Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޓިސްޓުން

ސަރުކާރުން ރާއްޖޭގެ އާޓިސްޓުންގެ އަގު ވަޒަނެއް ނުކުރޭ، "ދެ ރުފިޔާ ބައި" އަތަށް ދީފައި ވިޔަފާރިވެރިން ވެސް އާޓިސްޓުން ޔޫސް ކުރަނީ!

9 އޯގަސްޓު 2026 | އާދީއްތަ 10:17

ދިވެހި ފަންނާނުން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރާއި ވިޔަފާރިވެރިންގެ އެއްބާރުލުން ނުލިބޭތީ، އެމްއެސްޕީއޭގެ ޗެއާމަން ދަރާ މުޙައްމަދު ރަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އޭނާ ވިދާޅުވި ގޮތުގައި ފަންނާނުންގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އެމީހުން ބޭނުންކުރަނީ ވަރަށް ކުޑަ އުޖޫރައަކަށް. އަދި ސްޕޮންސަރުން ނުލިބުމުގެ ސަބަބުން ފިލްމު އެވޯޑް ފަދަ ބޮޑެތި ހަރަކާތްތައް ބޭއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 9 އޯގަސްޓު 2026 | އާދީއްތަ 10:17

މޯލްޑިވްސް ސޮސައިޓީ ފޯ ޕާރފޯމިންގ އާޓްސް (އެމްއެސްޕީއޭ) ގެ ޗެއާމަން މުހައްމަދު ރަޝީދު ރާއްޖެޓީވީގެ "ފަސް ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ | ރާއްޖެ ޓީވީ

ރާއްޖޭގެ ފަންނާނުން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރާއި ވިޔަފާރިވެރިންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި، ފަންނާނުންނަކީ ހަމައެކަނި "ދެ ރުފިޔާ ބައި" ދީފައި ބޭނުންކޮށްލާ ބަޔަކަށް ވެފައިވާ ކަމަށް ބުނެ، މޯލްޑިވްސް ސޮސައިޓީ ފޯ ޕާރފޯމިންގ އާޓްސް (އެމްއެސްޕީއޭ) ގެ ޗެއާމަން އަދި ފިލްމީ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަމުންދާ ތަޖުރިބާކާރު ފަންނާނު ދަރާ މުޙައްމަދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ފަސް ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތަޖުރިބާކާރު ފަންނާނު ދަރާ ރަޝީދު ވިދާޅުވި ގޮތުގައި، އޭނާ އިސްވެ ހުންނަވާ ހިންގާ އެސޯސިއޭޝަނުން، ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލްތަކުގައި ދިވެހި ފިލްމުތައް ބައިވެރިކުރުވުމާއި، ވަކިވަކި ފަންނާނުންނަށް ބައިނަލްއަޤްވާމީ މައިދާނުން އެވޯޑްތައް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. ނަމަވެސް މިފަދަ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެއްވެސް ފަރާތެއް ނުވާކަން ދަރާ ރަޝީދު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ދަރާ ރަޝީދު ވިދާޅުވި ގޮތުގައި މިހާރު ތައްޔާރުވަމުންދާ އެމް.އެސް.ބީ (MSB) ގެ ދެވަނަ ފިލްމް އެވޯޑާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، ސްޕޮންސަރެއް ދޭނެ ފަރާތެއް ނުވެ އެވެ. ސްޕޮންސަރަށް އެދި ހުށަހަޅާ ކޮންމެ ތަނަކުން ލިބެނީ ނޫނެކޭ ބުނާ ޖަވާބު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފަންނާނުން ކުރިއަރުވަން ކުރާ މަސައްކަތްތަކުގައި އެހީތެރިވާނެ ބަޔަކު ނެތް ކަމަށާއި، ނަމަވެސް ފަންނާނުން ބޭނުންކުރަން ކޮންމެ ބަޔަކުވެސް ބޭނުންވާ ކަމަށް ދަރާ ރަޝީދު ފާހަގަކުރެއްވި އެވެ. އެކަމަކު އެމީހުން ކުރިއަރުވަން މަސައްކަތްކުރާ ބަޔަކަށް އެއްބާރުލުން ދޭން ބޭނުން ނުވާކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ފަންނާނުންގެ ޝަކުވާއަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން އެމީހުންގެ އުފެއްދުންތައް އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް ފަންނާނުން ބޭނުންކުރި ނަމަވެސް، އޭގެ ބަދަލުގައި ކުޑަ އުޖޫރައެއް ދިނުމެވެ.

ދެ ރުފިޔާ ބައި އަތަށް ދީފައި އާޓިސްޓުން މި ޔޫސް ކުރަނީ. އެއްވެސް ވަރަކަށް އާޓިސްޓުންގެ އަގު ވަޒަންކުރާ ބަޔަކު ސަރުކާރަކުވެސް ނެތް، އަދި ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއަކުވެސް ނެތް
ދަރާ މުޙައްމަދު ރަޝީދު

ދަރާ ރަޝީދު ފާހަގަކުރިއްވި ގޮތުގައި، ރާއްޖޭގައި ފަންނާނުން "ބޭނުންކުރާ" ބަޔަކު ތިބި ނަމަވެސް، އެމީހުންގެ ހުނަރުގެ އަގު ވަޒަންކޮށް، ދާއިރާ ކުރިއެރުވުމަށް އިޚްލާޞްތެރި މަސައްކަތެއް ކުރާ ބަޔަކު ފެންނާކަށް ނެތެވެ. މިކަމުގެ ސަބަބުން ދިވެހި ފަންނާނުންނަށް ކުރިއަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފިލްމު އެވޯޑްސް އެންމެ ފަހުން ބާއްވާފައިވަނީ 23 އޯގަސްޓް 2025 ގައެވެ. ފިލްމު އެވޯޑްސް ހަފުލާ ބާއްވަން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ދީފައި ނުވާކަމަށް އޭރު ވެސް ރަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.  އެގޮތުން ފިލްމު ފެސްޓިވަލް ކުރިއަށްދިޔަ ދުވަސްވަރު ސަރުކާރުން އެމްއެސްޕީއޭ އާމެދު ކަންތައް ކުރީ ވަރަށް ބޭއިންސާފުން ކަމަށް ރަޝީދު ވިދާޅުވެފައިވެއެވެ. އެ ހަފްލާ އިސްތިހާރު ކުރުމަށް އޮލިމްޕަސް ސިނަމާގެ ފާރުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތައް ނެގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެންގިކަމަށް އޭނާ ވިދާޅުވި އެވެ.

ދަރާ މުޙައްމަދު ރަޝީދުމޯލްޑިވްސް ސޮސައިޓީފޯ ޕަރފޯމިންގ އާޓްސްފިލްމު އެވޯޑްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 އެޕްރީލު 2021

އިންޑިއާގެ ކަރްނަޓަކާ ފިލްމް ފެސްޓިވަލްގައި ރާއްޖޭގެ ދެ ފިލްމެއް ބައިވެރިކުރަނީ

01 އެޕްރީލު 2021
އިންޑިއާގެ ކަރްނަޓަކާ ފިލްމް ފެސްޓިވަލްގައި ރާއްޖޭގެ ދެ ފިލްމެއް ބައިވެރިކުރަނީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް