސްކޮށް، ގަވާއިދާ ހިލާފުވި 10,878 މީހުން ޖޫރިމަނާ ކޮށްފައިވާކަން ތަފާސްހިސާބުތަކުން ވަނީ ދައްކާފައި. މި މުއްދަތުގައި 3,417 އުޅަނދެއް ޓޯކޮށްފައިވާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ އަހަރީ ފީ ނުދައްކާ ދުއްވުމާއި ލައިސަންސް ނެތި އުޅަނދު ދުއްވި މައްސަލަތައް. އުޅަނދުތައް ޓޯކުރުމުގެ ބަދަލުގައި އަމިއްލައަށް ނެގުމަށް އެދި 23,000 އަށްވުރެ ގިނަ ފޯނު ކޯލު ފުލުހުން ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޯގަސްޓު 2026 | ހޯމަ 17:13
މާލޭގެ މަގެއްގައި، ފުލުހެއް ޓްރެފިކް ބަލަހައްޓަނީ

މާލޭގެ މަގެއްގައި، ފުލުހެއް ޓްރެފިކް ބަލަހައްޓަނީ | ޕޮލިސް

ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ. 

ހޯމަ ދުވަހު ފުލުހުން ވަނީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ ސިޓީގައި، 1 ޖެނުއަރީ 2026ން 30 ޖޫން 2026  ކުރެވުނު މަސައްކަތުގެ ތަފާސްހިސާބު އާއްމު ކޮށްފަ އެވެ. 

Advertisement - newsAdvertisement

ފުލުހުން ބުނީ، މި މުއްދަތުގެ ތެރޭގައި މާލޭގެ މަގުތަކުގައި ޓްރެފިކް ފުލުހުން 21,354 އުޅަނދު ބަލައިފާސްކޮށް އޭގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާކޮށް 8,740 ފަހަރު ނަސޭހަތް ދީފައިވާ ކަމަށެވެ. 

މި 181 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 118 އުޅަނދު ފާސްކޮށް 60 ޖޫރިމަނާ ކުރެވިފައިވެ އެވެ. ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާ ކުރެވިފައިވާއިރު، 41 އުޅަނދު ދުއްވި ފަރާތްތަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މަގުމަތީގެ ގަވާއިދުތައް ތަންފީޒުކޮށް އަމާންކަން ކަށަވަރުކުރުމަށްޓަކައި، މި މުއްދަތުގެ ތެރޭގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށްފައިވެ އެވެ. މީގެ އިތުރުން، ސްކޫލް ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް ޖުމްލަ 10,263 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު އެވްރެޖްކޮށް 6 ޗެކްޕޮއިންޓާއި، ޓްރެފިކް ބެލެހެއްޓުމުގެ 57 ހަރަކާތް ކަމަށް ފުލުހުން ބުނެ އެވެ.

ޕާކިންގ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން ބުނީ، އުޅަނދުތައް ޓޯކުރުމުގެ ބަދަލުގައި އަމިއްލައަށް އެ ތަކެތި ނެގުމަށް އެދުމުގެ ގޮތުން އުޅަނދުތަކުގެ ވެރި ފަރާތްތަކަށް ޖުމްލަ 23,608 ފޯނު ކޯލު ކޮށްފައިވާ ކަމަށެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 130 ކޯލެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޖުމްލަ 3,417 އުޅަނދެއް ޓޯކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 3,336 ސައިކަލާއި ހަތަރުފުރޮޅުލީ 81 އުޅަނދު ކަމަށެވެ.

މީގެ އިތުރުން، ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1,080 އުޅަނދެއް އެހެން ސަރަހައްދުތަކަށް ބަދަލުކުރެވުނު ކަމަށާއި، މި ތަފާސްހިސާބުތަކަށް ބަލާއިރު، ޓޯކުރުމާއި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ ޖުމްލަ 4,497 އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. 

މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ ސިޓީގައި، 1 ޖެނުއަރީ 2026ން 30 ޖޫން 2026 ފުލުހުން ކުރި މަސައްކަތުގެ ތަފާސްހިސާބު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ ސިޓީގައި، 1 ޖެނުއަރީ 2026ން 30 ޖޫން 2026 ފުލުހުން ކުރި މަސައްކަތުގެ ތަފާސްހިސާބު | މޯލްޑިވްސް ޕޮލިސް ސާރވިސް

ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލަކު 6 މީހުންނެވެ. މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވި 71 އުޅަނދަކާއި، ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުންގެ އެކި ތަހުގީގުތަކާ ގުޅުންހުރި 348 އުޅަނދެއްގެ އިތުރުން، ގަވާއިދާ ހިލާފަށް ބަދަލު ގެނެސްގެން ދުއްވި 32 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ، ޖޫރިމަނާ ކުރެވުނު ޖުމްލަ 10,878 އަދަދުން ޖޫރިމަނާގެ 59 ބާވަތެއްގެ ކުށަށް ބެހިފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތައް ކަމަށެވެ.

އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2,249 ޖޫރިމަނާއެއް ކޮށްފައިވާއިރު، މިއީ ޖުމްލަ ޖޫރިމަނާގެ 20.67 އިންސައްތަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވުނު 10 ބާވަތުގެ ކުށަށް އެކަނިވެސް 8,611 ޖޫރިމަނާ ކޮށްފައިވެ އެވެ. މިއީ މުޅި ޖުމްލަ ޖޫރިމަނާގެ 79.16 އިންސައްތަ އެވެ.

ޖޫރިމަނާ ކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި އަހަރީ ފީގެ އިތުރުން، އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޑްރައިވިންގ ލައިސަންސް ނެތި ދުއްވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުން ހިމެނެ އެވެ. މީގެ އިތުރުން ނަންބަރު ޕްލޭޓްގެ މައްސަލަތަކާއި، ދުއްވަމުން ފޯނު ބޭނުންކުރުމާއި، ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ އިތުރުން، މުދާ އުފުލުމާއި ޓެކްސީ ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެން ކުރެވުނު ޖޫރިމަނާތައް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. 

މަސްދަރު: ފުލުހުންގެ ޚިދުމަތް

ޓްރެފިކްދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި

03 އޯގަސްޓު 2026
އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި
02 އޯގަސްޓު 2026

ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ

02 އޯގަސްޓު 2026
ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ
02 އޯގަސްޓު 2026

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

02 އޯގަސްޓު 2026
ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
02 އޯގަސްޓު 2026

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!

02 އޯގަސްޓު 2026
ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!
01 އޯގަސްޓު 2026

އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ

01 އޯގަސްޓު 2026
އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ
31 ޖުލައި 2026

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން

31 ޖުލައި 2026
އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން
31 ޖުލައި 2026

100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

31 ޖުލައި 2026
100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
31 ޖުލައި 2026

ގާފަރު ކައިރި އަށް ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް، ދެ މީހަކު ގެއްލިއްޖެ

31 ޖުލައި 2026
ގާފަރު ކައިރި އަށް ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް، ދެ މީހަކު ގެއްލިއްޖެ
30 ޖުލައި 2026

ހުޅުމާލޭގައި މީހެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

30 ޖުލައި 2026
ހުޅުމާލޭގައި މީހެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި
26 ޖުލައި 2026

ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 3 މީހުން ޖޫރިމަނާކޮށްފި

26 ޖުލައި 2026
ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 3 މީހުން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް