Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލެގޫންސް ސްޕޯޓްސް ކުލަބު

ލެގޫންސް ކުލަބުގެ އިންތިޚާބާ ގުޅިގެން، ތޮލާލްގެ މައްސަލައެއް ސްޕޯޓްސް ކައުންސިލް އަށް ހުށަހަޅައިފި

20 އޯގަސްޓު 2026 | ބުރާސްފަތި 04:17

މި މައްސަލަ ސްޕޯޓްސް ކައުންސިލް އަށް ހުށަހަޅާފައި ވަނީ އެ ކުލަބުގެ ދެ މެންބަރުން ކަމަށްވާ، އަބްދުލް ވާހިދު އާއި، އަޙުމަދު އަލީ. ސްޕޯޓްސް ކައުންސިލް އަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، ކޮމިޝަނަރު ތޮލާލް ވަނީ ކޯޓުގެ ހުކުމާ ޚިލާފަށް އަމަލު ކޮށްފައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2026 | ބުރާސްފަތި 04:17
ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް

ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް | މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް

ލެގޫންސް ސްޕޯޓްސް ކުލަބުގެ ހިންގާ ކޮމެޓީ ހޮވަން ބޭއްވި އިންތިޚާބާ ގުޅިގެން، ސިވިލް ކޯޓު އަދި ހައި ކޯޓުން ނެރެފައިވާ ހުކުމްތަކާއި، އުމުރުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާާލްގެ މައްސަލައެއް ސްޕޯޓްސް ކައުންސިލް އަށް ހުށަހަޅައިފި އެވެ. 

މި މައްސަލަ ސްޕޯޓްސް ކައުންސިލް އަށް ހުށަހަޅާފައި ވަނީ އެ ކުލަބުގެ ދެ މެންބަރުން ކަމަށްވާ، ޢަބްދުލް ވާހިދު އާއި، އަހުމަދު އަލީ އެވެ. ސްޕޯޓްސް ކައުންސިލް އަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، ކޮމިޝަނަރު ތޮލާލް ވަނީ ކޯޓުގެ ހުކުމާ ޚިލާފަށް އަމަލު ކޮށްފައި ކަމަށެވެ. 

އެގޮތުން އެ މައްސަލައިގައި ބުނެފައި ވަނީ، އެ ކުލަބުގެ ހިންގާ ކޮމެޓީގެ މެންބަރުން ވަކި ކުރަން ނިންމި ނިންމުމަކީ، ބާތިލު ނިންމުމެއް ކަމަށް މިއަހަރުގެ ޖޫން މަހު ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ހިންގާ ކޮމެޓީގެ ދައުރު މިއަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާއި، އިންތިޚާބު ބާއްވައި މެންބަރުން އިންތިޚާބު ކޮށްފައި ވަނީ، އަދި މެންބަރުން ވަކި ކޮށްފައި ވަނީ ވައިބާ ގުރޫޕު މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރު ކޮށްފައި ވަނީ، 227 މެންބަރުން ހިމެނޭ ޞައްހަ ދަފުތަރެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައި އެވެ. ސިވިލް ކޯޓުގެ އެ ހުކުމް ބާތިލު ކުރުމަށް ލެގޫންސް ކުލަބުގެ ކުރީގެ ހިންގާ ކޮމެޓީ އިން ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ހައި ކޯޓުން ވެސް ނިންމާފައި ވަނީ، އެ ކުލަބުގައި މިހާރު އޮތީ ޤާނޫނީ ގޮތުން ޞައްހަ ހިންގާ ކޮމެޓީއެއް ނޫން ކަަމަށް، ވާހިދު އަދި އަލީގެ ސިޓީގައި ވަނީ ފާހަގަ ކޮށްފައި އެވެ. 

އެހެން ނަމަވެސް، ލެގޫންސްގެ ދައުރު ހަމަވެފައިވާ ހިންގާ ކޮމެޓީ އިން ވަނީ، އަމިއްލަ އަށް އެކުލަވާލި ލިސްޓަކަށް ދާދި ފަހުން އިންތިޚާބު ބާއްވާފައި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެއީ ކޮމިޝަނަރުގެ އެއްވެސް ބައިވެރިވުމެއް ނެތި ބޭއްވި އިންތިޚާބެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، އެ އިންތިޚާބުގެ ނަތީޖާ ކޮމިޝަނަރުގެ ފަރާތުން ފަހުން ޤަބޫލުކޮށް، އެންޑޯސްކޮށްފައިވާ ކަމަށާއި، ކުލަބުގެ ދަފުތަރު ވެސް އަދާހަމަ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. 

އެހެންވެ ކޮމިޝަނަރު ތޮލާލްގެ އެ އަމަލަކީ ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އަޅައި، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކޮށްފައިވާ އަމަލެއް ކަމަށްވާތީ، ތޮލާލްއާ މެދު ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅު އަޅައި ދިނުމަށް އެ ދެ މެންބަރުން ވަނީ އެދިފައި އެވެ. 

ލެގޫން ސްޕޯޓްސް ކްލަބްކޮމިޝަނަރ އޮފް ސްޕޯޓްސްމުޙައްމަދު ޠަލާލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖޫން 2025

އެފްއޭއެމް އިން ކުލަބުތަކަށް ދީފައިވާ ފައިސާގެ އެންމެހައި ތަފްސީލު ހޯދަން އެދިއްޖެ

24 ޖޫން 2025
އެފްއޭއެމް އިން ކުލަބުތަކަށް ދީފައިވާ ފައިސާގެ އެންމެހައި ތަފްސީލު ހޯދަން އެދިއްޖެ
15 މެއި 2024

ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް

15 މެއި 2024
ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް
15 މެއި 2024

އެސޯސިއޭޝަންތައް އޮޑިޓްކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދެނީ

15 މެއި 2024
އެސޯސިއޭޝަންތައް އޮޑިޓްކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދެނީ
14 މާރިޗު 2024

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

14 މާރިޗު 2024
ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
01 ފެބުރުއަރީ 2024

ކުލަބުތަކުން ފައިސާ ބޭނުންކުރާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް ކޮމިޝަނުން އެދިއްޖެ

01 ފެބުރުއަރީ 2024
ކުލަބުތަކުން ފައިސާ ބޭނުންކުރާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް ކޮމިޝަނުން އެދިއްޖެ
15 ޖެނުއަރީ 2024

ކޮމިޝަނަރަށް ދައުވަތު ދީގެން ވެލެންސިއާގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވަނީ!

15 ޖެނުއަރީ 2024
ކޮމިޝަނަރަށް ދައުވަތު ދީގެން ވެލެންސިއާގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވަނީ!
28 ޑިސެމްބަރު 2023

ގަވާއިދާ ހިލާފުވުމުން، އެފްއޭއެމް އިންތިޙާބު ހުއްޓުވައިފި

28 ޑިސެމްބަރު 2023
ގަވާއިދާ ހިލާފުވުމުން، އެފްއޭއެމް އިންތިޙާބު ހުއްޓުވައިފި
23 ނޮވެމްބަރު 2023

އެއް ވުޒާރާއެއްގައި ދެ ވަޒީރުން؟ މިއީ ކިހިނެއްވާ ކަމެއް؟

23 ނޮވެމްބަރު 2023
އެއް ވުޒާރާއެއްގައި ދެ ވަޒީރުން؟ މިއީ ކިހިނެއްވާ ކަމެއް؟
21 ނޮވެމްބަރު 2023

ވަޒީރުންގެ ފެންވަރުގައި ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމަށް ތޮލާލް

21 ނޮވެމްބަރު 2023
ވަޒީރުންގެ ފެންވަރުގައި ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމަށް ތޮލާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް