Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އެއް ވުޒާރާއެއްގައި ދެ ވަޒީރުން؟ މިއީ ކިހިނެއްވާ ކަމެއް؟

ސްޕޯޓްސް ކޮމިޝަނަރަށް ލިބިދޭ ބާރުތަކުގެ ބޭނުން ހިފާގޮތާ ބޭހޭ ގޮތުން އަދި، މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ޖަވާބުދާރީ ވާން ޖެހޭ ފަރާތަކީ ކުޅިވަރު ވަޒީރު

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 05:28
ކުޅިވަރު ވުޒާރާގެ ނަން ބޯޑު

ކުޅިވަރު ވުޒާރާގެ ނަން ބޯޑު

ސަރުކާރު ބަދަލުވެ، އައު ސަރުކާރުން މިހާރު ދަނީ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވަމުންނެވެ. ރައީސުލްޖުޙޫރިއްޔާގެ އޮފީހަށް ބޭނުންވާ މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމާއި، ވުޒާރާތަކަށް ބޭނުންވާ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމެވެ. ސަރުކާރުގެ ވުޒާރާތަކުގެ އެންމެ އިސް ފަރާތަކީ، އެ ވުޒާރާ އަކަށް ޢަައްޔަން ކުރައްވާ ވަޒީރެވެ. އެ ވުޒާރާގެ އެންމެހައި ކަންކަން ނިންމަވާނީ ވަޒީރުގެ ބެއްލެވުމުގެ ދަށުންނެވެ. ނަމަވެސް، އަންގާރަ ދުވަހު ޢައްޔަން ކުރެއްވި މަޤާމަކާއެކު، ގިނަ ސުވާލުތަކެއް އުފެދިއްޖެ އެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް، އެތުލެޓިކް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ޕްރޮގްރެެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޠަލާލް ޢައްޔަން ކުރެއްވީ ވަޒީރުންގެ ފެންވަރުގަ އެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ތަސްދީޤުކުރެއްވި، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މަޤާމެކެވެ. އެ ޤާނޫނުގެ ހަ ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުން، ރައީސުލްޖުމްޙޫރިއްޔާ ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވާނީ، ކުޅިވަރާ ބެހޭ ވަޒީރު އަދި ކުޅިވަރުގެ ޤައުމީ މަޖިލީހުގެ ލަފަޔާއެކު އެވެ.

އެއާ ވިދިގެން އޮތް މާއްދާ، (ނ)ގައި ބުނެފައި ވާގޮތުން، ކުޅިވަރު ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކުގެ ދަށުން، ސްޕޯޓްސް ކޮމިޝަނަރަށް ލިބިދޭ ބާރުތަކުގެ ބޭނުން ހިފާގޮތާ ބޭހޭ ގޮތުން އަދި، މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ޖަވާބުދާރީ ވާން ޖެހޭ ފަރާތަކީ ކުޅިވަރު ވަޒީރު އަދި ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހެވެ. މިހާތަނަށް، ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމަށް ޢައްޔަން ކުރެއްވި ބޭފުޅުން ޢައްޔަން ކުރައްވަނީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

ސުވާލު އުފެދި، މައްސަލަ ދިމާވަނީ މި ހިސާބުންނެވެ. ސްޕޯޓްސް ކޮމިޝަނަރަކީ، ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ކޮމިޝަނެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެއީ ކުޅިވަރު ވުޒާރާގެ އެއް ޑިޕާޓުމަންޓެވެ. އެހެންކަމަށްވާއިރު، ކުޅިވަރު ވުޒާރާގައި ދެ ވަޒީރުން ތިއްބަވަނީ އެވެ. ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްޕޯޓްސް ކޮމިޝަނަރު ޠަލާލް އެވެ. ދެ ބޭފުޅުންނަކީ ވެސް ވަޒީރުންގެ ފެންވަރުގެ ބޭފުޅުންނެވެ.

ނަމަވެސް، މީގެ ކުރީގެ ސްޕޯޓްސް ކޮމިޝަނަރުންނަކީ ވަޒީރު ފެންވަރުގެ ބޭފުޅުންނެއް ނޫނެވެ. މިއީ، އެ މަޤާމަށް ވަޒީރު ފެންވަރުގައި ބޭފުޅަކު ޢައްޔަން ކުރެއްވި ފުރަތަމަ ފަހަރު ވެސް މެއެވެ. އެހެންކަމަށްވާއިރު، ކުޅިވަރު ވުޒާރާގެ ހިންގުމުގައި ފުށުއެރުންތަކެއް އުޅޭނެ އެވެ. އެ ވުޒާރާގެ އެންމެ އިސްވެރިޔަކީ މީގެ ކުރިން ކުޅިވަރު ވަޒީރަށް ވީ ނަމަވެސް، ވަޒީރު ފެންވަރުގެ އެހެން ބޭފުޅަކު ޢައްޔަން ކުރެއްވުމުން، އުފެދޭ ސުވާލަކީ، މިހާރު އެންމެ އިސްވެރިޔަކީ ކޮން ބޭފުޅެއްތޯ އެވެ؟ ނިންމުންތައް ނިންމަވާނީ، ކޮން ބޭފުޅެއްތޯ އެވެ؟ މިއީ އެއް އުރައެއްގައި ދެ ކަނޑި އޮތުން ކަހަލަ ކަމެކެވެ. ނޫން ނަމަ، ކުޅިވަރު ވަޒީރަށް، ސްޕޯޓްސް ކޮމިޝަނަރު ޖަވާބުދާރީ ކުރެވިދާނެ ހެއްޔެވެ؟

މިކަމުގެ އެތެރެޔަށް ފީނާލައި، ބެލި ބެލުމުން ސާފުވީ، މިއީ ސިޔާސީ ކަމެއް ކަމެވެ. އައު ސަރުކާރުން އެންމެ ފުރަތަމަ ކުޅިވަރު ވަޒީރުކަން ހުށަހެޅުއްވީ ޠަލާލަށެވެ. ނަމަވެސް، އެ ވަގުތު ޠަލާލް އެ މަޤާމާ ހަވާލުވެވަޑައިގަންނަވަން އެއްބަސްނުވީ، ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަން ބޭނުންފުޅު ވާތީ އެވެ. ޠަލާލްގެ އެ ހުށަހެޅުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އެއްބަސްވެ ވަޑައިގެންނެވި ކަމަށްވެ އެވެ. ނަމަވެސް މައްސަލަ ދިމާވީ، ފަހުން ރައީސް އޮފީހުގެ މިނިސްޓަރުކަން ޠަލާލަށް ނުދިނުމުންނެވެ. އޭގެ ބަދަލެއްގެ ގޮތުގައި، ވަޒީރު ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމު ޠަލާލަށް ދެއްވީ އެވެ.

އެހެންވީއިރު، މިއީ ބޮޑު ފުށުއެރުމަކަށް ވާނެ އެވެ. ވުޒާރާގެ ހިންގުމުގައި މިއީ މައްސަލަތަކެއް ދިމާވެދާނެ ފަދަ ކަމެކެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)މުޙައްމަދު ޠަލާލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

03 ސެޕްޓެމްބަރު 2025
ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު