Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮސޯވޯ

ކޮސޯވޯގެ މަޖިލިސް ހޫނުވެ، އިދިކޮޅު މެމްބަރަކު ބޮޑު ވަޒީރުގެ ގަޔަށް ކުކުޅު ބިސް ޖަހައިފި

9 އޯގަސްޓު 2026 | އާދީއްތަ 07:16

މަންޒަރު ދުށް ފަރާތް ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބޮޑު ވަޒީރު އަލްބިން ކުރުތީ މަޖިލީހުގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް، އިދިކޮޅު މެމްބަރަކު ވަނީ ކުއްލި ގޮތަކަށް ބޮޑު ވަޒީރާ ދިމާލަށް ބިސް އުކަން ފަށާފައި. މި ހަމަލާއާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ބޮޑު ހަލަބޮލި ކަމެއް އުފެދި، ޖަލްސާގެ މެދު ތެރެއިން ބޮޑު ވަޒީރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ޖެހުނު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2026 | އާދީއްތަ 07:16

ކޮސޯވޯގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ބޮޑު ވަޒީރުގެ ގަޔަށް ކުކުޅު ބިސް އުކި މަންޒަރު. | ސޯޝަލް މީޑިއާ

ކޮސޯވޯގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް، އެ ޤައުމުގެ އިދިކޮޅު މެމްބަރަކު ބޮޑު ވަޒީރު އަލްބިން ކުރުތީގެ ގަޔަށް ކުކުޅު ބިސް ޖަހައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހު ބޭއްވި އަވަސް އިންތިޚާބަށް ފަހު، އައު މަޖިލިސް އެކުލަވާލުމަށް ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިންނެވެ.

މަންޒަރު ދުށް ފަރާތް ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބޮޑު ވަޒީރު އަލްބިން ކުރުތީ މަޖިލީހުގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް، އިދިކޮޅު މެމްބަރަކު ވަނީ ކުއްލި ގޮތަކަށް ބޮޑު ވަޒީރާ ދިމާލަށް ބިސް އުކަން ފަށާފައި އެވެ. މި ހަމަލާއާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ބޮޑު ހަލަބޮލި ކަމެއް އުފެދި، ޖަލްސާގެ މެދު ތެރެއިން ބޮޑު ވަޒީރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ޖެހުނެވެ.

ކޮސޯވޯގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް، އެ ޤައުމުގެ އިދިކޮޅު މެމްބަރަކު ބޮޑު ވަޒީރު އަލްބިން ކުރުތީގެ ގަޔަށް ކުކުޅު ބިސް އުކި މަންޒަރު.

މި ހާދިސާ ހިނގި ވަގުތަކީ، ކޮސޯވޯގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ. ޚާއްސަކޮށް ޖޫން މަހުގެ އިންތިޚާބަށް ފަހު ސަރުކާރު އެކުލަވާލުމާއި، މަޖިލީހުގެ އިދާރީ އޮނިގަނޑު ކަނޑަ އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރުކާރާއި އިދިކޮޅު އިއްތިހާދާ ދެމެދު ވަނީ ބޮޑެތި ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައި އެވެ.

ކޮސޯވޯގެ މަޖިލީހުގެ ތެރޭގައި މީގެ ކުރިން ވެސް މިފަދަ ހަމަނުޖެހުންތައް ހިނގާފައިވާކަން ފާހަގަ ކުރެވެ އެވެ. މީގެ ކުރިން ބޭއްވި ބައެއް ޖަލްސާ ތަކުގައި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ކަރުނަ ގޭސް ޖަހައި، ޖަލްސާތައް ހުއްޓުވަން ވެސް މަސައްކަތް ކޮށްފައި އެވެ.

ނަމަވެސް، އައު ދައުރެއް ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާ ތަކުގެ ތެރެއިން ބޮޑު ވަޒީރަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިނުމަކީ ސިޔާސީ މަސްރަހު އިތުރަށް ގޯސް ވެދާނެ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. 

މި ހާދިސާއާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ، އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި އެވެ. އަދި އެއީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު، ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ މެމްބަރުން ސިފަކު ރެއްވި އެވެ. މި ހަމަލާ ދިން މެންބަރާ މެދު ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާ އިން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ކޮސޮވޯއަލްބިން ކުރުތީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
23 މާރިޗު 2024

އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

23 މާރިޗު 2024
އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!
15 ޖޫން 2017

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް