Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފުލުހުންގެ ޚިދުމަތް

މިއަހަރުގެ ތެރޭގައި 331 ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދެނީ

23 އޯގަސްޓު 2026 | އާދީއްތަ 11:03

ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ މިއަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޖުމްލަ 331 އޮފިސަރަކަށް މަޤާމުގެ ކުރިއެރުން ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފުލުހުންނަށް މަޤާމުގެ ކުރިއެރުން އާދީއްތަ ދުވަހު ހަވާލު ކޮށްފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2026 | އާދީއްތަ 11:03
ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު

ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު | މޯލްޑިވްސް ޕޮލިސް

މިއަހަރުގެ ތެރޭގައި 331 ފުލުހުންނަށް މަގާމުގެ ކުރިއެރުން ދޭން ނިންމައިފި އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ މިއަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޖުމްލަ 331 އޮފިސަރަކަށް މަޤާމުގެ ކުރިއެރުން ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފުލުހުންނަށް މަޤާމުގެ ކުރިއެރުން އާދީއްތަ ދުވަހު ހަވާލު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހުގެ ރަސްމިއްޔާތުގައި ޕްރޮމޯޝަންގެ ލިޔުން ހަވާލު ކޮށްފައި ވަނީ ސީނިއާ ސާޖަންޓް ރޭންކުން ސަބް އިންސްޕެކްޓާ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި ސާޖަންޓް ރޭންކް އިން ސީނިއާ ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުނުންނާއި ކޮންސްޓަބަލް ރޭންކް އިން ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނަށެވެ. 

އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި، މުވައްޒަފުންނަށް ހައްޤުވާ މަޤާމުގެ ކުރިއެރުމާއި، ކުލަ އާއި މެޑަލް ފަދަ ޝަރަފުތައް ދިނުމުގައި ލީޑާޝިޕް އިން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. އެގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއްވެސް މުވައްޒަފެއްގެ ހައްގެއް ނުހިފަހައްޓައި ފޯރުކޮށްދޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ފުލުހުންނާ މުޚާތަބު ކުރައްވައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ރޭންކެއް ބަދަލު ވެގެން ދިޔުމަކީ އިއްޔެ ކުރި މަސައްކަތަށް ވުރެ ބޮޑަށް ފަރުވާތެރިވެ، އިތުރު ހަރުފަތެއްގެ ޒިންމާ އުފުލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލު ކުރެވުނު ރޭންކާ އެއްވަރަށް ޚިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް މަސައްކަތްކޮށް، ނަމޫނާ ދެއްކުމަށް އިލްތިމާސް ކުރެއްވި އެވެ. 

މީގެ އިތުރުން ފުލުހުންގެ އަޚުލާޤީ މިންގަނޑުތަކަށް އަލިއަޅުއްވައި ލައްވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އަޚުލާޤަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ ޤާނޫނު ތަންފީޒު ކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ އަސާސީ ސިފައެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި

22 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި
07 އޯގަސްޓު 2026

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި

07 އޯގަސްޓު 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި
05 އޯގަސްޓު 2026

ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

05 އޯގަސްޓު 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
03 އޯގަސްޓު 2026

ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން

03 އޯގަސްޓު 2026
ފާއިތުވި 6 މަސް ދުވަހު ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން 51 އުޅަނދު ޖޫރިމަނާ ކޮށްފައިވޭ: ފުލުހުން
03 އޯގަސްޓު 2026

އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި

03 އޯގަސްޓު 2026
އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރުމަށް މެންްބަރު ކުޑޫ ފުލުހުންގެ ކިބައިން އެދިވަޑައިގެންފި
02 އޯގަސްޓު 2026

ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ

02 އޯގަސްޓު 2026
ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަނީ
02 އޯގަސްޓު 2026

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

02 އޯގަސްޓު 2026
ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
02 އޯގަސްޓު 2026

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!

02 އޯގަސްޓު 2026
ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!
01 އޯގަސްޓު 2026

އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ

01 އޯގަސްޓު 2026
އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަ
31 ޖުލައި 2026

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން

31 ޖުލައި 2026
އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް