Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

ކޯޓު އަމުރެއްގެ ދަށުން ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި

7 އޯގަސްޓު 2026 | ހުކުރު 08:39

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމުގެ ތުހުމަތުގައި ސ. މަރަދޫ، ފާގަތި، ޢުމަރު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާއިރު، އޭގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2026 | ހުކުރު 08:39
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ސ. މަރަދޫ / ފާގަތި، ޢަބްދުﷲ ޢުމަރު

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ސ. މަރަދޫ / ފާގަތި، ޢަބްދުﷲ ޢުމަރު | މޯލްޑިވްސް ޕޮލިސް ސާރވިސް

ކޯޓު އަމުރެއްގެ ދަށުން ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު، އައްޑޫ ސިޓީ މަރަދޫއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ސ. މަރަދޫ / ފާގަތި، 58 އަހަރުގެ ޢަބްދުﷲ ޢުމަރު ކަމަށެވެ. 

Advertisement - newsAdvertisement

އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އެވެ. 

ފުލުހުން ބުނީ، ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގަން ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ޚާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ސ. މަރަދޫ / ފާގަތިގެ ފުލުހުން ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށެވެ. 

މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެތި ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރޭގައި، ޕަވަރ ޓޫލް، ކާޗަރ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނެ އެވެ. މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އުމަރު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ވައްކަމާއި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް މުޅި ރާއްޖޭގައި ފުލުހުން ގެންދަނީ ތަފާތު އެކިއެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތްވައްކަން ކުރުމުގެ ތުހުމަތުމަރަދޫ، އައްޑޫސިޓީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

05 އޯގަސްޓު 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
03 އޯގަސްޓު 2026

ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން

03 އޯގަސްޓު 2026
ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން
03 އޯގަސްޓު 2026

އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި

03 އޯގަސްޓު 2026
އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި
02 އޯގަސްޓު 2026

ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ

02 އޯގަސްޓު 2026
ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ
02 އޯގަސްޓު 2026

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

02 އޯގަސްޓު 2026
ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
02 އޯގަސްޓު 2026

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!

02 އޯގަސްޓު 2026
ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!
01 އޯގަސްޓު 2026

އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ

01 އޯގަސްޓު 2026
އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ
31 ޖުލައި 2026

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން

31 ޖުލައި 2026
އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން
31 ޖުލައި 2026

100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

31 ޖުލައި 2026
100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
31 ޖުލައި 2026

ގާފަރު ކައިރި އަށް ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް، ދެ މީހަކު ގެއްލިއްޖެ

31 ޖުލައި 2026
ގާފަރު ކައިރި އަށް ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް، ދެ މީހަކު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް