Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮފީ ވިތު ކަރަން

ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން ސީޒަން 6" ފަށަނީ

މިސީޒަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 އޮކްޓޯބަރު 2017 | އަންގާރަ 06:26
ކޮފީ ވިތު ކަރަންގެ 5 ވަނަ ސީޒަނުގައި ރަންބީރު ކަޕޫރުއ ަދި ރަންވީރު ސިންހް

ކޮފީ ވިތު ކަރަންގެ 5 ވަނަ ސީޒަނުގައި ރަންބީރު ކަޕޫރުއ ަދި ރަންވީރު ސިންހް

މަޝްހޫރު ޑައިރެކްޓަ އަދި ޕްރެޒެންޓަ ކަރަން ޖޯހަރު ޕްރެޒެންޓް ކުރާ ޝޯ "ކޮފީ ވިތު ކަރަން" އަކީ އެތައް ބައެއްގެ މަގުބޫލުކަމެއް ލިބިފައިވާ ޝޯއެކެވެ.

މި ޝޯގެ އެންމެ ފަހުން ގެނެސްދީފައިވަނީ ފަސްވަނަ ސީޒަނެވެ.

ސެލިބްރިޓީންނާއެކު ގެނެސްދޭ މި ޝޯގެ ހަ ވަނަ ސީޒަން ފަށާނެ ކަމަށް ކަރަން އިއުލާންކުރީ އިންޓަނޭޝަނަލް ކޮފީ ޑޭގެ ގޮތުގައި ފާހަގަ ކުރާ އޮކްޓޯބަރު 1 ވަނަ ދުވަހު ކުރި ޓްވީޓަކުންނެވެ. އެ ޓްވީޓެއްގައި ބުނެފައި ވަނީ ބުނެފައިވަނީ ފަހަރެއްގައި ސްޕެލިން ބަދަލުކޮށްލި ކަމުގައިވިޔަސް ބާކީ ހުރި އެއްޗިއްސަށް ލޯބިވާކަމަށެވެ.

"ކޮފީ ވިތު ކަރަން"ގެ ކޮންމެ ސީޒަނެއްގައި ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ކަރަން ގެނެސްދެއެވެ. އެގޮތުން ކޮންމެ ސީޒަނެއްގެވެސް ޝޯގެ އެޕިސޯޑްތައް ފެށުމަށް ތަފާތު ގޮތަކަށް ކޮންމެވެސް ކަމެއް ކުރެއެވެ.

"ކޮފީ ވިތު ކަރަން ސީޒަން 6" ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މި ސީޒަންގައި ފެންނާނީ ކާކު ކަމެއް އަދި ނޭނގެއެވެ.

މީގެ ކުރިން އަޑުތައް ފެތުރިފައި ވަނީ ކޮފީ ވިތު ކަރަންގެ މިފަހަރުގެ ފުރަތަމަ ސީޒަންގައި ޖަސްޓިން ބީބާ ފެންނާނެކަމަށެވެ. އެހެން ނަމަވެސް ޖަސްޓިން ބީބާ އޭނާގެ އިންޑިއާ ޓުއާ މެދުކަނޑާލުމަށްފަހު އިންޑިއާއިން ދިއުމުން އެ ފުރުސަތު ނުލިބުނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ ފަހުން އަޑުތައް ފެތުރުނީ "ކޮފީ ވިތު ކަރަން ސީޒަން6" ގެ ފުރަތަމަ އެޕިސޯޑުން ފެނިގެންދާނީ ޕާކިސްތާނުގެ އެކްޓަރެއްކަމަށްވާ ފަވާދް ޚާން އާއި ދީޕިކާ ޕަދުކޯން ނުވަތަ އާލިއާ ބަޓް ކަމަށެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި

09 މާރިޗު 2017
މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި
06 މާރިޗު 2017

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

06 މާރިޗު 2017
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
19 ފެބުރުއަރީ 2017

އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި

19 ފެބުރުއަރީ 2017
އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު