ރަޝިޔާ އިން ރާއްޖެ އަށް ކުރަމުންދާ ވައިގެ ދަތުރުތައް އިތުރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
19 އޯގަސްޓު 2026 | ބުދަ 07:56ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ އިން މިހާރު ރާއްޖެ ދަތުރު ކުރަމުންދާ ފްލައިޓްތައް މި އެއްބަސްވުމަށް ފަހު އިތުރުވެގެން ދާނެ ކަމަށް. އަދި އިތުރުވެގެންދާ ދަތުރުތަކުގެ ސަބަބުން ގައުމުގެ ޓޫރިޒަމްގެ ދާއިރާ އަށް އިތުރު ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައި


ދިވެހި ރާއްޖެ އާއި ރަޝިޔާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން | ސޯޝަލް މީޑިއާ
ރަޝިޔާ އިން ދިވެހިރާއްޖެ އަށް ކުރަމުންދާ ވައިގެ ދަތުރުތައް އިތުރު ކުރުމަށް ދެ ޤައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރަޝިޔާގެ ވެރި ރަށް މޮސްކޯގައި ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެވެ. އަދި ރަޝިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ސްޓޭޓް ސެކްރަޓަރީ އޮފް ޓްރާންސްޕޯޓް އޮފް ދަ ރަޝިޔަން ފެޑެރޭޝަން ޑިމިޓްރީ ޒޭރެވް އެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ އިން މިހާރު ރާއްޖެ ދަތުރު ކުރަމުންދާ ފްލައިޓްތައް މި އެއްބަސްވުމަށް ފަހު އިތުރުވެގެން ދާނެ ކަމަށެވެ. އަދި އިތުރުވެގެން ދާ ދަތުރުތަކުގެ ސަބަބުން ގައުމުގެ ޓޫރިޒަމްގެ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައި އެވެ.
މިހާރު ކުރިއަށްދާ ރަޝިޔާ އަދި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން، މީގެ ކުރިން ރަޝިޔާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ވުރެ، މިހާރު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައި އެވެ. ނަމަވެސް، މި އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެ އަންނަ އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިޔާ އިންނެވެ.










