Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު ދިރާސާކުރުމަށް އިޤްތިސާދީ ކޮމިޓީއަށް ފޮނުވައިފި

12 އޯގަސްޓު 2026 | ބުދަ 06:40

ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާ ބެހޭ ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި، މަޖިލީހުގެ 65 މެންބަރުންގެ އަޣުލަބިއްޔަތުން އިޤްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައި. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގައި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން އިޤްތިސާދީ އަދި އިޖުތިމާއީ އެކި ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރެވޭނެ އުސޫލުތައް ބަޔާންކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޯގަސްޓު 2026 | ބުދަ 06:40
ސައުދުﷲ ހިލްމީ

ސައުދުﷲ ހިލްމީ | ރާއްޖެއެމްވީ

ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

Advertisement - newsAdvertisement

މި ބިލު ދިރާސާކުރުމަށް އިޤްތިސާދީ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވަނީ، ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަށް ފަހުގައެވެ. މި ބިލު ދިރާސާކުރުމަށް ސަބް ކޮމިޓީއަކަށް ފޮނުވުމަށާއި، އެ ސަބް ކޮމިޓީއަކީ އިޤްތިސާދީ ކޮމިޓީ ކަމަށް ބަލައި އެ ކޮމިޓީއަށް ބިލު ފޮނުވުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

މެންބަރު ފަލާހު ހުށަހެޅުއްވި މި ހުށަހެޅުމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ ތާއީދު ކުރައްވާފަ އެވެ. މި ހުށަހެޅުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، އެވަގުތު ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މި ބިލު އިޤްތިސާދީ ކޮމިޓީއަށް ފޮނުވުމަށް ފާސްވެފަ އެވެ.

އެ ބިލުގައި 8 ބާބު ހިމެނޭއިރު 75 މާއްދާ ހިމަނާފައިވެ އެވެ. ބިލުގައި ބުނީ، ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ އެހެނިހެން ބޭނުންތަކާއި އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށެވެ. 

އިގުތިސާދީ ކޮމިޓީސައުދުﷲ ޙިލްމީފަޅުރަށްތައް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން
29 ޖުލައި 2026

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

29 ޖުލައި 2026
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
10 އޮކްޓޯބަރު 2025

"މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ"

10 އޮކްޓޯބަރު 2025
"މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ"
06 އޯގަސްޓު 2025

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް