Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތުރުކީ ސުޕަރ ލީގު

ޓްރަބްޒޮންސްޕޯގައި ޞަލާހު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ

17 އޯގަސްޓު 2026 | ހޯމަ 03:25

ތުރުކީގެ ސުޕަރ ލީގުގެ އައު ސީޒަން ފެށުމުގެ ގޮތުން ކަސިމްޕާސާ އާއި ޓްރަބްޒޮންސްޕޯ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން. މިއީ ލިވަޕޫލް ދޫކޮށްލުމަށް ފަހު، ޓްރަބްޒޮންސްޕޯ އަށް ބަދަލުވި ފަހުން ޞަލާހު އެ ޓީމަށް ކުޅުނު ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2026 | ހޯމަ 03:25
 ޓްރަބްޒޮންސްޕޯ އަށް ޞަލާހު ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން

ޓްރަބްޒޮންސްޕޯ އަށް ޞަލާހު ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން | ގެޓީ އިމޭޖަސް

ދާދި ފަހުން ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް ބަދަލުވި މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާހު، އެ ކުލަބުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ އެވެ. 

ތުރުކީގެ ސުޕަރ ލީގުގެ އައު ސީޒަން ފެށުމުގެ ގޮތުން ކަސިމްޕާސާ އާއި ޓްރަބްޒޮންސްޕޯ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއީ ލިވަޕޫލް ދޫކޮށްލުމަށް ފަހު، ޓްރަބްޒޮންސްޕޯ އަށް ބަދަލުވި ފަހުން ޞަލާހު އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި ނޯއާ ސާވިއޯލޯ ކާމިޔާބުކޮށްދިން ލަނޑާ އެކު ލީޑު ނެގީ ޓްރަބްޒޮންސްޕޯ އިންނެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ކަސިމްޕާސާގެ އެޑްރިއަން ބެނެޑިޗަކް ވަނީ ޕެނަލްޓީ އަކުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި އެވެ. ކަސިމްޕާސާ އިން ނަތީޖާ ހަމަހަމަ ކުރިތާ މާގިނައިރުތަކެއް ނުވަނީސް، މެޗުގެ 58 ވަނަ މިނެޓުގައި ޞަލާހު ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެފައި އެވެ. 

ލިވަޕޫލްގައި ނުވަ ސީޒަން ހޭދަކުރުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގައި ޓްރަބްޒޮންސްޕޯއާ ގުޅުނު ޞަލާހު ވަނީ، މެޗުގައި ޓްރަބްޒޮންސްޕޯ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ހޯދައިފަ އެވެ. ނަމަވެސް، މެޗުގައި ޞަލާހު އަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ކާމިޔާބުކުރުމުގައި އެ ޓީމު ވަނީ ނާކާމިޔާބުވެފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓްރަބްޒޮންސްޕޯގެ ކޯޗު ފާތިހު ޓެކޭ ބުނީ، މިއީ ވަރަށް ދެރަ ފެށުމެއް ކަމަށާއި، މިއީ އެ ޓީމުން މޮޅުވާން މަޖުބޫރު މެޗަކަށް ވީ ނަމަވެސް، އެކަން ކާމިޔާބު ނުވީ ކަމަށެވެ. މީގެ އިތުރުން އަންނަ އަންގާރަ ދުވަހު ހަންގޭރީގެ ފެރެންކްވަރޯސްއާ ދެކޮޅަށް ކުޅޭ ޔޫރޮޕާ ލީގުގެ ޕްލޭ އޮފް މެޗަކީ ވަރަށް މުހިންމު މެޗެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެ ޓީމަކީ ޓްރަބްޒޮންސްޕޯ އަށްވުރެ މާ ވަރުގަދަ ޓީމެއް ކަމަށެވެ.

ތުރުކީގެ ލީގު ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ ޓްރަބްޒޮންސްޕޯ އަކީ މިދިޔަ ސީޒަންގެ ލީގުގެ ތިން ވަނަ ހޯދި އަދި ތުރުކީ ކަޕްގެ ޗެމްޕިއަން ޓީމެވެ. އުމުރުން 34 އަހަރުގެ ޞަލާހު ޓްރަބްޒޮންސްޕޯ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 

ތުރުކީގެ ސުޕަ ލީގުޓްރަބްޒޮންސްޕޯމުހައްމަދު ޞަލާހް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

ޞަލާޙު ބަދަލު ވަނީ ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް

06 އޯގަސްޓު 2026
ޞަލާޙު ބަދަލު ވަނީ ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް
08 ޖުލައި 2026

މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!

08 ޖުލައި 2026
މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!
07 ޖުލައި 2026

ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން

07 ޖުލައި 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން
21 ޖޫން 2026

ހުރިހާ ކުޅުންތެރިން ވެސް މުހިންމު، ޞަލާޙުއާ އެއްވެސް މައްސަލައެއް ނެތް: މިޞްރުގެ ކޯޗު

21 ޖޫން 2026
ހުރިހާ ކުޅުންތެރިން ވެސް މުހިންމު، ޞަލާޙުއާ އެއްވެސް މައްސަލައެއް ނެތް: މިޞްރުގެ ކޯޗު
23 މެއި 2026

މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!

23 މެއި 2026
މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް